A wide advertisement which will be shown on all devices. (700 x 100)

މިއަހަރު ފީފާގެ އެންމެ މޮޅު 3 ކުޅުންތެރިން ހޮވައިފި

ފީފާގެ މޮޅު ކުޅުންތެރިޔާގެ ލިސްޓަށް 23 ކުޅުންތެރިންގެ ލިސްޓުން ނޮމިނޭޓްވި 3 ކުޅުންތެރިން. ފޮޓޯ: ފީފާ

މިއަހަރު ފީފާގެ އެންމެ މޮޅުކުޅުންތެރިޔާ ހޮވުން، ފީފާ “ބޯލެން ޑި އޯ” އެވޯރޑުގެ އެންމެ ފަހުގެ ނޮމިނޭޝަންތައް ފީފާއިން އިއުލާން ކޮށްފިއެވެ. މިއަހރުގެ އެންމެ މޮޅު ކުޅުންތެރިންގެ ފަހު ލިސްޓުގައި ހިމެނޭ 3 ކުޅުންތެރިންނަކީ ބާސެލޯނާގެ ތަރި (އާޖެންޓީނާ) ލިއޮނެލް މެސީ އާއި ރިއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނާ ރޮނަލްޑޯއާއި ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާރ ޖޫނިއަރ އެވެ.

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާ ރަސްމީކޮށް އިއުލާން ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހު 11 ވަނަ ދުވަހު ސްވިޒެލޭންޑްގެ ޒިޔުރިކްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. ފައިނަލް މަރުހަލާއަށް އެކިފަރާތްތައް ނޮމިނޭޓް ކުރެވިފައި ވަނީ ފީފާގެ 207 އެސޯސިއޭޝަނުގެ ހެޑް ކޯޗުންނާއި ގައުމީ ޓީމުގެ ކޯޗުންގެ މެދުގައި މާކްސް ދެވިގެންނެވެ.

މިރަސްމިއްޔާތުގައި މިއަހަރުގެ އެންމެ މޮޅު ކޯޗު އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވުމުގެ އިތުރުން އަހަރުގެ އެންމެ ރީތި ގޯލް “ފީފާ ޕުސްކާސް އެވޯޑް” ގެ ގޮތުގައި އެންމެ ރީތި ގޯލު ޖެހި ކުޅުންތެރިއަކު ހޮވުން ވެސް އޮންނާނެއެވެ.

މިތިން ކުޅުންތެރިންގެ ކުޅުމުގެ ކުރު ޚުލާސާއެއް.

މެސީ – 56 މެޗް ކުޅެ، 48 ގޯލު ޖަހައި 24 ގޯލުޖަހަށް އެސިސްޓް ވެފައިވެއެވެ. މެސީ ވަނީ 4 ފަހަރު މިފަޚުރުވެރި އިނާމު ހާސިލުކޮށްފައެވެ. އަދި މިއީ 5 ވަނަ ފަހަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެނީ މިއަހަރުގައި ބާސެލޯނާއިން ވަނީ ސްޕެނިޝް ލީގު، ސްޕެނިޝްކަޕް އަދި ޗެމްޕިއަންސް ލީގު ހޯދާފައި ވުމުންނެވެ.

ކ.ރޮނަލްޑޯ – 52 މެޗް ކުޅެ، 48 ގޯލު ޖަގައި 14 އެސިސްޓް ވެފައި ވެއެވެ. ކްރިސްޓިއާނާ ރޮނަލްޑޯ ވަނީ ފާއިތުވި ދެ އަހަރު މިއިނާމު ހާސިލުކޮށްފައެވެ. އަދި 2008 ގެ އިތުރުން މިއީ ކ.ރޮނަލްޑޯގެ 4 ވަނަ ފަހަރެވެ. ނަމަވެސް ރޮނަލްޑޯގެ ކްލަބް ރިއާލް އަށް މިއަހަރު މާބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައި ނެތުމުން އޭނާއަށް އޮތް ފުރުސަތު ހަނިކަމަށް ބެލެވެއެވެ.

ނޭމާ – 59 މެޗް ކުޅެ، 45 ގޯލު ޖަހައި 13 ގޯލު ޖެހުމަށް އެހީތެރިވެފައި ވެއެވެ. ފީފާގެ މޮޅު ކުޅުންތެރިޔާކަމަށް އަލަށް ނޮމިނެޓްވި ނޭމާގެ އުއްމީދަކީ 2007އަށް ފަހު ފާއިތުވި ދުވަސްތަކުގައި (2010 ފިޔަވައި، އެފަހަރު ވާދަކުރީ މެސީ އާއި އިނިއެސްޓާ) މިއިނާމު މެސީ އާއި ކ.ރޮނަލްޑޯގެ ވާދަވެރިކަން ނިންމާލުމަށެވެ. 2007 ގައި މިއިނާމު ހޯދީ ބްރެޒިލްގެ ކާކާ އެވެ. އެހެން ހުރިހާ ފަހަރުތަކެއްގައި ވެސް މިއިނާމަށް ވާދަކޮށްފައި ވަނީ މެސީއާއި ކ.ރޮނަލްޑޯއެވެ.

އެންމެ މޮޅު ކޯޗް: އެންމެ މޮޅު ކޯޗަކަށް ނޮމިނޭޓް ވެފައި ވަނީ ޕެޕް ގާޑިއޯލާ ( ސްޕެއިން/ ބެޔާން މިޔުނިކްގެ ކޯޗް)، ލުއިނސް އެންރީކޭ މާޓިނޭޒް (ސްޕެއިން/ ބާސެލޯނާގެ ކޯޗް) އަދި ޖޯޖް ސެމްޕޯލި (އާޖެންޓިނާ/ ޗިލީގެ ގައުމީ ޓީމުގެ ކޯޗް) އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ލިސްޓުގައި ހިމެނެނީ އެމެރިކާގެ ކާލީ ލިއޯޑް، ޖަޕާނުގެ ނޮރިއޯ ސަސަކީ އަދި ވޭލްސްގެ މާކް ސަމްސަން އެވެ.

އެންމެ ރީތި ގޯލު: އެންމެ ރީތި 3 ގޯލުގެ ގޮތުގައި ނޮމިނޭޓް ވެފައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ރޯމާ ބައްދަލުކުރި މެޗުގައި އޭއެސް ރޯމާގެ އަލްސެންދްރޯ ފްލޮރެންޒް ޖެހި ގޯލާއި، ބްރެޒިލްގެ މުބާރާތެއްގެ، މެޗެއްގައި އެތްލެޓިކޯ ގޯ އާއި ގޮއެންސިއާ ބައްދަލުކުރި މެޗުގައި ވެންޑެ ލިރާ ޖެހި ގޯލަކާއި ކޮޕާ ޑެލްރޭ (ސްޕެއިން ލީގު) ގައި އެތްލެޓިކޯ ބޮލްބާއޯ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި މެސީ ޖެހި ގޯލެވެ.

މިއިނާމުތައް ކަނޑައަޅަނީ ފީފާގެ މެންބަރު އެސޯސިއޭޝަން ތަކުންނާއި މީޑިއާގެ ކަނޑައެޅޭ ފަރާތްތަކުން ވަގުތުން ނެގޭ ވޯޓުގެ ނަތީޖާއިންނެވެ. މިވޯޓުގެ ކަންތައްތައް ބަލަހައްޓަނީ ބައިނަލް އަގުވާމީ މަޝްހޫރު ފަރާތެއްކަމަށްވާ ސްވިޒަރލޭންޑް ޕްރައިސްވޯޓަރހައުސްކޫޕަރސް އިންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !