A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގއި ގޭންގު މާރާމާރީތަކުގެ މައްސަލަތައް ދަނީ އިތުރުވަމުން…

ގޭންގު މާރާމާރީގެ މައްސަލައަކީ މި މުޖުތަމަޢަށް ކުރިމަތި ވެފައިވާ ވަރަށް ނުރައްކާތެރި ވަބާއެކެވެ. 3 ލައްކަ އަށް ވުރެ ގިނަ އާބާދީއެއް އޮންނަ މި ކުޑަ ކުޑަ ރާއްޖޭގައި ވެސް މިހަރުވަނީ ތޫނު އެއްޗެހިން ހަމަލާ ދިނުމާއި ގުރޫޕް ހަދައިގެން މާރާމާރީ ހިންގުން ފަދަ ނުރައްކާތެރި އަމަލުތައް ގިނަ ވެފައެވެ. ކުރުގޮތަކަށް ރާއްޖޭގައި މާރަމާރީގެ މައްސަލަތަށް އޮތް މިންވަރާއި މިކަން ހިނގަންމެދުވެރިވާ ސަބަބުތަކާއި އެކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކެއްގެ މައްޗަށް އަލި އަޅުވާލާނަމަވެ.

މާރާމާރި ހިނގަން މެދުވެރިވާ ސަބަބުތައް

ގޭންގް މާރާމާރީގެ މައްސަލަތައް ހިނގަން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެރެތޭގައި ފައިސާގެ ބޭނުމުގައި މާރާމާރީ ހިންގުމާއި، ގޯސް އެކުވެރިންގެ ސަބަބުންނާއި، ނުރަނގަޅު ތަރުބިއްޔަތެއް ލިބިފައިވުމުގެ ސަބަބުންނާއި، އަދި ދމާވާ އެކިއެކި ހާލަތްތަކުގައި މީހުން މަޖުބޫރު ކުރުވުމުގެ ސަބަބުން ވެސް މާރާމާރީ ހުންގުމައް މަގު ފަހިވެއެވެ.

ފައިސާގެ ބޭނުމުގައި މާރާމާރީ ހިންގުން

ފައިސާގެ ބޭނުމުގައި މާރާމާރީ ހިންގުމަކީ މިއަދުގެ ދިވެހި މުޖުތަމައުގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. މާރާމާރީގެ މައްސަލަ ތަކުގެ ސަބަބުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ 200 ގައިދީން ބައިވެރިކޮށްގެން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން 80 އިންސައްތަ މީހުން މާރާމާރީ ހިންގުމުގައި ބައިވެރިވެފައި ވަނީ ފައިސާގެ ބޭނުމުގައެވެ. 2015 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އިން ރާއްޖޭގައި ކުރި ދީރާސާއަކުން ދައްކާ ގޮތުގައި ގޭންގު މާރާމާރީގެ މައްސަލަތަކުގައި ގިނައިން ހައްޔަރު ކުރެވިފައިވަނީ ވަޒީފާއެއް ނުލިބިފައި ތިބި ޒުވާނުންނެވެ. މިހެންކަމުން ގޭންގު މާރާމާރީގެ މައްސަލަތައް ހިންގުމައް މެދުވެރިވާ އެއް ސަބަބަކީ ފައިސާ ހޯދުންކަމަށް ވެދާނެއެވެ.

ގޯސް އެކުވެރިންގެ ސަބަބުން

ގޭންގު މާރާމާރީ ހިންގުމަށް މެދުވެރިވާ އަނެއް ސަބަބަކީ ގޯސް އެކުވެރިންގެ ބަހަށް ހެއްލުމެވެ. ޕީޖީ އޮފީހުން 2014 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން 23 އިންސައްތަ ކުއްވެރިންނަކީ ގޯސް އެކުވެރިންގެ ސަބަބުން މާރާމާރީ ހިންގާ މީހުންނެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން 2013 ވަނަ އަހަރު ރާއްޖޭގެ 12 އަތޮޅު ގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 66 އިންސައްތަ ގޭންގު މާރާމާރީގެ މައްސަލަތަކަކީ ގޯސް އެކުވެރިންގެ ބަހަށް ހެއްލިގެން ކޮށްފައިވާ ކުށްތަކެކެވެ. އެހެންކަމުން ގޭންގް މާރާމާރީގެ މައްސަލަތައް ހިގަން މެދުވެރިވާ އެއް ސަބަބަކީ ގޯސް ރައްޓެހިންގެ ބަހައް ހެއްލުމެވެ.

ލިބިފައިވާ ނުރަގަނޅު ތަރުބިއްޔަތުގެ ސަބަބުން

މައިންބަފައިން ދަރިންނަށް ރަގަނޅު ތަރުބިއްޔަތެއް ނުދެވުމުކީ ދިވެހި މުޖުތަމަޢުގައި ގޭންގް މާރާމާރީގެ މައްސަލަތަށް އިތުރުވުމަށް މެދުވެރިވެފައިވާ ސަބަބެކެވެ. ގޭންގު މާރާމާރީގެ މައްސަލަތަށް ހިންގަން މެދުވެރިވާ ސަބަބުތައް ދިރާސާ ކުރުމަށް ކުރިމިނަލް ކޯޓުން 2014 ވަނަ އަހަރު ރާއްޖޭގެ 45 ރަށެއްގައި ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި މިފަދަ ކުށްތަކުގައި ބައިވެރި ވެފައިވާ 55 އިންސައްތަ މީހުންނަކީ މައިންބަފައިންގެ އެހީތެރިކަން ނުލިބޭ މީހުންނެވެ. އަދި ފެމިލީ ކޯޓުން 2015 ވަނަ އަހަރު ނެރުނު ދިރާސި ބަޔާނެއްގައިވާ ގޮތުން އެ ކޯޓުގައި ބެލުނު މައްސަލަތަކުގެ ތެރެއިން 59 އިންސައްތް މައްސަލަ އަކީ މައިންބަފައިން ވަކިވެފައިވާ ކުޑަކުދިން ހިންގައިފައިވާ މާރާމަރީގެ މައްސަލަތަކެވެ. އެހެންކަމުން ކުޑަކުދިންނާއި ޒުވާނުން މި ފަދަ ކުށްތައް ކުރަން މެދުވެރިވާ އެއް ސަބަބަކީ މައިންބަފައިންގެ ރަގަނޅު ތަރުބިއްޔަތު ނުލިބުމެވެ.

މީހުން މަޖުބޫރުކުރުމުގެ ސަބަބުން

މަޖުބޫރު ކުރުވުމާއި ބިރުދެއްކުމަކީ މާރާމާރީގެ މައްސަލަތަށް ހިގުމަށް މެދުވެރިވާ އެއް ސަބަބެވެ. މިގޮތުން ދިވެހި ދިވެހި ފުލުހުން 2012 ވަނަ އަހަރު ހިންގި ހާއްސާ އޮޕަރޭޝަނަކުން އިނގުނު ގޮތުގައި 35 އިންސައްތަ ކުށްވެރިންނަކީ މީހުން މަޖުބޫރު ކުރުމުގެ ސަބަބުން މާރާމާރީ ހިންގައިފައިވާ މީހުންނެވެ. 2013 ވަނަ އަހަރު މާރާމާރީގެ މައްސަލަ ތަކުގައި ހައްޔަރު ކުރެވިފައިވާ 30 ކުށްވެރިން އެކުށް ކުރި ސަބަބު ދެނެގަތުމަށް ރެޑް ކުރަސެންޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 15 ކުށްވެރިން އެކުށް ކޮށްފައިވަނީ މިހުން ބިރުދައްކުވައިގެންނެވެ. އަދި އޭގެ ތެރެއިން 10 ކުށްވެރިން މަޢުލޫމާތު ދިން ގޮތުގައި އެމިހުން އެކުށް ކޮށްފައިވާނީ މީހުން އެކުށް ކުރުވުމަށް މަޖުބޫރު ކުރުވުމުގެ ސަބަބުންނެވެ. އެހެންކަމުން ބިރުދެއްކުމާއި މަޖުބޫރު ކުރުވުމަކީ ދިވެހި ރާއްޖޭގައި މާރާމާރީގެ މައްސަލަތަށް އިތުރު ވުމައް މެދުވެރި ވެފައިވާ މައިގަނޑު އެއް ސަބަބެވެ.

ގޭންގު މާރާމާރީގެ މައްސަލަ ދިވެހި މުޖުތަމަޢުގައި އޮތް މިންވަރު

ދިވެހި މުޖުތަމަޢުގައި ގޭންގު މާރާމާރީގެ މައްސަލަތަށް އަހަރަކަށް ވުރެ އަހަރެއް އިތުރު ވަމުން ދާކަން ފާހާގަ ކުރެވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި 2012 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2009 ވަނަ އަހަރާއި އަޅައި ބަލާއިރު ގޭންގު މާރާމާރީގެ މައްސަތަށް 66 އިނަސައްތަ އިތުރު ވެފައިވާ ކަން ފާހަގަ ކުރެވެއެވެ. 2014 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން އައްޑޫ ސިޓީގައި ހިންގި ހާއްސަ އޮޕަރޭޝަނަކުން ހާމަވާގޮތުގައި ހަމައެކަނި އައްޑޫ ސިޓީގައި ވެސް 2012 ވަނަ އަހަރާ އަޅައި ބަލާއިރު ގޭންގު މާރާމަރީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ އަދަދު 77 އިންސައްތަ އިތުރު ވެފައި ވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ގޭންގު މާރާމާރީގެ މައްސަލަތަށް ދިވެހި ރާއްޖޭގައި މިދަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ.

ގޭންގު މާރާމާރީގެ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް

ރާއްޖެގައި މިހާތަނަށް ކުރެވުނު ދިރާސާތަކުން ހާމަވަ ގޮތުގައި ދިވެހި ރާއްޖޭގައި ގޭންގް މާރަމާރީގެ މައްސަލަތައް އަހަރަކަށް ވުރެ އަހަރެއް އިތުރު ވަމުން ދާކަން ފާހަގަ ކުރެވެއެވެ. މިކަން ހައްލު ކުރުމައްޓަކައި ހޭލުންތެރި ކުރުވުމުގެ ޕޮރޮގްރާމްތަށް ހިންގުމާއި ، ކުށަށް އެކަށީގެންވާ އަދަބުދިނުމާއި ވާޒީފާގެ ފުރުސަތު އިތުރު ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިކަމައް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ގާނޫންގައި މިހާރު ކަޑަ އަޅައިފައިވާ އަދަބައްވުރެ ހަރުކަށި އަދަބެއް ކަޑައެޅައި މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް މެދުވެރިކޮ މިފަދަ ކަންތައްތައް ވަކި މީހަކަށް ބެލުމެއްނެތި ތަންފީޒް ކުރަންޖެހޭނެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !