A wide advertisement which will be shown on all devices. (700 x 100)

އައިޑިއަލް ސްކޫލުން ތަފާތު ގޮތަކަށް ޤުރުއާން މުބާރާތެއް ބާއްވައިފި

إقرأ ޤުރުއާން މުބާރާތުގެ ބައެއް ބައިވެރިން ތައްޓާއި އެކު

އިސްލާމީ ތަޢުލީމަށް ޙާއްސަ އަޙްމިޔަތު ކަމެއްދެއްވާ، އައިޑިއަލް ސްކޫލުން ތަފާތު ގޮތަކަށް ޤުރުއާން މުބާރަތެއް ބާއްވައިފިއެވެ.

އާންމުކޮށް ބާއްވާ ޤުރުއާން މުބާރާތްތަކާއި ތަފާތުގޮތަކަށް، މިޤުރުއާން މުބާރާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ދީފައިއެވެ. މި މުބާރާތާއި ބެހޭ ގޮތުން އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހުސެއިން ވިދާޅުވީ ތަފާތުގޮތަކަށް ޤުރުއާން މުބާރަތެއް ބޭއްވީ، ތުއްތު ކުދިން މާޔޫސް ނުކޮށް، އެ ކުދިންނަށް ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ކަމަށެވެ.

“ޢާންމު ގޮތެއްގައި ޤުރުއާން މުބާރާތްތަކުގައި، ބައިވެރިވާ ކުދިންގެ ތެރެއިން ، ވަނަވަނަ އަށް އަންނަނީ ވަރަށް މަދު ކުދިންތަކެއް، ނަތީޖާ އަކަށް ވެގެންދަނީ އެ ކުދިން އިތުރަށް މާޔޫސްވެ ރޮވޭ ގޮތްވުން، އަޅުގަނޑުމެން، ބެލެނިވެރިންނަށް ވެސް ދަންނަވާފައިވާނެ، މި މުބާރާތުގައި ބައިވެރިވި ކުދިންނަށް މި ލިބުނު ތައްޓަކީ އެކުދިން ޤުރުއާން ކިޔަވައިގެން ލިބުނު ތައްޓެއްގެ ގޮތުގައި އެ ކުދިންނަށް ވިސްނައި ދިނުމަށް” އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހުސެއިން މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އިތުރަށް މުހައްމަދު ހުސެއިން ވިދާޅުވީ، ގްރޭޑް 1،2،3 ގައި އުޅޭ ކުދިންނަށް ބާއްވާ މުބާރަތްތަކުގައި ވަނަ ހޯދުމަކީ އެ ކުދިން އިތުރަށް މަޔޫސްވާ ކަމެއް ކަމަށާއި މިގޮތަށް މުބާރާތް ބޭއްވުމުން ކުދިން، ވަނައެއް ނުލިބުމުން އިތުރަށް މަޔޫސްވުމުގެ ބަދަލުގައި ހިތްވަރު ލިބި ޤުރުއާން ކިޔެވުމަށް އިތުރު ޝައުޤުވެރިކަން އުފެދިގެން ދިއުމަށް މަޤުފަހިވެގެންދާނެ ކަމަށެވެ. 

މިމުބާރާތައި ބެހޭގޮތުން މިކަލް ނޫހަށް މައުލޫމާތު ދެއްވި އައިޑިއަލް ސްކޫލްގެ ބައެއް ބެލެނިވެރިން ބުނިގޮތުގައި މިފަދަ ގޮތަކަށް މުބާރާތް ބޭއްވުމުން ދަރިވަރިންގެ މެދުގައި ކުރެވޭ ތަފާތުކުރުންތަށް ނައްތާލައި އެކުދިންނަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.

إقرأ ގެ ނަމުގައި ބޭއްވި މިމުބާރަތުގައި 90 އަށް ވުރެ ގިނަ ކުދިންވަނީ ބައިވެރިވެފައެވެ. މިއީ މިފަދަ ގޮތަކަށް ބައިވެރިވި ކޮންމެ ކުއްޖަކަށް ތައްޓާއި ހަނދާނީ ލިޔުން ލިބޭގޮތަށް ފުވައްމުލަކު ސިޓީގައި ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތެވެ. އަދި މިފަދަ ޤުރުއާން މުބާރާތްތައް އެހެނިހެން ސްކޫލްތަކުން ވެސް އިސްނަގައިގެން ބޭއްވުމަށް އައިޑިއަލް ސްކޫލުން އެދިލައްވައެވެ .

މިއީ އައިޑިއަލް ސްކޫލުން މިއަހަރު ބޭއްވި ތިން ވަނަ ޤުރުއާން މުބާރާތެވެ. ކުރިޔަށް އޮތްތާގައިވެސް މިފަދަ ތަފާތު ގޮތަކަށް މުބާރާތްތަށް ބާއްވަމުން ގެންދާނެކަމަށް އެސްކޫލުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !