މާދަމާ، 21 ޖޫން ވާ އާދީއްތަ ދުވަހުގެ ހެނދުނު ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނެތީ ފުވައްމުލަކު ބޯޅަ މިސްކިތް (މަސްޖިދުލް އިނާރާ) ގައި ކޭތަ ނަމަދުކުރުން އޮންނާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އަންގައެވެ.
އެގޮތުން މާދަމާ ކޭތަ ނަމާދު ކުރުން އޮންނާނީ ހެނދުނު 10:30 ގައެވެ. ކޭތަ ނަމާދު ކުރާ ގަޑި ކަނޑައަޅަނީ އެންމެ ބޮޑަށް ކޭތަ ހިފާނެ ވަގުތަކަށް ބަލައިގެންނެވެ. މިކޭތަ ނަމާދުގައި ވީހާގިނަ ބަޔަކު ބައިވެރިވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިލައްވައެވެ.

މާދަމާ ހެނދުނު ރާއްޖެއަށް ފެންނަ އިރުކޭތައަކީ އެނުލާ އިރުކޭތައެއް.
މާދަމާ ހިފާ އިރުކޭތަ ދުނިޔޭގެ ގިނަ ގަމުތަކަށް ފެނަނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. މާދަމާ ހިފާ އިރުކޭތައަކީ ހިޖުރީ އާ މަހެއްގެ ހަނދު ގޮސް އިރުގެ ކުރިމައްޗަށް އެރުމުން އިރުގެ ބޮޑު ބައެއް ގިނަ ގައުމުތަކަށް ނުފެނުމުން ކުރިމަތިވާ ކުޑަ އަނދިރި ކަމެކެވެ. މިއިރުކޭތަ އެމެރިކާ އޮސްޓްރޭލިޔާ، ނިއުޒީލޭންޑް އަދި އުތުރު ޔޫރަޕްގެ ވެސް ބައެއް ގައުމުތަކަށް ނުފެންނާނެއެވެ.
ކޮންމެ އަހަރަކުވެސް 2 ފަހަރު އިރުކޭތަ ހިފައެވެ. އެކަމަކު އެހުރިހަ އިރުކޭތައެއް ހުރިހާ ގައުމަކަށް ނުފެނެއެވެ. އިރުކޭތަ ހިފާގޮތް ފަލަކީ އިލްމުވެރި މައިގަނޑު ތިން ގޮތަކަށް ބަހާލައެވެ. އެއީ ފުރިހަމަ ނޫން އިރުކޭތަ (ޕާޝަލް ސޯލާ އިކްލިޕްސް) އާއި އެނުލާ އިރުކޭތަ (ބޮޅު އިރުކޭތަ) އާއި ޓޯޓަލް ސޯލާ އިކްލިޕްސް ނުވަތަ ފުރިހަމަ އިރު ކޭތައެވެ.

އިރުކޭތަ ހިފާ3 ގޮތް؛ ބައި އިރުކޭތަ، ބޮޅު އިރުކޭތަ، ފުރިހަމަ އިރުކޭތަ.
ޕާޝަލް އިކްލިޕްސް ނުވަތަ ފުރިހަމަ ނޫން އިރުކޭތަ ހިފާއިރު އިރާއި ހަނދާއި ދުނިޔެ އެއްކޮށް ރަހައެއް ނުވެއެވެ. އެއިގެ ސަބަބުން ދުނިޔެއަށް ފެންނާނީ އިރުގެ އެއްފަޅިން ބައެއް ހަނދުން ނިވާވެފައިވާ ގޮތަށެވެ.
އެނުލާ ސޯލާ އިކްލިޕްސް (ބޮޅު އިރުކެތަ) ގައި ހަނދުގެ ހިޔަންޏަށްވުރެ ބޮޑަށް އިރު ފެންނަން ހުރުމުން، ހަނދުގެ ވަށައިގެން އިރު ބޮޅެއް ހެން ފެންނާނެއެވެ. އެހެން ވުމުން އިރުއެއްކޮށް ނުފޮރުވޭނެއެވެ. މިގޮތަސް އިރުކޭތަ ހިފާނީ އިރާއި ހަނދާއި ދުނިޔެ ފުރިހަމަ އަށް ރަހައަށް ހުރު މުންނެވެ. އެނުލާ އިކްލިޕްސްގައި ހަނދުގެ ވަށައިގެން އެއްކޮށް ބޮޅެއްހެން އިރު ފެނަން ހުރުމުން އެއިގެ އަދި ކަން ގަދަވާތީ ރިންގް އޮފް ފަޔާ އިކްލިޕްސް އޭ ވެސް ކިޔައެވެ.
ފުރިހަމަ އިރުކޭތަ ނުވަތަ ޓޯޓަލް ސޯލާ އިކްލިޕްސް އެއްގައި ހަނދު ފެންނަލެއް ބޮޑުވުމުގެ ސަބަބުން އިިރު ހުންނަނީ އެއްކޮށް ހަނދުން ނިވާވެ ފޮރުވިފައެވެ. ދުނިޔެއަށް ނުވަތަ ބިމަށް ފެންނާނީ ހަނދުގެ ވަށައިގެން ފިސްފިސްވެފައިވާ އިރުގެ ދަޅަ ނުވަތަ ކޮރޯނާ އެވެ.

އިރުކޭތައިގެ 3 ވައްތަރު؛ ބައި އިރުކޭތަ، އެނުލާ(ބޮޅު އިރުކޭތަ) އަދި ޓޯޓަލް (ފުރިހަމަ) އިރުކޭތަ
ފުރިހަމަ އިރުކޭތައެއް ސިދާ ހަމަ ލޮލުން ބެލިޔަސް ލޮލަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ނަމަވެސް އެނުލާ ސޯލާ އިކްލިޕްސް އަދި ފުރިހަމަނޫން އިރުކޭތައެއް ހަމަލޮލުން ބެލުމަކީ ލޮލުގެ ރެޓިނާ ހަލާކުވެދާނެ ކަމެކެވެ. ނަމަވެސް އެހެން އެއްޗެއް މެދުވެރިކޮށް އިރުކޭތައަށް ބެލިދާނެއެވެ. އެއީ ފެންގަނޑަކުން އިރުކޭތައިގެ ހިޔަނި ބެލިޔަސް އަދި އައިނަކުން ނުވަތަ ޓެލަސްކޯޕަކުން އިރުކޭތަ ބެލިޔަސް ލޮލަށް ގެއްލުމެއް ނުލިބޭނެއެވެ.

ކުރިޔަށް އޮތް 10 އަހަރު އިރުކޭތަ ހިފާނެ ދުވަސްތައް، އަދި ފެންނާނެ ގައުމުތައް
ޚިޔާލުތައް