ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ ބަހުން އެގޭ ގޮތުގައި ފުވައްމުލަކު ބަހަކީ ވަކިބަހެއް ކަމަށް ޝިފާގު މުފީދު (ހިސްޓޯ) ހާމަކުރައްވައިފިއެވެ. ޝިފާގު މުފީދު އޭނާގެ ފޭސްބުކް ސްޓެޓަސް ގައި ލިއުއްވާފައިވާ ގޮތުން ދިވެހި ބަހުގެ އެކަޑަމީއަށް ޝިފާގު މުފީދު ފުވައްމުލަކު ބަހުރުވައިން ލިޔެ ފޮނުވައިފައިވާ ސިޓީއާއި ގުޅިގެން އެއެކަޑަމީގެ ރައީސް ވިދާޅުވެފައިވަނީ ރަސްމީ ބަހުން ސިޓީ ފޮނުވުމަށެވެ.
ދިވެހިން ވާހަކަ ދައްކަނީ ދިވެހި ބަހުން ކަމަށް ޒަމާނުއްސުރެ ގަބޫލުކުރެ އެވެ. އަދި ދިވެހިންގެ މެދުގައި އޮތީ ބަހުރުވައިގެ ތަފާތު ތަކެއްކަމަށް ގަބޫލުކުރެވުނު ނަމަވެސް، ދިވެހި ބަހުގެ ގަވާއިދުތަކަށް އެހެން ބަހުރުވަ ތައް ޚާއްސަ ކޮށް ފުވައްމުލަކު ބަހުރުވަ ނުފެތެ އެވެ. އެގޮތުން، ދިވެހިބަހުގެ ސުކުން ކުރެވޭ އަކުރުތަކަކީ “އާސީނުތަށި” ކަމަށްވާ ފަސް އަކުރަށް ވާއިރު ފުވައްމުލަކު ބަހުން ސުކުން ކުރެވެނީ “އަލަނާސި” ހިމެނޭ 4 އަކުރުގައެވެ. މި ހަތަރު އަކުރުގެ ތެރޭގައި “ލ” ހިމެނޭތީ އާއި ފުވައްމުލަކު މީހުން ވާހަކަ ދައްކަނީ ދިވެހިން ކަމުގައިވާ ނަމަ ދިވެހި ބަހުގެ ގަވާއިދަށް ބަދަލު ގެންނަން ޖެހެއެވެ. މީގެ އިތުރުންވެސް “ނަވިޔަނި” (ނޫނު ބަރުކޮށް) އަޑަކީވެސް ފުވައްމުލަކުގެ އިތުރުން ދެކުނު އަތޮޅުތަކު ގައި ބޭނުން ކުރާ ދިވެހި ބަހުން އުނި ކުރެވިފައިވާ އަޑެކެވެ. މިއަޑު ތާނަ އަކުރެއްގެ ދަރަޖަ ދިނުމަށް އެދި ހިސްޓޯގެ އިތުރުން ފުވައްމުލަކާއި އަދި ދެކުނު އަތޮޅުތަކަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ކެނޑިނޭޅި ސޯޝަލްމީޑިއާ ގައި ކެމްޕޭނު ކުރަމުންނެވެ.



ޚިޔާލުތައް