A wide advertisement which will be shown on all devices. (700 x 100)

މިއަދަކީ ބައިނަލް އަގުވާމީ އެއިޑްސް ދުވަސް

އެއިޑްސް ދުވަސް. ނޯޓް: ގްރާފް ގެ އަދަދުތައް ބިނާވަނީ 2013 އާއި ހަމަޔަށް. 23. އެއިގެ ފަހުން 2 ކޭސް ރެކޯޑު ކުރެވިފައިވުމުން ޖުމްލަ އަދަދު 25ގައި. އެޗްއައިވީ ދިވެހިރާއްޖޭގެ ހާލަތު - މިކަލް ނިއުސް 2020

މިއަދަކީ ބައިނަލް އަގުވާމީ އެއިޑްސް ދުވަހެވެ. ބައިނަލްއަގުވާމީ އެއިޑްސް ދުވާހއި ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ފަސޭހައިން ފެތުރޭ އާދަތައް ދިވެހިންގެ މެދުގައި އެބަހުރި ކަމަށާއި އެ ބަލި ފެތުރުން ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާކޮށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މިހުންނަށް ބަލާލާއިރު 25 މީހުންގެ ތެރެއިން 19 މީހުންނަކީ 15 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނެވެ. ވުމާއެކު ޒުވާނުންގެ މެދުގައި މިބަލި ފެތުރުމުގެ އާދަތައް ބޮޑުކަމަށް ތަފާސް ހިސާބުންނާއި ކުރެވިފައިވާ ދިރާސާތަކުން ހާމަވެއެވެ. އެގޮތުން ނަހަމަގޮތުގައި ޑްރަގްސް ބޭނުންކުރުމަކީ ރާއްޖޭގައި މިބަލި ފެތުރުމަށް އޮތް އެންމެ ބޮޑު ނުރާއްކާ ކަމަށް ބެލެވެއެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން އެއިޑްސްއަށް ޒުވާނުން ހޭލުންތެރިކުރުމުގެ މާއުލޫމާތު ސެޝަނެއް ފުވައްމުލައް ސިޓީގައި ވެސް ބޭއްވުމަށް ރާވާފައިވެއެވެ.

މި އަހަރު އެއިޑްސް ދުވަސް ފާހަގަކުރަނީ “ގްލޯބަލް ސޮލިޑަރިޓީ، ޝެއާޑް ރެސްޕޮންސިބިލިީޓީ” ޝިއާރުގެ ދަށުންނެވެ. އެއިޑްސް އިން ރައްކާތެރިވުމަށް ދުނިޔޭގެ އެންމެން އެކީގައި މަސަައްކަތް ކުރުމަކީ އެންމެންގެ ވެސް ހިއްސާއެއް އޮތް ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކުރުން ކަމަށް މިޝިއާރުން ދޭހަކޮށް ދެއެވެ.

ފާއިތުވި 27 އަހަރު (1991-2018 އަށް) ދިވެހިރާއްޖެ އިން 25 ދިވެއްސަކަށް އެއިޑްސް ޖެހިފައިވާކަމަށް ރިކޯޑުކުރެވިފައި ވެއެވެ. އެއިގެ ތެރެއިން 13 މީހަކު ނިޔާވެފައި ވާއިރު މިހާރު ދުނިޔޭގައި ތިބީ އެއިޑްސް ބަލީގެ 10 މީހުންނެވެ. މިމުއްދަތުގައި ރާއްޖެ އައި 415 ބިދޭސީއެއްގެ ގައިން އެޗްއައިވީ ޖެހިފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއިޑްސް / އެޗްއައިވީ ދިވެހިރާއްޖޭގެ ހާލަތު – މިކަލް ނިއުސް 2020

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މިންވަރު ދަށް ނަމަވެސް ފަސޭހަކަމާއެކު އެއިޑްސް ފެތުރިދާނެ ފަދަ މަހާއުލެއް އޮތް ކަމަށް ކަމާބެހޭ މާހިރުން ގަބޫލުކުރެއެވެ. ދިވެހި ރާއްޖޭގައި އެއިޑްސް ފެތުރިގެން ދިޔަ ނުދިނުމަށް ބައްޔާއި ބެހޭ ފުރިހަމަ މައުލޫމާތު ފެތުރުން މުހިންމެވެ. ޚާއްސަކޮށް ޒުވާނުންނަށް ބަލީގެ މައުލޫމާތު ދިނުން މުހިންމު ކަމަށް ޔުނިސެފުން ހާމަކުރައްވައެވެ. އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ޒުވާނުންނަށް އަންގައިދިނުން މުހިންމުކަމެއްގެ ގޮތުގައި ހާމަ ކުރައްވައެވެ.

އެޗްއައިވީ (ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް) އަކީ އަދި މިހާތަނަށް ފަރުވާ އެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް އެއިޑްސް ބަލި ޖައްސާ އެޗްއައިވީ ވަރިރަހާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ފަރުވާ ބޭނުންކުރުމުން ބަލި ޖެހިފައިވާ މީހުންނަށް ވެސް ފުރިހަމަ ދިރިއުޅުމެއް ލިބުމުގެ ފުރުސަތު އޮވެއެވެ.

މިބައްޔަކީ މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށް ހަލާކު ކޮށްލާ ބައްޔެކެވެ. ވުމާއެކު އެއިޑްސް ޖެހިފައިވާ މީހުންނަށް ދިމާވާ އެހެނިހެން ބަލިތަކުން ދިފާއުވުމުގެ ބާރެއް ހަށިގަނޑުގައެއް ނުހުރެއެވެ.

ބަލި ފެތުރޭ ގޮތްތަކުގެ ތެރޭގައި އެމީހާގެ އެއްވެސް އިހުމާލެއް/ކުށެއް ނެތި ވެސް މިބަލި ޖެހިދާނެއެވެ. ބަލި ޖެހުމުން އެބައްޔަށް ކުރީ ކޮޅުގައި ކަނޑައެޅިފައިވާ ފަރުވާ ހޯދިއްޖެނަމަ އެމީހާ އިތުރަށް ގިނަ ދުވަހު ދުނިޔޭގައި ހުރުމަށް ފުރުސަތު ބޮޑުވެގެން ދެއެވެ.

ނަމަވެސް އެއިޑްސް އެންމެ ގިނައިން ފެތުރެނީ ޖިންސީ ގުޅުމުން ކަމަށް ވުމާއެކު ޖިންސީ ގުޅުން ހިނގުމުގައި ރައްކާތެރިވާން ޖެހެއެވެ. ހުރަސް ނުވަތަ ކޮންޑަމަކީ އެއިޑްސް ބަލީގެ އިތުރުން ވެސް ޖިންސީގުޅުމުން ޖެހޭ ބަލިތަކުން (އެސްޓީއައި) ވެސް ރައްކާތެރިކޮށްދޭ ވަސީލަތަކަށްވާއިރު ރާއްޖޭގައި ހުރަސް ބޭނުންކުރާ މިންވަރު ދަށްކަމަށް ވެއެވެ.

އެޗްޕީއޭގެ 2016 ވަނަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން ދެ ޖިންސް އެއްކޮށް ބަލާއިރު، ޖުމްލަ 1110 މީހެއްގެ ކިބައިން ޖިންސީ ގުޅުމުން ޖެހޭ ބަލި ހުރިކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.

ދުނިޔޭގެ އެޗްއައިވީ/އެއިޑްސް ގެ ދުވަސް 1 ޑިސެމްބަރު

ޖިންސީ ގުނަވަންތަކަށް ބަލިޖެހުމުން ދިވެހިން އެވާހަކަ ޑޮކްޓަރުން ގާތު ވެސް ބުންނަން ފަސްޖެހޭ ކަމަށް ހޯދުންތަކުން ހާމަވެއެވެ. އަންހެނުންނަށް ވުރެ ގިނަ ފިރިހެނުންނަށް އެޗްއައިވީ ބަލި ޖެހިފައިވީ ކަމުގައި ވިޔަސް ޖިންސީގުޅުމުން ޖެހޭ ގިނަ ބަލިތައް ޖެހިފައި ވަނީ އަންހެނުންގެ ކުރިމަތިފަރާތަށް (ވެޖައިނާ އަށް) ކަން އެޗްޕީއޭގެ 2016ގެ ތަފާސް ހިސާބުތަކުން އެގެއެވެ. އެގޮތުން ބޮޑަށް ބަލީގެ އަސަރު ފެނިފައިވަނީ އުމުރުން 25 އަހަރުންމަތީގެ އަންހެނުންގެ ފަރާތުންނެވެ.

އެޗްޕީއޭގެ އެޗްއައިވީ ރިޕޯރޓް 2016 ކިޔުއްވާލައްވާ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !