ފުވައްމުލައް ސިޓީގައި މުއައްސަސާތަކުގެ މުވައްޒަފުންނަށް ކްރޯނާ ވައިރަސް އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފުވައްމުލަކު ހޮސްޕިޓަލުން ކުރިޔަށް ގެންގޮސް ފިއެވެ.
އެގޮތުން ފުވައްމުލައް ސިޓީ ކައުސިލް ގެ މުވައްޒަފުންނަށް ކްރޯނާ ވައިރަސް އާއި ގުޅޭ މައުލޫމާތު ދިނުން ބާއްވާފައިވަނީ ފާތިތުވި ބުރާސްފަތި (6 ފެބްރުއަރީ 2020) ގައި ކުރުންދުމާ މާލަމުގައެވެ. މީގެ އިތުރުން ފެބްރުއަރީ 6 ވަނަ ދުވަހު ވަނީ ފުވައްމުލަކު ސްކޫލްތަކުގެ މުވައްޒަފުންނަށް ވެސް މިބައްޔާއި ގުޅޭ މައުލޫމާތު ދިނުން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ފުވައްމުލައް ސިޓީ ފުލުހުން މިބަލީގެ މައުލޫމާތު ދިނުން ބާއްވާފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ.

ކްރޯނާ ވައިރަސްގެ މައުލޫމާތު ސްކޫލްތަކުގެ މުވައްޒަފުނަނަށް ދެނީ
އެގޮތުން 2019 ވަނަ އަހަރު ޑިސެމްބަރު މަހު ފެނުނު މިވައިރަސް އަށް ސަމާލުވުމުގެ ގޮތުން ޗައިނާއިން އަންނަމީހުން 14 ދުވަހުގެ ތެރޭގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ މާސްކް އެޅުމާށާއި ބޭރަށް ނިނުކުމެ ގޭގައި މަޑުކުރުމާއި، ކަމާއި ގުޅޭ ހޮޓްލައިނަށް ގުޅުމަށް އިރުޝާދު ދިފައި ވެއެވެ.
މިބަލީގެ އެއްވެސް މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައެއް ނުވެއެވެ. ނަމަވެސް ޗައިނާއިން ރާއްޖެއަންނަ މީހުން ކަރަންރީނު ކުރުމުގެ ކަންތައްތައް ރާއްޖޭގައިވެސް ކުރިޔަށް ދެއެވެ. މިއީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމަށާއި މިބަލީގެ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ.

ކްރޯނާ ވައިރަސްގެ މައުލޫމާތު ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުނަނަށް ދެނީ
ނަމަވެސް މިބަލީ ޖެހިގެން މީހުން ރަނގަޅުވެސް ވެއެވެ. އަދި ބައެއް މީހުން މރުވެސް ވެއެވެ. މިއި ކުރިން ޗައިބނާއިން ފެނުނު ސާސްވައިރަހާއި، ސައުދިއަރަމިއާއިން ފެނުނު މާސްވައިރަހާއި އެއްގޮތް ކަމެއް ހުންނަ ވައިރަހެއްކަމަސް މިހާތަނަށް ހޯދި ހޯދުންތަކުން ހާމަވެއެވެ.

ކްރޯނާ ވައިރަސްގެ މައުލޫމާތު ފުވައްމުލަކު ޕޮލިހުންނަށް ދެނީ
ޚިޔާލުތައް