އުމުރުން އެންމެ 14 އަހަރުގައި “ބްރިޓިޝް ގޮޓް ޓެލެންޓް” ޝޯވ ކާމިޔާބު ކޮށްފައިވާ މިހާރުގެ އިގިރޭސި އެކްޓަރ ޖޯޖް ސަމްޕްސަން އޭނާގެ މަންމަ ގެއިން ނެރުމަށް އިގިރޭސި ހައިކޯޓަށް ހުށަހަޅައިފިއެވެ. ވޯޓާލޫ ރޯޑް ޓީވީ ޝޯ ތަކުންވެސް ފެނިފައިވާ ޖޯޖް އޭނާގެ މަންމަ ގެ މައްސަލަ ކޯޓަށް ހުށަހަޅާފައި މިވަނީ މަންމަ ގެއިން ނުނިކުތުމުގެ ސަބަބުން ކަމަށް އިގިރޭސި ނޫންތަކުން ހާމަކުރެއެވެ.
2008 ވަނަ އަހަރު “ބްރިޓިޝް ގޮޓް ޓެލެންޓް ޝޯ” ކާމިޔާބުކުރުން އެއްލައްކަ ޕައުންޑް ލިބުނު ޖޯޖް އޭނާގެ ފުރަތަމަ ގެގަނެފައިވަނީ އެއްލައްކަ ވިހިހާސް ޕައުންޑަށް އޭނާގެ އަމިއްލަ ވަޒަން ކަމަށްވާ ވޮރިންޓަން އިން 2008 ވަނަ އަހަރުވެއެވެ. ޖޯޖް އާއި ގާތް ގުޅުމެއް އޮންނަ ފަރާތަކާއި ހަވާލާދީ އިގިރޭސި ދަ ސަން އިން ހާމަކުރާ ގޮތުގައި އެގެ ޖޯޖް ގަނެފައިވަނީ އޭނާގެ މަންމަގެ ނަމުގައެވެ. އަދި އެގެއިން ލިބޭ ކުލިވެސް ނަގަނީ އޭނާގެ މަންމައެވެ.
ޖޯޖަށް 18 އަހަރު ވުމާއިއެކު އޭނާގެ ދެވަނަ ގެ ލަންޑަނުން ގަނެފައިވެއެވެ. އެގެ ގަތުމަށްފަހު ޖޯޖްގެ މަންމަ ލެންސްލީ ވެސް އެގެއަށް ބަދަލުވިއެވެ. މަންމަ ނުނިކުމެގެން މިއުޅެނީ މިގެއިން ކަމަށް އިގިރޭސި ނޫސް ތަކުން ހާމަކުރެއެވެ.
ޖޯޖް އާއި އޭނާގެ މަންމަ އާއި ދެމެދު ޖެހިފައިވަނީ ފައިސާގެ މައްސަލަތަކެއް ކަމަށް ބެލެވެއެވެ.



ޚިޔާލުތައް