A wide advertisement which will be shown on all devices. (700 x 100)

ބައިނަލް އަގްވާމީ ފްރީޑައިވިން މުބާރާތްތަކުގައި އޮފިޝަލް ކަންކުރުމުގެ ފާސް ސިވާދުއަށް

ސިވާދު (ވ) ވަނީ ބައިނަލް އަގްވާމީ ފްރީޑައިވިން މުބާރާތްތަކުގައި އޮފިޝަލް ކަންކުރުމުގެ ފާސް ހޯދާފައި. ފޮޓޯ؛ ފޭސްބުކް، ސިވާދު

ފީނުމުގެ ދާއިރާގައި ހަރާކަތްތެރި ވަމުން އަންނަ ފުވައްމުލަކު ދޮންރުވާގެ އަބްދުﷲ ސިވާދު، ބައިނަލް އަގްވާމީ ފްރީޑައިވިން މުބާރާތްތަކުގައި އޮފިޝަލްކަން ކުރުމުގެ ފާސް ހޯދައިފިއެވެ. ސިވާދާއި އެކު ހަ ދިވެހިން ވަނީ މިފާސް ހޯދާއިފައެވެ. 

ފްރީޑައިވިން އެސޯސިއޭޝަނާއި ބަނޑޮސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނީ ފްރީޑައިވިންގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކޯސްތަކެއް ކުރިއަށްގެންގޮސްފައިވާ އެލާނާ ކެސްކީ އެވެ.

ހަތް ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކޯހުގައި ބައިވެރިވީ ފަހުދު ފާއިޒު، ހުސެއިން ޝިފާޒް، މުހައްމަދު އަފްޒަލް، އަލީ އައްބާސް، މުހައްމަދު އަޔޫބް އަދި އަބްދުﷲ ސިވާދް އެވެ. މި ކޯސް ފުރިހަމަ ކުރުމާ އެކު މި ހަ އޮފިޝަލުން ވެފައިވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފްރީ ޑައިވިން އިން އިންޓަނޭޝަނަލް މުބާރާތްތަކުގައި އޮފިޝަލްކަން ކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ ހަ އޮފިޝަލުންނަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !