A wide advertisement which will be shown on all devices. (700 x 100)

ޔުއެއީން ހަދިޔާ ކުރި ކަދުރު ފުވައްމުލައް ސިޓީގައި ބަހަން ފަށައިފި

މިއަހަރު ސައުދީން ހަދިޔާކުރި ކަދުރު ބަހަމުންދަނީ

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރު ރޯދަމަހަށް ޔޫއޭއީގެ ޚަލީފާ ބިން ޒައިދް އަލް ނަހްޔާން ފައުންޑޭޝަނުން ދިވެހި ރައްޔިތުނަނަށް ހަދިޔާކުރި ކަދުރު ފުވައްމުލައް ސިޓީގައި މިއަދު ބަހަން ފަށައިފިއެވެ.

މި އަހަރުގެ ކަދުރު ފުވައްމުލައް ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިިލުން ހާމަކުރެއެވެ. ފުވައްމުލަކުގައި މީހުން ދިރިއުޅެނީ މުޅި ޖުމްލަ 1861 ގޭގައި ކަމަށް ވެއެވެ. މި ހުރިހާ ގެއަކަށް ކަދުރު ބަހައި ނިމޭނެކަމަށް ސިޓީ ކައުންސިލުން ލަފާ ކޮށްފައި ވަނީ 1 ހަފްތާގެ ތެރޭގައެވެ. ބަައެއް އާއްމުން ކަދުރު ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާއަށް މިއަދު ފޮޓޯ ލާފައިވެއެވެ.

މިއަދު ފުވައްމުލައް ސިޓީގައި ކަދުރު ބެހި ގެތަކުގެ ތެރޭގައި ދަޑިމަގު އަވަށާއި ދިގުވާނޑުގެ ގިނަ ގެތަކަށް ހިމެނޭ ކަމަށް ވެއެވެ. ހިލޭ ބަހާ ކަދުރު ކޮންމެހެންވެސް ލިބެެން ޖެހެނީ ފުވައްމުލަކުގައި ވެސް މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކަށެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި ހިނެނީ ފަގީރުންގެ ކިތައް އާއިލާ ކަމެއް އަދި ލިބިފައި ވަނީ ކިހާ ކަދުރެއް ކަމެއް ސީޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރު ވެސް ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ 25000 (ފަންސަވީސް ހާސް) ކަދުރު ޕެކެޓެވެ. މީގެތެރެއިން 500 ޕެކެޓް ނުވަތަ 50 ކޭސް ކަދުރު ބެހުމަށް އެއްބަސްވެފައި ވަނީ ސައުދީ އެމްބަސީން ހަމަޖައްސާ އުސޫލެއްގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. ބަކީވާ 24500 ޕެކެޓް ކަދުރު ބެހުމަށް، ކަދުރު ދިން ފަރާތާއެކު އެއްބަސްވެފައި ވަނީ އިސްލާމިކް މިނިސްޓީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެއުސޫލު ކަނޑައަޅައި ގެޒެޓްގައި ޝާއިޢު ކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައެޅި އުސޫލުގައި ވަނީ މިފަހަރު ކަދުރު ބަހާނީ 2019 ވަނަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓރީވެފައިވާ ކޮންމެ އާއިލާއަކަށް ކަދުރު ޕެކެޓެއް ދޭގޮތަށް ކަަމަށެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ 2،350 ގޭބީސީއަށް އެއް ޕެކެޓް ކަދުރު ދިނުމަށްފަހު ބާކީވާ ކަދުރު، ބަލާއަންނަ ފަރާތްތަކަށް ގެއަކަށް 1 ކިލޯގެ 1 ޕެކެޓް މަގުން ބަހާ ހުސްކުރާ ގޮތަށެވެ. އެއީ ބަހަން ލިބުނު ކަދުރުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ޕެކެޓެއް މަގުން ބެހޭ ވަރަށް ހަމަ ނުވާތީ ކަމަށް ވެއެވެ. އެހެނީ 2019 ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 63،102 ގޭބީސީ ހުރި ކަމަށް ހިސާބުތަކުން ދައްކާތީއެވެ.

އެގޮތުން ފުވައްމުލައް ސިޓީގެ ހުރިހަ ގެއަކަށް ކަދުރު ހޯދާފައި ވަނީ އޫއޭއީ އެމްބަސީއާއި ފުވައްމުލަކު ދެއެމްޕީން ވާހަކަދައްކައިގެން ހަމަޖެއްސި ޔޫއޭއީގެ އެހީގެ ކަދުރާއި ފުވައްމުލައް ސިޓީ ކައުންސިލުން އިސްލާމިކް މިިނިސްޓރީ އާއި ވަހަކަ ދައްކައިގެން ރަށަށް ގެންނަން ހަމަޖެއްސި ކަދުރާއެކު އެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއް ލިބުނު ކަމުގައިވިޔަސް ރާއްޖެގެ ކޮންމެ ރަށެއްގެ ކޮންމެ ގޭބިސީއަކަށް ހިލޭ ކަދުރު ޕެކެޓެއް ނުބަހާނެއެވެ.

ކަދުރު ނުލިބޭ ކަމަށްބުނެ ސަރުކާރާއި އިދިކޮޅު ބައެއްމީހުން ސޯޝަލް މީޑިިއާގައި ސަރުކާރަށް، “ސަރުކާރުގެ ބޮޑުުން ކަދުރު ކާލީ”، ބަހަނީ “ޕާޓީ ކުދިންނަށް” މިފަދަ ބަސްތަކުން ފާޑުކިޔަމުން އަންނަކަން ފާހަގަ ވެއެވެ.

މި ފާޑުކިޔުންތަކުގެ އަސްލު ގުޅެނީ ކުރީ، ޔާމީނު ސަރުކާރުގައި ސައުދީން ލިބުނު ކަދުރު ބެހުމުގައި މެޑަަމް ފާތުން ގެ ސަދަގާތު ފައުންޑޭޝަނުން ދޭ އެއްޗެއް ގޮތަށް ދެއްކުމުގެ ގޮތުން ލޭބަލް ޖަހައި ކަދުރު ބެހުމުން، އޭރު އެކަމަށް ފާޑުކިޔުމުގެ ރައްދެއްގެ ގޮތުން ކަމަށް ބެލެވެއެވެ.

ޔާމީނު ސަރުކާރުގައި ސައުދީން ބަހަން ފޮނުވި ކަދުރު ބަހާފައިވަނީ ސަދަގާތު ފައުންޑޭޝަނުން ދޭއެއްޗެއް ކަމަށް ދޭހަވާ ގޮތަށް!

ނޯޓު: ޚަބަރު އިސްލާޙު ކުރެވިފައި!

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !