ކަރަންޓުގެ ކުއްލި މަސައްކަތެއް ކުރުމަށް މިއަދު ހަވީރު މިއަދު ހަވީރު ފުވައްމުލައް ސިޓީގެ ބޮޑުބަޔަކުން ބައި ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.
ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވެނީ މިއަދު، 11 މާރިޗު 2020 ވާ ބުދަ ދުވަހު ހަވީރު 4:00 އިން 4:30 އަށެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.
ކަރަންޓް މެދުކެނޑުމާއި ގުޅޭ ގޮތުން އެއްވެސް މާއުލުމާތެއް ސާފުކުރެއްވުމަށް ބޭނުންވާ ނަމަ 6865009 އަށް ގުޅުއްވުމަށް ފެނަކަ-ފުވައްމުލައް ހިން އެދިފައިވެއެެވެ.
+1
+1
ޚިޔާލުތައް