ސާކް (ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން) ގައުމުތަކުގައި ކޮވިޑް-19 ހާލަތު ބަޔާންކުރުމަށް ކުރިޔަށް ގެންދެވޭ ހަފުތާ ރިޕޯޓުގެ 13 ވަނަ ބައި ހިއްސާކުރަމެވެ. ސާކްގެ ގިނަ ގައުމުތަކުން މިހާރު އަންނަނީ ބަންދަށް ލުއިދެމުންނެވެ. ނަމަވެސް ސާކުގެ ބޮޑު އާބާދީތައް ކަމަށްވާ ނޭޕާލާއި އިންޑިއާ، ބަނގްލާދޭޝް އަދި ޕާކިސްޓާނުަގއި ވެސް ބަލި ފެތުރޭ ނިސްބަތް ދަށްވެފައެއް ނުވެއެވެ. ޚާއްސަކޮށް ނޭޕާލުގައި ފާއިތުވި 2 ހަފުތާގައި ވެސް ބަލި ފެތުރޭ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވެއެވެ. ބަލި ފެތުރުން އިތުރުވިޔަސް ބަންދަށް ލުއި ދޭން މަޖުބޫރުވަނީ މީހުން ބަނޑަށް ޖެހެންދެން ބަންދުގައި ނުބޭތިއްބޭނެތީއެވެ. ސަރުކާރުތަކަށް ފަގީރު އެންމެނަށް ކާންބޯން ދެވޭވަރުގެ ތަނަވަސްކަމެއް ނެތުމުންނެވެ. ގިނަ ގައުމުތަކުގައި ކޮވިޑް-19 ގެ ހޮޓް ޒޯންތައް ފިޔަައި، މީހުން އާއްމު މަސައްކަތަކަށް ނިކުތުމަށް ވެސް ވަނީ ދޫކޮށްލާފައެވެ. ސްރީލަންކާއިން އާއި ދިވެހި ރާއްޖެއިން އަންނަނީ ކޯވިޑްގެ ކަންކަމުން ނިމުމަކަށް އައުމުގެ މަރުހަލާގައެވެ. ބަންދުތައް ދޫދެމުން، ވިޔަފާރިތައް ހޫލުވަމުްނެވެ. އަދި ކުރިޔަށް އޮތް މަހުގައި ސްކޫލްތައް ވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި މަދު އެހެން ރަށެއްގައި ނޫނީ ވަނީ ބަންދުގެ ހާލަތު އެއްކޮށް ދޫކޮށްލާފައެވެ. އަންނަ ހޯމަ، 15 ޖޫން އިން ފެށިގެން މާލޭގައި ވެސް އާއްމުކޮށް ބޭރަށްނުކުމެ އުޅުން ހިފެހެއްޓިފައި އޮތުމަށްފަހު އެއްކޮށް ދޫކޮށްލެވޭނެ ކަމަށް ވަނީ އިއުލާން ކުރެވިފައެވެ. އިންޑިއާ އަދި ޕާކިސްތާނުން ވެސް ހުޅުވާލަން ކަނޑައަޅާފައި ވަނީ ޖުލައި 10 އެވެ. ޖޫންގައި ސްރީލަންކާ ހުޅުވާލާއިރު ދިވެހިރާއްޖެ ހުޅުވާނީ ޖުލައި 1 ގައެވެ.

ސާކް ކޯވިޑް-19 ޚުލާސާ، 13 ޖޫން 2020
ސާކް ގައުމުތަކުގެ ކޯވިޑް-19 ޖެހިފައިވާ މީހުން ޖުމްލަކޮށް ދެބަޔަކަށް ބެހިފައިވެއެވެ. ނިމުނު ހަފުތާއާއި ނިޔަލަަށް ސާކް ގައުމުތަކުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ 5 ލައްކަ 38 ހާހުގައި ހުރިއިރު އެއިގެ ތެރެއިން 2 ލައްކަ 12 ހާސް މީހުން ރަންގަޅުވެފައި ވެއެވެ. އަދި ބަލީގައި މަރުވެފައިވަނީ 12551 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ %2.33 އެވެ. ބަލީގައި ނާޒުކު ހާލަތުގައިވާ ކަމަށް 9084 ރެކޯޑުކުރެވިފައި ވެއެވެ. މީއި އިންޑިއާއިން މިހަފުތާގައި ރެކޯޑު ހާމަކުރި ނާޒުކު ހާލުގައި ވާ 8944 މީހުން އިތުރު ކުރުމުން ކުއްލިއަކަށް އަދަދަށް އައި ބޮޑު ބަދަލެކެވެ.
ފާއިތުވި ހަފުތާގައި އިންޑިއާ އިން އަލަށް 61 ހާސް މީހުން ބައްޔަށް ޕޮޒިޓިވްވި އިރު ޕާކިސްތާނުން 31 ހާސް މީހުން އަދި ބަންގްލަދޭޗް އިން 18 ޙަސް މީހުން އަދި އަފުޣާނިސްތާނުން 4 ހާސް މީިހުންނަށް ބަލި ޖެހިފައި ވެއެވެ.
މިއަދު 6 ޖޫން، ހޮނިހިރު ދުވަހާއި ހަމަޔަށް ސާކްގެ ގައުމުތަކުން ބަލިޖެހިފައިވާ މީހުންގެ ޖުމްލަ މިވަނީ އެއިގެކުރީ ހަފުތާގެ 421,093 އިން 538,488 އަށް އިތުރު ވެފައެވެ. މިއީ އެއިގެ ކުރީ ހަފުތާއަށްފުރެ %28 އިތުރު ވުމެކެވެ. އެއިގެ ތެރެއިން 12551 މީހުން ބަލީގައި މަރުވެފައި ވެއެވެ. އެއީ އެއގެ ކުރީ ހަފުތާއަށް ވުރެ %28 މީހުން އިތުރު އަދަދެކެވެ.
މުޅި ދުނިޔޭގެ އަދަދުތަކަށް ބަލާއިރު 7.77 މިލިޔަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި 4 ލައްކަ 28 ހާސް މީހުން މަރުވެފައި ވެއެވެ. އަދި ބަލި ރަނގަޅުވެފައި ވަނީ 3.98 މިލިޔަން މީހުނެވެ. މިބަލީގެ ވެކްސިނެއް ނޫނީ ފަރުވާއެއް ހޯދިފައި ނުވާއިރު ބަލީގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުނެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުން ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އަވަހަށް ވެސް ވެކްސިނެއް ލިބޭވަރުވާނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށް ވެއެވެ. މިވކްސިން ތަރައްގީ ވަމުންއަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމަކޮށްފައި ވެއެވެ.
މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަދިވެސް އެމެރިކާއިން އިންނެވެ. އެގައުމުން 2.117 މިލިޔަނަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު އެގައުމުން 117 ހާހެއްހާ މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެވަނާގައި ބްރެޒިލް އަދި 3 ވަނައަށް ރަޝިއާ އޮތްއިރު ސާކުގެ އިންީދއާ ވަނީ ދުނިޔޭގެ 4 ވަނައަށް އަރާފައެވެ. އެއި ޖުމްލަ ވަނީ 2 ލައްކަ 98 ހާސް މީހުން ބައްޔަށް ޕޮޒިޓިވް ވެގެންނެވެ.
ފަސްވަނައަށް ޔުކޭގެ ފަހަތުން 6 ވަނައަށް ވަނީ ސްޕޭނެވެ. މިއިން އެނގެނީ އިނގިރޭސިވިލާތަށްވުރެ ސްޕޭނުގައި މިހާރު ބަލި ފެރުރޭ މިންވަރު ދަށްކަމެވެ. ހަތްވަނާގައި އިޓަލީ ގެފަހަތުން ފަހަތުން ޕެރޫ އަދި 9 ވަނާގައި ޖަރުމަން އަދި 10 ވަނާގައި އީރާނެއެވެ.
އާބާދީގެ ގޮތުން ބަލާއިރު 6 ލައްކައަށް ވުރެ ދަށް އާބާދީ ތަކުން ދިވެހިރާއްޖެ އޮތީ 2 ވަނާގައެވެ. އެއި އެއްވަނާގައި އޮތް ފްރާންސްގެ ކޮލޮނީއެއް ކަަމަށްވާ މެޔޯޓްގެ ފަހަތުންނެވެ. އިންޑިއާކަނޑުގައި އޮންނަ މެޔޯޓްގެ އާބާދީ އަކީ 2ލައްކަ 72 ހާސް ކަމަށްވާއިރު އާބާދިގެ %97 މުސްލިމުންނެވެ. އެގައުމުން 2268 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 28 މިހުން މަރުވެ އަދިވެސް ބަލީގައި 450 މީހުން އެބަތޮއްބެވެ. މެޔޯޓް އޮންނަނީ މަޑަގަސްކަރަ ކައިރީގައެވެ.

ސާކް ގައުމުތަކުގެ ކޮވިޑް-19، ނަަމްބަރުތައް 12 ޖޫން 2020
ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާގެ އަދަދު ވަނީ 2 ލައްކަ 98 ހާހުން ދުނިޔޭގެ 4 ވަނައަށް ފާއިތުވި ހަފުތާގައި ވަނީ އަރާފައެވެ. ފާއިތުވި ހަފުތާގައި ޕާކިސްތާނު ވަނީ ދުނިޔޭގެ 17ން 15 ވަނައަށް އަރާފައެވެ. ބަނގްލާދޭޝްއިން އެއިގެކުރީ ހާފުތާގައި 63 ހާހުން 81 ހާހަށް އިތުރުވެފައި ވެއެވެ. އަފުޣާނިސްތާނުން ވެސް ވަނީ 13 ހާހުން 20 ހާހަށް އިތުރު ވެފައެވެ. ސާކުން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މި 4 ގައުމުގައެވެ. ދެވަނަ ގްރޫޕުން، ފާއިތުވި ހަފުތާގައި ވެސް ނޭޕާލުގައި ބަލި ފެތުރޭ ނިސްބަތް އިތުރު ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން އެިެގ ކުރީ ހަފުތާގެ 3 ހާހުން 5 ހާހަށް އިތުރުވެފައި ވެއެވެ. ސާކްގެ އާބާދީ ކުޑަ މިގްރޫޕުން 5062 މީހުން ޕޮޒިޓިވް ވެގެން އަދިވެސް އެއްވަނާގައި އޮތީ ނޭޕާލެއެވެ. މިގްރޫޕުގެ ދެވަނަަގއި މިހަފުތާަގއި ވެސް އޮތީ ދިވެހިރާއްޖެއެވެ. ސްރީލަންކާ އޮތީ 3 ވަނާގައެވެ. ރާއްޖެއާއި ސްރީލަންކާގެ ބަލިޖެހުނު މީހުންގެ އަދަދުގެ އެއިގެ ކުރީ ހަފުތާއަށްވުރެ ފަރަގު ބޮޑެވެ. މިއިން އެނގެނީ ލްނަކާއަށްވުރެ އަދިވެސް ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އިތުރު ކަމެވެ. 2003 އަދި ސްރީލަންކާގައި 1877 އެވެ. އަދިވެސް އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ތިބީ ބޫޓާނުގައެވެ. އެގައުމުގައި ވެސް ބަލި ޖެހޭ ނިސްބަތް މަޑުމަޑުން އިތުރުވަމުން އަންނަކަން ފާހަގަވެއެވެ. އެގޮތުން ނިމުނު ހަފުތާގެ ކުރީ ތިން ހަފުތާގައި 21، 31، 48 އިން މިވަނީ 62 އިތުރު ވެފައެވެ. ބޫޓާން ފިޔަވައި މިބަލީގައި މީހުން މަރުނުވާ ގައުމެއް ސާކްގައި ނެތެވެ.

ފާއިތުވި ހަފުތާގައި ކޮވިޑް-19 އިތުރުވި މިންވަރު، 13 ޖޫން 2020
ފާއިތުވި ހަފުތާގައި އެކަނި ދިވެހިރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 331 މީަހކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. ފާއިތުވި ހަފުތާގައި ސްރީލާންކާގައި ބަލި ޖެހޭ ނިސްބަތް އިތުރުވެ ވުރެ، 1050 އިން 1558އަށް ނިމުނު ހަފުތާގައި ވަނީ އެއިގެކުރީ ހަފުތާގެ ޖުމްލަ 994އިން 889 އަށް ދަށްވެފައެވެ. އެއި %11 ގެ ދަށްވުމެކެވެ. ނިމުނު ހަފުތާގައި ބަލި ޖެހުނު މީހުންގެ އަދަދު ހަފުތާގެ ޖުމްލައިން ދަށަށް ގޮސްފައިވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގައި އެކަންޏެވެ. ލަންކާގެ ހަފުތާ އަދަދު ދަށަށް ގޮސްފައި ވަނީ 1032 އިން 769 އަށެވެ. އެއީ %26 ގެ ދަށްވުމެކެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ހާލަތު، 13 ޖޫން 2020



ޚިޔާލުތައް