ހައްޖުގެ އަޅުކަން އަދާކުރަމުންދިޔަ ފުވައްމުލަކު މީހަކު ނިޔާވެއްޖެއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ރޭ މިނާގައި ހުއްޓާ ނިޔާވެފައިވަނީ ފުވައްމުލަކު ދޫނޑިގަން އާރާމުގެ އަބްދުﷲ ނާސިރު އެވެ. އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ޑޮކްޓަރާއި ހަވާލަދީ ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ އަބްދުﷲ ނާސިރު މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
އަބްދުﷲ ނާސިރު ހައްޖަށް ގޮސްފައިވަނީ ސިސިލްފަރު ޖަމާއަތުގެ ހަވާލުގައެވެ. ގިނަ ބަޔެއްގެ ރަހްމަތްތެރި ހިތް ހެޔޮ މިޒާޖެއްގެ އަބްދުﷲ ނާސިރު އަކީ ފުވައްމުލަކު ތާރީހުންވެސް ޖާގަ ހޯދާފައިވާ ބޭފުޅެއްކަން ފާހަނގަކުރެވެއެވެ. އެގޮތުން ފުވައްމުލަކަށް މުދާ އުފުލުމަށް އެންމެ ފުރަތަމަ ގެނައި ޑަމްޕަރައެއް ގެނެސް އޭގެ ހިދުމަތް އެންމެ ފުރަތަމަ ދިން ފަރާތަކީވެސް އަބްދުﷲ ނާސިރުއެވެ. އޭގެ އިތުރުން، ޒަމާން ތަކެއް ވަންދެން ދޫޑިގަމް ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތްވެސް އަބްދުﷲ ނާސިރު ކޮށްދިނެވެ.



ޚިޔާލުތައް