ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކާއި ތަކުގެތެރެއިން ބަލިވެގެން ވަޒީފާއަށް ސަލާމް ބުނާއިރު މިހާރުވެސް ކުރިޔަށްދާ އުސޫލުން 15 ދުވަހު ސެތްފިކެތް ހުށަހަޅަން ނުޖެހި އަނެއް 15 ދުވަހު ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް ކޮޓީ މަރުހަލާގައި އެއްބަސްވެވިފައި ވާކަމަށް ފުވައްމުލަކު އުތުރުދާއިރާގެ މެމެބަރު މުހައްމަދަ ރަޝީދު (ދޮންބެ) ހާމަކުރައްވައެވެ. ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކާއި ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީ 3 މެންބަރުން ފުވައްމުލައް ސިޓީގެ ރަައްޔިތުންނާއިއެކު އޮންލައިން ޕްލެޓްފޯމް، ޒޫމް މެދުވެރިކޮށް ރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވިއެވެ.
‘ރަށި މީހުންގެ އަޑޮ އެހުން’ ނަމުގައި ކުރިޔަށް ދިޔަ މިބައްދަލުވުމުގައި 30 އެއްހާ މީހުން ބައިވެރިވެފައި ވެއެވެ. ބައްދަލުވުމުގައި ބޮޑަށް ވާހަކަ ދެކެވުނީ ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅިގެންނެވެ.
އެގޮތުން އެގާނޫނަށް 19 އިސްލާހެއް ހުށަހަޅާފައިވާ އިރު އެއިގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށް ފާހަގަވެފައި ވަނީ 4-5 މާއްދާއަކަށް ކަމަށް މަޖުލީހުގެ އިގުތިސާދީ ކޮމެޓީގައި ހިމެނޭ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ފާހަގަކުރެއްވެިއެވެ. އެބިލް މަޖުލީހުގެ ތަޅުމުގެ ފުރަތަމަ ކިޔުމަށްފަހު މިހާރު އޮތީ މަޖުލީހު އިގުތިސާދީ ކޮމެޓީގެ ބަހުސު މަރުހަލާގައެވެ.
ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށް ދޮންބެ ފާހަގަ ކުރި މާއްދާތަކަކީ 14 ވަނަ މާއްދާ، ޕްރޮބެޝަންގެ މުއްދަތު 6 މަހަށް ހުށަހަޅާފައި ވެއެެވެ. ދޮންބެ ރޭގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުން ކޮމެޓީގައި އެ މާއްދާގެ ބަހުސް ދާގޮތުން ގިނަ މެމްބަރުން ބުރަވެފައި ވަނީ މިހާރުވެސް އޮތްގޮތަށް 3 މަހަށް ޕްރޮބޭޝަން މުއްދަ ބާއްވާ ގޮތަށެވެ. މިއީ މިކަމައި މެދު ހިތްހަމަނުޖެހި ރިޒޯޓު ގިނަ މުވައްޒަފުން އެދިފައިވާ ގޮތްކަމަށް ވެސް ވެއެވެ.

ފުވައްމުލައް ސިޓީގެ 3 އެމްޕިން ރޭގައި ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިން.
މިމާއްދާގެ ބަހުސުގައި ބައިވެރިއަކު ރޭގައި ފާހަގަ ކުރި ގޮތުގައި ސިވިލް ސާވިސް މުވައްޒަފުން 3 މަސްދުވަހުގެ ޕްރޮބޭޝަނުގައި ތިބޭ އިރު ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ވާޒީފާގެ މާހައުލުގެ މަސައްކަތާއި ތަމްރީނު އެކަށީގެންވާގޮތައްގައި ނެދެވެތީ އެކަން ހަރުދަނާ ކުރުމަށް، ޕްރޮބޭޝަންގެ މުއްދަތު މިހާރަށްވުރެ ބޮޑަށް މޮނިޓަރ ކުރެވި ކަމާއި ގުޅޭ ފަރާތަކަށް ރިޕޯޓު ކުރެވޭނެ އުސޫލެއްގެ މުހިންމުކަން ފާހަގަ ކުރިއެވެ. މިހާރު ގިނަ ފަހަރަށް، އަލަށް ވަޒީފާއަށް ނުކުންނަ ކުއްޖާ 1-2 ހަފުތާ ވަންދެން ވާނުވާއެއް ނޭގި، މަގުދައްކާނެ މިހަކު ނެތި އޮފީސް ތެރޭގައި ހުންނަ ގޮތް ވުމުން އޭނާ ކިޔަވާ ނިންމައިގެން އަންނަ އިރު ހުން ޕޮރޮޑަކްޓިވް ވިސްނުން އޮފީހުގައި އޮންނަ ނޮން-ޕްރޮޑަކްޓިވް ކަންކަމުގެ ތެރެއަށް ލެނބިގެންދާ ކަމަށެވެ.
ވަޒީފާއާއި ބެހޭ ގާނުނުގެ 21 ވަނަ މާއްދާއަށް ހުށަހެޅިފައިވާ އިސްލާހަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުުކރި އިސްލާހެކެވެ. އެގޮތުން އެމީހުން ބުނަނީ އެއީ ވަޒީފާއަދާކުރާ މީހާ ވަޒީފާއިން ވަކިކޮށްލުމަށް ވަޒީފާ ދޭފަރާތަށް ދެވޭ ލައިސަންސެއް ކަަމަށެވެ. މި މައްސަލާގައި މެދުދާއިރާގެ މެމެބަރު ހުސޭން މުހައްމަދު ފާހަގަ ކުރެއްވީ އެމާއްދާ ބިލުން އުނިކޮށްލިޔަސް އަދި ވަޒީފާ ދޭފަރާތަށް އެމީހަކު ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ހައްލުވެގެން ނުދާކަަމަށެވެ. މިޙާރުވެސް ހައިކޯޓުގެ ހުކުމެއްގެ ޕްރިސީޑިން އަކަށް ބަލައި ވަޒީފާދޭފަރާތަށް މީހުން ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކެއް ކަނޑައަޅަމުން އަންނަ ކަމަށެވެ.
ވުމާއެކު މައްސަލައަށް ފެންނަ ހައްލުތަކެއް ހުށަހަޅައި ދިނުމަށް މެމްބަރުން އެދުނެވެ. ރިޑަންޑަންސީ ނުވަތަ ޓާމިނޭޝަން އާއި ގުޅޭ ގޮތުން މަޖުލިހަށް އިސްލާހަށް ހުށެހެޅިަފއިވާ ބިލުގައި މިހާރު އޮތީ، ހިންގަމުންދާ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ހުއްޓާލަން ޖެހުމުން ނުވަތަ ހިންގުމަށް ގެންނަން ޖެހޭ ބަދަލެއްގެ ސަބަބުން އެމަގާމެއް އުވަލަންޖެހޭ ހާލަތުގައި، ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ ބަދަލާކާއި އެމީހުންނާއި މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ކަމާއިގުޅޭ މިނިސްޓްރީ އަކުން ހަދައި ކަނޑައަޅަން ޖެހޭނެކަމަށެވެ. މިކަމަށް ވާހަކަ ދެއްކި މީހުން ޚިޔާލު މައިގަނޑު ގޮތެއްގައި ހުރީ އެގޮތުން ގާވާއިދެއްގައި ތަފުސީލުތައް ހާމަކުރުމުގެ ބަދަލުގައި ގާނޫނު އަމަލުކުރާނެ އުސޫލުތަކެއް ތަފުސީލުކޮށް ބޭއްވުމަށެވެ.

ފުވައްމުލައް ސިޓީގެ 3 އެމްޕިން ރޭގައި ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިން. އެމްޕީ ދޮންބެ، އިގުތިސަދީ ކޮމެޓީގެ މެމްބަރެއް. ފޮޓޯ؛ އެމްޕީ ހުސޭން
ނަމަވެސް އެއީ ގާނޫނަކުން ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެނީ ވަޒީފާ އަދާކުރާ ކުންފުނިތައް ގިންތިކުރެވި އެގޮތުން ދެވޭ ބަދަލެއް ވެސް އެ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއްގެ ގިންތި އާއި އެކަށީގެން ވާން ޖެހޭނެތީއެވެ. އެކަން ގަވާއިދެއްގައި ކަނޑައެޅިފައި އޮތުން މައްސަލައެއް ނޫން ކަމަށްވެސް އެއްބައިވެރިއަކު ފާހަގަ ކުރިއެވެ. މުހިންމު ކަމަކީ އެގޮތަށް ކަންކަން ތަންފީޒުކުރުން ކަމަށް އޭނާ ބުންޏެވެ. އެގޮތުން ވަޒީފާއާއި ބެހޭ ގާނޫނުން އަމަލުކުރެވެނީ ހަމައެކަނި ރިޒޯޓު ވަޒީފާގެ މުވައްޒަފުން އެކަނި ނޫން ކަމަށާއި، ރަށުގެ ކަންމަތީ ފިހާރައިގައި ވަޒީފާ އަދާކުރަ ކުއްޖާ ވެސް އޭގައި ޝާމިލުވާ ކަމަށެވެ. އެގޮތުން އެފަދަ ކުދި ވިޔަފާރިތައް ހުއްޓާލާއިރު ބޮޑު ބަދަލެއް މުވައްޒަފަށް ދޭނެ ގޮތެއް ނުވިސްނެތީ ކަމަށެވެ. އަދި ގިނަ ފަހަރަށް އެވިޔަފާރިއެއް ހުއްޓާލާއިރު ވަޒީފާދޭމީހާ ވެސް ހުންނަނީ ދަރނިވެރިވެފައި ކަމަށް ވުމުންނެވެ.
އެއިގެ މާނައަކީ ބައެއް ރިޒޯޓުތަކާއި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގައި އޮނިގަނޑަށް ބަދަލުގެނެސްގެން މީހުން އެއްފަރާތް ކުރުމުގެ ފުރުސަތު ދޭށެކޭ ވެސް ނޫން ކަަމަށެވެ. ގަވާއިދެއް ހަދައި އެކަން އެގޮތަށް ކުރުވެން ހުރި ފުރުސަތުތައް ކުޑަކޮށް ނުވަތަ ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހުރިހާ މައްސަލައެއްގެ ވެސް ނިިމުމަކީ އިޚުލާސްތެރިަކން އިތުރުކުރު ކަމަށެވެ.
ހުށަހެޅިފައިވާ ބިލުގެ 42 ވަނަ މާއްދާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ވަޒީފާއަށް ހާޒިރުނުވެވޭ ކޮންމެ ދުވަހަކު ސަލާމުގެ ސެޓްފިކެޓް ހުށަހަޅަން ޖެހުމުގެ ކަންބޮޑުވުމެވެ. އެއީ އެކަށީގެންވާ ކަމެއް ނޫންކަމަށާއި އެއިގެ ސަބަބުން މެޑިކަލް ސެޓްފިކެޓް ވިއްކުމުގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. މިމާއްދާގެ ބަހުސު ކޮމެޓީ މަރުހަލާގައި ކުރިޔަށްދާގޮތާއި ގުޅޭ ގޮތުން އެމްޕީ ދޮންބެ ބުނެފައިވަނީ މިހާރު ކޮމެޓީން ވަނީ މެޑިކަލް ލީވް ސަލާމް ކުރިން ވެސް ކުރިޔަށްގެންދިޔަ ގޮތަށް ނަމަވެސް 15 ދުވަސް ސެޓފިކެޓްކައި ނުލައި، އަދި އިތުރު 15 ދުވަހު ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ކޮމެޓީގައި އެއްބަސްވެވިފައިވާ ކަމަށެވެ.
ދެން އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ރިޒޯޓް މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭ ގޮތުންނެވެ. އެމްޕީ ދޮންބެ ހާމަކުރި ގޮތުގައި އެއީ މިހާރު ގާނޫނަށް ހުށަހެޅިފައިވާ އިސްލާހެއް ނޫން ކަމަށާއި، ނަމަވެސް ޓްވަރިޒަމް ވަޒީފާއާއި ވެހޭ ގަވާއިދެއްގައި ހިމެނޭ ކަމެއް ކަމަށެވެ. އެކަން ގާނޫނުގައި ހިމަން އެދޭނަމަ ޖެހެނީ އިތުރަށް ހުށަހެޅަން ކަމަށެވެ. ނަމަވެސް އެކަމުަގއި ބައިވެރިންގެ ރައްޔިތުންގެ ވިސްނުން އެނގެން ބޭނުންކަމަށެވެ. އެކަމަށް ޚިޔާލު ފާޅުކުރި ދެ މީހަކުވެސް ފާހަގަ ކުރީ ގާނޫނުގައި އެފަދަ ކަމެއް ހިމެނުމުން އެވަނީ ޓެކުހަކަށް ކަމަށާއި އެއީ ސަވީސް ޗާޖުގެ ގޮތެއްނޫން ކަމަށެވެ. މިޙާރުވެސް ރާއްޖެގައި ފަތުރުވެރިންގެ އަތުން ޓެކްސްތަކެއް ނަގާއިރު އެފަދަ ކަމަކުން ކުރާނެ ނޭދެވޭ އަސަރު ފުޅާ ދާއިރާއެއްގައި ބަލައިގެން ނޫނީ ގާނޫނުގައި ހިމެނުން ރަނގަޅު ނޫން ކަމަށެވެ.
