A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ދެކުނު ކޮޅުގެ ޗަސްބިން ސަރަހައްދުން ބޮޑުބައެއް މިއަދު އަނދައިފި

މިއަދު ފުނާޑު ކޮޅުން ވީދަދު ސަރަހައްދުގެ ބޮޑު ބައެއް އަނދައިފި 12 މާރިޗު 2020

ފުވައްމުލަކު ދެކުނުކޮޅުން ވީދަޑު ސަރަހައްދަ ބޮޑުބައެއް އަނދައިފިއެވެ. މިއަދު މެންދުރެއްހާއިރު ފުނާޑުން ވީދަޑު ސަރަހައްދުގައި އަލިފާން ހިފައިގެން އުޅޭކަމުގެ ޚަބަރު ފުވައްމުލަކު ފަޔަރ އެންޑް ރެސްކިއުއަށް ލިބުމާއެކު އެކަމުގައި ހަރަކާތްތެރިވާން ފެށިކަމަށް މައުލޫމާތުލިބެއެވެ. އެ އަލިފާންގަނޑު ނިއްވާލީ  ފަޔަރ އެންޑް ރެސްކިއުގެ މުވައްޒަފުންނާއި، އެމްއެންޑީއެފް-ފުވައްމުލައް، ފުވައްމުލަކު ޕޮލިހާއި ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އާއްމުގެ މީހުން އެކުވެގެން ކުރި މަސައްކަތުންނެވެ.

ވީދަޑަކީ ފުވައްމުލަކު ކުޅިތަކާއި ގުޅިފައިވާ ޗަސްބިން ސަރަހައްދަށް ފުވައްމުލަކު މީހުން ކިޔާ ނަމެވެ. ފުވައްމުލަކުގެ އުތުރާއި ދެކުނުގައި ވާ ދެ ކުޅީގެ ބޮޑު ސަރަހައްދެއް ވީދަޑުގެ ގޮތުގައި އޮވެއެވެ. ފުވައމްުލަކު ދެކުނު ކޮޅުން ވީދަޑާއި ގުޅިފައިވަނީ ބަންޑާރަ ކިޅި އާއެވެ.

ކޮންމެ އަހަރަކު ހެން އިރުވައި މޫސުން ނިމޭ ހިސާބުގައި ވީދާޑު ސަރަހައްދުގައި ރޯކުރެއެވެ، ނުވަތަ ރޯވެެއެވެ. އިރުވައި މޫސުން ނިމޭ އިރު ވީދަޑުގެ ބޮޑު ބައެއްގައިވާ ‘ލޮންސި’ އާއި ‘ހައު’ ގަސްތަކުގެ ބުޑުން ބޮޑު ބައެއް ހިކިފައި ހުރެއެެވެ. އަދި މާކެޔޮގަސްތަކާއި އެނޫން ވެސް ގަސްތަކުގައި އަލިފާން ހިފާ ޒާތުގެ ބާވަތްތައް ގިނަ އަދަދަކަށް ހުރެއެވެ.

ކޮންމެ އަހަރަކުހެން އެތައްފަހަރާ މިގޮތަށް އަނދަމުންދާތީ މިކަމަށް ތައްޔާރުވުމަށް އިމަޖެންސީ ރެސްޕޯންސް ޕްލޭނެއް ހެދުމަށް މިހާރު ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ އިސްމާއީލު ރަފީގު ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި އެ ހިސާބުގައި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކުރުން މުހިންމުކަމަށް ހާމަކުރެއެވެ. އިސްމާއީލު ވަނީ މިއަދުގެ އަލިފާން ގަނޑު ނިއްވުމުގައި އަމަލީގޮތުން މަސައްކަތް ކޮށްފައެވެ.

މިއަދު ފުނާޑު ކޮޅުން ވީދަދު ސަރަހައްދުގެ ބޮޑު ބައެއް އަނދައިފި 12 މާރިޗު 2020

ގިނަ ފަހަރަށް މިފަދަ އަލިފާންގަޑު ރޯކުރަނީ މަޖަލަކަށް ހަދައިގެން ޒުވާން ފުރައިގެ ކުދިންނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިގޮތުން ރޯކުރާ އަލިފާން ފެތުރި ބައެއްފަހަރު ކޮންޓްރޯލް ނުކުރެވި ގޮސް މީހުން ދިރިއުޅޭ ގެތަކަށް ވެސް ގެއްލުން ލިބިފައި އެބަހުއްޓެވެ.

މީއީ ހޭލުންތެރިވެ، މިކަމުގައި ނުރައްކަލާއި މެދު ވިސްނައި ހުއްޓާލަން ޖެހިފައިވާ ނޭދެވެ އަމަލެކަމަށް ބުނެ ފުވައްމުލަކުގެ ގިނ ަބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ވެސް މިކަމާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.

ވީދަޑު ސަރަހައްދު ބޮޑުބައެއް އަނދައިފި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !