މާދަމާ، 10 ޖެނުއަރީ ވާހުކުރު ދުވަހުގެ ރޭ ފުރިހަމަ ހަނދުކޭތައެއް ހިފާނެކަމަށް ފަލަކީ ހިސްބުތަކުން ދައްކައެވެ. އަދި މިހނަދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމކުރެއެވެ. ވުމާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ އެނެމް ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުން ބާއްވާނެއެވެ.
އެގޮތުން ފުވައްމުލައް ސިޓީގައި ކޭތަ ނަމަދު ކުރުން އޮންނާނީ ބޯޅަ މިސްކިތް (މަސްޖިދުލް އިނާރާ) ގައި މާދަމާ ރޭ 12:00 ގައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލންް ހާމަކުރެއެވެ. ކޭތަ ނަމާދު ކުރާ ގަޑި ކަނޑައަޅަނީ އެންމެ ބޮޑަށް ކޭތަ ހިފާނެ ވަގުތަކަށް ބަލައިގެންނެވެ.
ހަނދަކީ އޭގެ ޒާތުގައި އަލިކަން ހުންނަ އެއްޗެއް ނޫނެވެ. ހަނދުން ފެންނަ އަލިކަމަކީ އިރުން އެޅިފައިވާ އަލީގެ ސަބަބުން ފެންނަ އަލިކަމެކެވެ.
ހަނދުކޭތަ އަކީ ދުނިޔެއާއި އިރާއި ހަނދު ދައުރު ކުރުމުގެ ތެރެއިން ހަނދު ދުނިޔޭގެ ފަހަތަށް ވަދެ، ދުނިޔޭގެ ހިޔަނި އެއަށް އެޅިފައި ހުރުމެވެ. ފުރިހަމަ ހަނދުކޭތަ އެއް ހިފުމުން ހަނދުގެ ކުލަ މަޑު ރަތް-އޮރެންޖު ކުލައަކަށް ބަދަލު ވެއެވެ. އެހެން އެވަނީ އިރުން ފޮނުވާ އަލި ދުނިޔޭގައި ޖެހިފައި ރިފްލެކް ވެގެން ޖައްވުގެ ތެރެއަށް ދިއުމުން ހަނދަށް އެޅެނީ ރިފްރެކްޓެޑް އައްޔަކަށް ވާތީއެވެ. މިގޮތަށް ހަނދު ފެންނާތީ “ބްލަޑް މޫން” އޭ ވެސް ކިޔައި އުޅެއެވެ.
އާއްމުކޮށް ކޮންމެ އަހަރަކު 4 ހަނދުކޭތަ ހިފައެވެ. މިއަހަރު ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ހަނދުކޭތަ ތަކަކީ މާދަމާ ރޭގެ ކޭތައިގެ އިތުރުން ޖޫން 5 ޖުލައި 5 އަދި ނޮވެމްބަރު 30 ވަނަ ދުވަހު ވެސް ހަނދުކޭތަ ހިފާނެ އެވެ.
ފުވައްމުލަކުގައި ކުރީ ޒަމާނުގައި ހަނދުކޭތަ ހިފުމުން ވިސްނުން ކޮށި ކުދިންގައިގައި އަނހިފަތުން ތަޅައި ހެދިކަމަށް ވެއެވެ. އޭރު ބައެއް މީހުން ގަބޫލުކުރި ގޮތުގައި ހަނދުކޭތަ ހިފާފައި ހުންނަ ވަގުތު އަނހިފަތުން ތެޅުމުން ކުއްޖާއަށް ތޫނިފިލިކަން ލިބޭކަމަށް ގަބޫލުކުރިއެވެ. އަދި މިނޫން ވެސް މިފަދަ ތަފާތު ކަންތައްތައް ކޮށް އުޅުނު ކަމަށް ވެއެވެ.
ހަނދުކޭތަ ހިފުމަކީ ބައެއް މީހުންނަށް ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ވެސް ސިފަ ކުރެއެވެ.

ޚިޔާލުތައް