A wide advertisement which will be shown on all devices. (700 x 100)

އާމިނަތު އަޙްމަދު: ކޮވިޑް-19އާއި ގުޅިގެން ފާހަގަކޮށްލެވުނު ޚިދުމަތްތެރިއެއް

އާމިނަތު އަޙުމަދު (މެދުގައި). ކޮވިޑް-19ގެ ގިނަ ކަންކަމުގައި އިސްވެ ހުންނެވި- ފުވައމްުލަކުން އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ޖެއްސެވި

ފުވައްމުލައް ސިޓީގައި ފުރަތަމަ ވެކްސިން ޖެއްސެވީ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ ކޮމިނިޓީ ހެލްތް އޮފިސަރ އާމިނަތު އަޙްމަދުއެވެ.

އާމިނަތުއަކީ ކޮވިޑް-19 އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާ ގުޅިގެން ފުވައްމުލައް ސިޓީގައި މަސައްކަތްކުރައްވާ ފޯކަލް ޕޮއިންޓްއެވެ. އަދި ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ރެޕިޑް ރެސްޕޮންސް ޓީމުގެ ކަންކަން ރާވާ އިންތިޒާމު ކުރުމުގައިވެސް އެންމެ އިސްދައުރެއް އަދާ ކުރައްވަނީ އާމިނަތު އަޙްމަދު އެވެ.

އާމިނަތު އަޙުމަދު (މެދުގައި) ކޮވިދް-19ގެ ގިނަ ކަންކމުގައި އިސްވެ ހުންނެވި.

ފާއިތުވެގެން ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގެ ގިނަ މުވައްޒަފުންތަކެއްވަނީ އަމިއްލަ އުފަލާ ޗުއްޓީ ގުރުބާންކޮށް ކޮވިޑް-19އިގެ ރޯގާއިން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކުރިޔަށްދިޔަ ގައުމީ ކޭމްޕެއިންގައި ރަށު ލެވެލްގައި ބުރަ މަސައްކަތްތެއް ކުރައްވާފައެވެ.

އާމިނަތުއަކީ މީގެ ތެރެއިންވެސް އެންމެ ބޮޑެތި ގޮންޖެހުންތައް ގިރާކުރައްވާ އެންމެ ހިތްދަތި ވަގުތުތަކުގައިވެސް ހިތްވަރު އެލުވާނުލައި މަސައްކަތުގައި ދެމިހުންނެވި ހިތްވަރުގަދަ ކަނބަލެކެވެ.

ޕެންޑެމިކްއެއްގެ ތެރޭގައި މީހުންގެ އާއްމު ދިރިއުޅުން އެފުށްމިފުށަށްޖެހެއެވެ. ގިނަ ޚިދުމަތްތަކަށް ހުއްޓުން އެރުމުން ދެން ކުރިމަތިލާންޖެހެނީ ބޮޑެތި މާޔޫސްވުންތަކާއެވެ. އެ ހާލަތުގައި މީހުންގެ ޝަކުވާތަކުގެ އަޑުއަހަންޖެހެއެވެ. ނަފުސު ކޮންޓްރޯލް ކުރުމަށް ދަތިވެފައިވާ އެތައް ބައެއްގެ ފަރާތުން އަންނަ އަޑުއަހާލަން ފަސޭހަނުވާ އެތައް ފޯންކޯލްތަކަކާ ކުރިމަތިލާންޖެހެއެވެ.

އާމިނަތު އަހުމަދު – ޓީމުގެ ބައިވެރިންނާއި އެކު

ކޮވިޑް-19 އައިސް ރާއްޖެއާއި ދުނިޔޭގެ ދަތުރު ފަތުރުގެ ނިޒާމް ހުއްޓުވާލިއެވެ. ނަތީޖާއެއްގެ ގޮތުން ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ނުލިބުމާއި ލޮޖިސްޓިކްސްގެ ކަންކަން ފުރިހަމައަށް ނުގެންދެވިގެން އެތައް ހިތްދަތި ވަގުތުތަކެއް ތަޖުރިބާ ކުރަންޖެހެއެވެ.

މިހުރިހާ ކަމެއްގައި އާމިނަތު ފެނިގެންދިޔައީ ކެތްތެރިކަން އިންތިހާއަށް ހުރި، ރާވާލުމުގައި ކުޅަދާނަ މުވައްޒަފެއްގެ ގޮތުގައެވެ.

ފުވައްމުލަކުގެ ރައްޔިތުންނަށް ވެކްސިންދޭން ފެށުމުން، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއް ބޭފުޅަކަށް އާމިނަތު އަޙްމަދު ވާނެއެވެ.

ﷲ ގެ އިރާދަފުޅާއެކު ދާދި އަވަހަށް މިރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީވެސް މި ވަބާއިން ރައްކާތެރިވެފައިވާ ބަޔެއްގެ ގޮތުގައި ލައްވާށިއެވެ.

އާމިނަތު އަހުމަދު – އެނެމް ފުރތަމަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ކަންކަމުގައި ދެމިހުންނެވި.

އަމިއްލަ ނަފުސާއި އާއިލާ ގުރުބާން ކުރައްވައި ރައްޔިތުންގެ ރާއްކާތެރިކަމަށްޓަކައި ގުރުބާންވަމުންދާ ހިތްވަރުގަދަ ޑޮކްޓަރުން، ނަރުހުން، ލެބޯޓްރީ ޓެކްނޮލިޖިސްޓުން، އެހެން ޒިންމާތައް އުފުއްލަވާ މުވައްޒަފުންނަށް ހިފެހެއްޓުމެއްނެތް ޝުކުރު އަރިސްކުރަމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !