އާއްމު ރައްޔިތުން އާއްމު ކެމުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތަކުގެ އަގު ދެގުނައަށް ބޮޑުވެއްޖެއެވެ. މުޅި ރާއްޖޭގައި ވެސް އެންމެ އާއްމު ކެމަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް ކުރިން ވިއްކަމުން އައި އަގަށް ކުއްލި ބަދަލެއް މިއައީ ސަރުކާކުން ކާޑުގެ ބާވަތްތަކަށްދޭ ސަބްސިޑީޒް އަށް ގެނައި ބަދަލާއި ގުޅިގެން ކަމަށް އެސްޓީއޯއިން އާއްމުކޮށް ފައި ވެއެވެ. މިއަދު (ހޮނިހިރު ދުވަހުން) ފެށިގެން ފުވައްމުލަކުގައި ހަނޑު، ހަކުރު އަދި ފުށް ވިއްކާނެ އަގު އެސްޓީއޯއިން ހަމަޖައްސާފައިވަނީ ހަނޑޫ ކިލޯއެއް 8.98 ރ.، ފުށް ކިލޯއެއް 6.96 ރ އަދި ހަކުރު ކިލޯއެއް 9.02 ރ. އަށެވެ. މިއީ %100 ގެ އަގުބޮޑުވުމެކެވެ. އަދި އާއްމު ފިހާރަތަކުން މިއަށްވުރެ ވެސް އަގު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.
އާއްމު ރައްޔިތުން އާއްމު ކެމުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތަކުގެ އަގު ދެގުނައަށް ބޮޑުވެއްޖެއެވެ. މުޅި ރާއްޖޭގައި ވެސް އެންމެ އާއްމު ކެމަށް ބޭނުންކުރާ ހަނޑޫ، ހަކުރު އަދި ފުށް ކުރިން ވިއްކަމުން އައި އަގަށް ކުއްލި ބަދަލެއް މިއައީ ސަރުކާކުން ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީޒް އަށް ގެނައި ބަދަލާއި ގުޅިގެން ކަމަށް އެސްޓީއޯއިން އާއްމުކޮށް ފައި ވެއެވެ.
އެންސްޕާއިން ހާމަކރައްވާ ގޮތުގައި މިއީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ %15 އަށް ދަށްކުރުމަށް ސަރުކާރުން ނިނމުމާއި ގުޅިގެން އަގަށް ގެނެވުނު ބަދަލެއްކަމަށް ވެއެވެ. މިއީ މިހާރު ވިއްކާ އަގުގެ %100 ގެ ބޮޑުވުމެކެވެ.
މިއަދު (ހޮނިހިރު ދުވަހުން) ފެށިގެން ފުވައްމުލަކުގައި ހަނޑު، ހަކުރު އަދި ފުށް ވިއްކާނެ އަގު އެސްޓީއޯއިން ހަމަޖައްސާފައި ވަނީ ހަނޑޫ ކިލޯއެއް 8.98 ރ.، ފުށް ކިލޯއެއް 6.96 ރ އަދި ހަކުރު ކިލޯއެއް 9.02 ރ. އަށް ކަމަށް ފުވައްމުލަކުގައި ހުންނަ އެސްޓީއޯ 136 ނަމަބަރު ފިހާރައިން މައުލޫމާތު ދެއްވިއެވެ.
ފުވައްމުލަކުގައި ހުންނަ އެސްޓީއޯ 136 ނަމްބަރު ފިހާރައިން ކާޑުގެ ބާވަތްތައް މިއަދުން ފެށިގެން ވިއްކާ އަގު
ހަނޑޫ ބަސްތާއެއް 449 ރުފިޔާ، (51 ރުފިޔާ މާލެއަށްވުރެ ބޮޑު) ވަކިން ކިލޯއެއް 8.98 ރ. (1.02 ރ. ބޮޑު)
ފުށް ބަސްތާއެއް 349 ރުފިޔާ، (51 ރުފިޔާ މާލެއަށްވުރެ ބޮޑު) ވަކިން ކިލޯއެއް 6.96 ރ. (1.00 ރ. ބޮޑު)
ހަކުރު ބަސްތާއެއް 451 (51 ރުފިޔާ މާލެއަށްވުރެ ބޮޑު) ރުފިޔާ ވަކިން ކިލޯއެއް 9.02 ރ. (1.02 ރ. ބޮޑު).
މިއީ އިކޮނޮމިކް މިނިސްޓްރީން ވިއްކުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ހެޔޮ އަގެއްކަން ފާހަކަގަ ކުރެއެވެ. ނަމަވެސް ކޮންޓްރޯލް އަގެއްގައި ވިއްކާ އާދައިގެ ކާޑުގެ ބާވަތްތަކަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އަގަށްވުރެ ބޮޑުކޮށް އާއްމު ފިހާރަތަކުން އެބާވަތްތައް ވިއްކިއަސް އެކަމަކީ ބެލެހެއްޓޭ އަދި މިހާތަނަށް ކުރެވޭ ކަމަކަށް ނުވެއެވެ.
އާއްމު ފިހާރަތަކުން ބުނަނީ އެއަގުގައި ވިއްކޭނީ ކާޑުގެ ބާވަތްތައް އަޅާނެ ކޮތަޅުފަދަ ތަކެތި ވެސް ހިފައިގެން އައުމުން ކަނޑައެޅިފައި އޮންނަ ވަކި ގަޑިތަކެއްގައި ގަންނަން އައުމުން ކަމަށެވެ. އެއީ އާއްމުންގެ ވިޔަފާރިކުރުމުގެ އާދަތަކަށް ބަލާއިރު ފަސޭހަ ކަމަކަށް ނުވާތީ ކަނޑައެޅިފައިވާ އަގަށް ވުރެ ބޮޑު އަގުގައި ވެސް ކާޑުގެ ބާވަތްތައް އާއްމު ފިހާރަތަކުން މީހުން ގަންނަމުން ދެއެވެ. ސްޕަރމާކެޓް ނުވަތަ ރާއްޖޭގައި ނަމަ ކަންމަތީ ފިހާރަތަކުން ޕެކެޓްގައި ބަންދުކޮށްގެން ކާޑުގެ ބާވަތްތައް ވިއްކޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނއަޅާފައި ވަނީ ކޮންމެ ޕެކެޓަކަށް 75 ލާރި އިތުރު ކޮށްގެން ނެވެ.
ކޮންޓްރޯލް ކުރެވިފައިވާ ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރެވެނީ ސަރުކާރުން ކަނޑަޅާ ވަކި ބަޔަކަށް ވަކި މިންވަރަކަށެވެ. އެގޮތުން އެސްޓީއޯ ފިޔަވައި އިތުރު ދެ ފަރާތަކުން ކާޑުގެ ބާވަތްތައް އެތެކުރަން އެންމެ ފަހުން ހުޅުވާލި ފަހަރު އެދުނެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން އެސްޓީއޯއަށް ވުރެ ހެޔޮ އަގުގައި ކާޑު ވިއްކުމަށް އެދި ހުށަހެޅި ކަމަށް މީޑީއާ ރިޕޯރޓްތަކުން އެނގެއެވެ. ނަމަވެސް ކާޑު އެތެރެކޮށް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ އެސްޓީއޯއެވެ. އެގޮތުން އެސްޓީއޯއަށް ޚާއްސަ އިނާޔަތެއްގެ ގޮތުން ކުޑަ ކުލީގައި ބޮޑެތި ބިންތަކެއް މާލެއިންނާއި ރަށްރަށުން ދޫކޮށްފައި ވެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ކާޑުގެ ބާވަތްތަކަށް ޖަޕާނު ސަރުކާރުގެ ހިލޭ އެހީ ލިބެމުން އަންނަކަމަށް ވެއެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން ގެނެވޭ ކާޑުގެ ބާވަތްތައް ވިއްކަނީ ކުޑަ އަގެއްގައި ރާއްޖެއަށް އެތެރެކުރެވޭ ކާޑުގެ ބާވަތްތައް ގުދަންކޮށް ބެލެހެއްޓުމާއި، ހުސްނުވެ ދާއިމީކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ
މިކަލް ނޫހަށް މިއަހަރުގެ މާރޗުމަހު ލިބުނު ނުރަސްމީ މައުލޫމާތުތަކުން އެނގުނު ގޮތުގައި ސަރުކާރުން އައީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެއީ ސިއްރު މައުޅުމާތަކަށްވާތީ އެކަން ޔަގީން ކުރެވޭނެ ގޮތެއް އޭރު ވަނީ ނުވެފައެވެ. މިހާރު މިއޮތީ އެކްނ އެންމެނާއި ހަމަޔަށް ތިލަވެފައެވެ.
ގުޅޭ ލިޔުން
ކާޑޫގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލަން ތައްޔާރުވަނީ



ޚިޔާލުތައް