ސާވިސް ޗާޖުގެ މައްސަލައަކީ ހަމަޔަށް ނުލިބުން ކަމަށްވާއިރު އެކަން ހައްލުކުރުމަށް އިތުރަށް މޮނިޓާ ކުރެވޭނެ ގޮތެއް ހެދުން މާރަނގަޅު ކަމަށެވެ. މިހާވެސް ގިނަ ރިޒޯޓުތަކުން ރަނގަޅު ސާވިސް ޗާޖެއް ދޭކަމަށާއި ނުދޭ ތަންތަނުގެ ކަންކަން އިތުރަށް ބެލޭނެ އިންތިޒާމެއް މާ މުހިންމު ކަމަށެވެ. އެގޮތުން ކޮންމެ ކުންފުންޏަކުން ވެސް މީރާއަށް ޑިކްލެއާކުރާ ރެވެނިއު އާއި އެއްގޮތަށް %10 ސާވިސް ޗާޖުގެ ގޮތުގައި ދެވޭތޯ ކަށަވަރު ކުރުމަށް ރިޒޯޓް އޯޑިޓް ރިޕޯޓުގެއި ބައެއް ހިމަނައިގެން އެކަން ކުރެވިދާނެ ކަމަށެވެ.

ފުވައްމުލައް ސިޓީގެ 3 އެމްޕީން ރޭގައި ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ އެމްޕީ ހުސޭން
ރައްޔިތުން ވަޒީފާ ގެއްލި ނިކަމެތިވާ ހާލަތްތަކުގައި ރައްކާތެރިކަން ލިބޭނެ ގައުމީ ފަންޑެއްގެ ވާހަކަވެސް ރޭގެ ބައްދަލުވުމުގައި ހިއްސާ ކުރެވިގެން ދިޔައެވެ. ދުިޔެގެ ަގއުމުތަކުްނ ޕެންޝްންގެ ގޮތުގައި ނަގާ އަދަދު ބޮޑުކުރަނީ އެފަދަ ބޭނުންތަކަށް ރައްކާކުރުމުގެ ގޮތުން ކަމަށް ބައިވެރިއަކު ފާހަގަ ކުރިއެވެ. ރާއްޖޭގެ ޕެންޝަން ގާނޫނުގެ ތެރެއިން ވެސް އެފަދަ އިތުރު ފަނޑުތައް ހިންގުމުގެ ފުރުސަތު އޮތް ކަމަށާއި ވަޒީފާ އަދާކުރާ މިޙުންގެ ރައްކާތެރިކަން އިތުރު ކުރުމަށް ވަޒީފާ އަދާކުރާ މީހާއައި ވަޒީފާ ދޭމީހާ އިތުރަށް ކޮންޓްރިބިއުޓުކޮށް އެފަދަ ފަންޑެއް ގާއިމުކުރުން މުހިންމު ކަމަށެވެ.
ރޭގެ ބައްދަލުވުން ފަށައިގަންނަން ވާހަކަ ދައްކަވަމުން އެމްޕީ މުމްތާޒު ބޮދަސް ވާހަކަ ދައްކަވާފައިވަނީ ރަށުގައި ހިނގާ ޕްރޮޮޖެކްޓތަކުގެ ކަންކަމާއި ގުޅޭ ގޮތުންނެވެ. އެގޮތުން ފުވައްމުލަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ނަރުދަމާގެ މައްލަ ހައްލުކުރުމަސް ސަރުކާރުގެ ތެރެއިން ފަނޑް ހަމަޖެހޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައވާ ކަމަށާއި ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެމައްސަލަތައް ހައލުކުރެވިގެންދާނެކަމަށް ފެނެކައިން ބުނެފައިވާކަމަށެވެ.
ރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް ޖުލައި ނިމޭ ހިސާބުގައި ފެށިގެން ދަނެކަމަށެވެ. މިހާރުވެސް މަގުގެ މައްސަކަތްތް ކުރިޔަށް ދާކަމަށާއި ނަމަވެސް ބެނުންވާ ބައެއް ސާމާނު ލިބޭ ވަރުވާނީ ޖުލަިއ މަހުގެ ތެރޭގައި ކަމަށެވެ
ރޭގެ ބައްދަލުވުމުގައި ރަށުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓްސް ތަކާއި ގުޅޭ ގޮތުން ޚިޔާލުފާލުކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައެއް ނުވެއެވެ. ވުމާއެކު ރޭގެ ބައްދަލުވުން ނިންމަލީ ކުރިޔަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް އިތުރު ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށް ހާމަކުރަމުންނެވެ.
ޚިޔާލުތައް