A wide advertisement which will be shown on all devices. (700 x 100)

ވިސްނުމުގައި ހުންނަ ޖިންސީ ތަފާތު ރާޒުވާ ނުވަތަ ޗެސް އިން ހާމަކޮށްދެނީ ބާ؟

ނެޓްފްލިކްސް- ދަ ކްއީންސް ގެމްބިޓް ގެ ސީން އެއްގައި އަންހެން ރާޒަވާ ކުޅުންތެރިޔާ ބެތު.

މިދުވަސްވަރު ‘ނެޓްފްލިކްސް’ މަޝްހޫރުކަން ހޯދާފައިވާ ‘ދަ ކްއީންސް ގެމްބިޓް’ އާއެކު ގިނަ ބައެއްގެ ބަހުސަކަށް ވެފައިވާ އެއްކަމަކީ ވިސްނުމުގައި ހުންނަ ޖިންސީ ތަފާތު ރާޒުވާ ކުޅުމުން ހާމަކޮށްދެނީ ބާއެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

ރާޒުވާ ކުޅުމުގައި ފެންނަ ވިސްނުމުގެ ޖިންސީ ތަފާތު ކުޑަކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ ގިނަބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

ދުނިޔެ ދައްކާފައިވާ ހަގީގަތްތަކަށް ބަލާއިރު ދުނިޔޭގައި ތިބި ރާޒުވާ ނުވަތަ ޗެސްގެ ގްރޭންޑް މާސްޓަރުންގެ 1،7000 އަށްވުރެ ގިނަ މީހުންގެ ލިސްޓްގައި ހިމެނެނީ އެންމެ 37 އަންހެނުންނެވެ. އަދި މިހާރު ދުނިޔޭގެ އެންމެ މޮޅު 100 މީހުންގެ ލިސްޓުން ޖާހަ ލިބޭ ހަމައެކަނި އަންހެނާ، ޗައިނާގެ ހޫ ޔިފަން، އަށް ވެސް ލިބެނީ ލިސްޓްގެ 88 ވަނައެވެ.

ދުނިޔޭގެ އެންމެ މޮޅު 10 ރާޒަވާ ނުވަތަ ޗެސް ކުޅުންތެރިން 2020

ދުނިޔޭގެ ރާޒުވާގައި ގިނަ ދުވަސްތަކެއް ވަންދެން 1 ވަނާގައި އޮތީ ރަޝިއާގެ ގެރީ ކެސްޕަރޯވް އެވެ. ކެސްޕަރޯވް އެންމެ ފަހަރަކު ނަމަވެސް ބަލިކޮށްލުމުގެ ޝަރަފު ހޯދި ހަމައެކަނި އަންހެނަކީ ހަންގޭރީގެ ޖުޑިތު ޕޮލްގާ އެވެ. އޭނާއަކީ ޗެސްގެ ތާރީޚުގައި މިހާތަނަށް ދުނިޔޭގެ ގަދަ 10 ގައި ހިމެނުނު ހަމައެކަނި އަންހެން މީހާއެވެ. ނަމަވެސް 2014 ގައި އޭނާ ވަނީ ވާދަވެރި ޗެސް ކުޅުމުން އިސްތިއުފާ ދީފައެވެ. ގެރީ ކެސްޕަރޯވް ވެސް ވަނީ ވާދަވެރި ޗެސް ކުޅުމުން 2005 ގައި އިސްތިއުފާ ދީފައެވެ. މިހާރު ދުނިޔޭގެ ޗެސްކުޅުމުގެ އެއްވަނަ އަކީ ނޯވޭގެ މެގްނަސް ކާލްސެން އެވެ.

ގްރެންޑް މާސްޓަރ ޖުޑިތް ޕލްގަރ އާއި ދުނިޔޭގެ އެއްވަ ގެރީ ކެސްޕަރޯވް 2002ގައި، މެޗަށްކަށްފަހު

ގިނަ އަންހެނުން ބުނާގޮތުގައި ރާޒުވާ ކުޅުމުގައި ވެސް ގިނަ ފިރިހެންނުން ޖިންސީ ތަފާތުކުރުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދައްކައެވެ. އެގޮތުން ރާޒުވާ ކުޅެ އަންހެންނެއްގެ އަތުން ބަލި ވުމުން އެ އަންހެންމީހާ އާއި ސަލާމް ކުރަން ވެސް ގިނަ ފަހަރު ދެކޮޅު ހަދާ ކަަމަށް ވެއެވެ. އެއީ އަންހެނެއްގެ އަތުން ބަލިވުމުން އެކަން ބަލއި ނުގަނެވި ކަަމަށެވެ. އަދި އަންހެނުންނަށް ވެސް އެކަމުގެ އުނދަގުލާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ތަފާތު ދެމިއޮތީ އަދި ވެސް ދުނިޔޭގެ ކަންކަން ބައްޓަން ވެފައިވާ ގޮތުގެ ސަބަބުންނެވެ. އެގޮތުން ދެވަނަ ދަރަޖައިގައި އަންހެނުންނަށް ޗެސްގައި ދުނިޔޭގެ ފެންވަރުން ވަކި މުބާރާތެއް ހަދައި ވަކިން ވާދަކުރަން ޖެހުމުން މިތަފާތު ފަސޭހައިން ދައްކުވައިދޭ ކަމަށެވެ. އަދި ވާދަވެރި ރާޒުވާއަކީ އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި ފައިތަލަ ސާބިިތުކުރުމަށް އޮތް ރަނގަޅު މައިދާނެއް ކަމަށް އެމީހުން ދެކެއެވެ.

ނަމަވެސް ގްރޭންޑް މާސްޓަރ އަންހެން ޗެސް ކުޅުންތެރިއެއް ކަމަށްވާ އެނަސްޓޭޝިއާ ކާލޮވިޗް ބުނާގޮތުގައި ވަކި މުބާރާތެއް އަންހެނުނަށް އޮތުމަކީ ރަނގަޅުކަމެކެވެ. އެއީ ޕްރޮފެޝަނަލް އަންހެން ޗެސް ކުޅުންތެރިންނަށް ކުރިމަގެއް ހޯދައި ދިނުން ކަމަށާއި އެއިގެ ތެރެއިން މޮޅު އަންހެން ކުޅުންތެރިން އުފެދުމަށް ފުރުސަތު ފަހިވެގެންދާ ކަމަށެވެ.

މިހާރު ޗެސްގެ ދުނިޔޭގައި އަންހެނުންގެ 3 ވަނަ ކަމަށްވާ އިންޑިއާގެ ކޮނޭރޫ ހަމްޕީ ބުނާގޮތުގައި ފިރިހެނުން މާ މޮޅަށް ޗެސްކުޅެއެވެ. އެކަން ވަނީ ސާބިތުކުރެވިފައިި ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ގްރޭންޣް މާސްޓަރ އައިރީނާ ކްރަޝް: ދާދި ފަހުން އެމަެރިކާގެ 8 ވަނަ އަންހެނުންގެ ޗެސް މުބާރާތް ކާމިޔާބުކުރި. ފޮޓޯ ނިއުޔޯކް ޓައިމްސް

މޮޅަށް ރާޒުވާ ކުޅެވެނީ ފުން ވިސްނުމާއިއެކު އުސޫލުތަކެއް ރާވައި މީހާގެ ސިކުނޑީގައި ބަހައްޓައިގެންނެވެ. އަދި އެ އުސޫލުތަކާއިި އެއްގޮތަށް، ގޯހެއް ނަހަދައި، އަމަލުތައް ތަންފީޒު ކޮށްގެންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !