A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް19 އަށް ފުވައްމުލައް ސިޓީ ތައްޔާރުވެފައި

ކޯވިޑް19 ފުވައްމުލައް ސިޓީ ޓާސްކް ފޯސްގެ ބައްދަލުވުން

ކޮވިޑް19 (ކޮރޯނާ ވައިރަސް) އާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރުމަށް ފުވައްމުލައް  ސިޓީގެ ޓާސްކް ފޯސް އިން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލް ޖަލްސާ ކުރާ ކުޓަރީގައި ބޭއްވި މިބައްދަލުވުމުގައި ސިޓީ ކައުސިލްގެ މޭޔަރާއި، ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ޓާސްކް ފޯސްގައި ހިމެނޭ އެހެން މުއައްސަސާތަކުގެ ފަރާތުން ބައިވެރިވެފައި ވެއެވެ.

މި ޓާސްކް ފޯހުގައި ހިމެނެނީ ސިޓީ ކައުނިސްލލާއި ފުވައްމުލަކު ހޮސްޕިޓަކުގެ އިތުރުން ފުވައްުލައް ސިޓީ ޕޮލިސް އާއި އެމްއެންޑީއެފް-ފުވައްމުލައް އަދި ސްކޫލްތަކުރެ ފަރާތުންނާއި ނަރުހުންނާއި ޕަބްލިކް ހެލްތު ވޯކަރުންގެ މައްޗަށެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ރާއްޖޭގައި ކޯދިޑް 19 ގެ ހާލަތު މިހާރު އޮތް ގޮތުން އަމަލުކުރާނެ ގޮތްތަކާއި ގުޅެ ގޮތުންނެެވ. އަދި ކަމާއި ގުޅޭ ވަސީލަތްތައް ގާއިމުކުރުމާއި ރައްޔިތުން ކޯވިޑް 19 އަށް ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ. މީގެ އިތުރުން ރަށުގައި ގާއިމުކުރެވިފައިވާ ކަރަންޓީން ފެސިލިޓީގެ ކެޕޭސިޓ އިތުރު ކުރުމާއި، ބައްޔަށް ޝައްކުރުރެވޭ މީހުން އެތަނަށް ގެންދާނެ ގޮތާއި، އާއްމުރައޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިަފއި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

އިއްޔެ( 7 މާރިޗ ގައި) އަލަށް ރާއްޖެއިން މިބަލީގެ 2 މީހުން ފެނުމާއެކު ރާއްޖޭއިން ބަލީގެ ހާލަތުަގއި މަލުކުރާނެ ލެވެލް 1 (ހުދު) އިން މިވަނީ 2 (ރީނދޫ) އަށް ބަދަލުކޮށްފއެވެ.

ސިއްހީ އިދާރާތަކުން ހާމަކުރައްވާ ގޮތުގައި ޔެލޯ ސްޓޭޓަސްގައި ރައްޔިތުން އަމަލުކުރަން ޖެހެނީ:

1. ކަމާގުޅެ އިދާރާތަކުން ދޭ އިރުޝާދުތައް އަބަދުވެސް އަޑުއަހައި ބަލަމުން ދިއުން

2. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން (މަދުވެގެން 20 ސިކުންތު ވަންދެން) ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުން ކުރުން

3. ހުންއައިސް ކެއްސާނަމަ ގޭގައި އެކަހެރިކޮށް ހުރުމާއި، ފޭސް މާސްކް ބޭނުންކުރުން

4. ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓީޝޫ ުވަތަ އުޅަބޮށިިން ނިވާކުރުން – ބޭނުންކުރާ ޓިޝޫ އަވަހަށް ޑަސްބިނަށް ލުމާއެކު އަތް ދޮވުން

5. ކޮންމެހެން ބޭނުމެއް ނުޖެހެނީސް ހޮސްޕިޓަލަށް ނުދިއުން އަދި ހޮސްޕިޓަލުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ނުކުރުން

ކޯވިޑް19 ރާއްޖޭގެ ހާލަތު ދަރަޖަ 2 – ރީނދުލަށް ބަދަލުކުރެވިަފއި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !