އަޅުގަނޑުމެންގެ މި ޖީލަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެރިވެފައިވާ ޖީލެކެވެ. މިއަދު އަޅުގަނޑުމެންނަށް ސަމާރޓް ފޯނެއް ނުވަތަ އައިޕެޑް ފަދަ ސްމާރޓް ވަސީލަތްތެއް ބުނުންނުކޮއް ނުޅުވޭ ދަރަޖައަށް މިވަނީ ގޮސްފައެވެ. ކޮންމެ ގެއެއްގައި، ދިރިއުޅޭ ކޮންމެ މިހަކުކަހަލަ ގޮތަކަށް ގެންގުޅެނީ ސްމާރޓްް ފޯނެކެވެ. އައިޕެޑެކެވެ! ނުވަތަ ޓެބްލެޓެކެވެ.
އަޅުގަނޑުމެންގެ ގޭބިސީތަށް ސްމާރޓް ފޯނާއި އައިޕެޑް ފަދަ ސަމާރޓް ވަސީލަތްތަކުން ވަކިހިތްޕާލާފައި ވާއިރު މި ވަސީލާތަށް ބޭނުންކުރަން އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އެއްވެސް ޖެހިލުމެތް ނެތި އަޅުގަނޑުމެން މިދެނީ ދެމުންނެވެ. ނަމަވެސް މިފަދަ ވަސީލަތްތަށް ބޭނުންކުރުމުން ތުއްތުކުދިންނަށް ކުރަނީ ކޮންކަހަލަ އަސަރުތަކެއް ކަމާއި މެދު ވިސްނާލަނީ ކިތަށް ބޭފުޅުންތޯ ؟
ސްމާރޓް ފޯނު ފަދަ މިފަދަ ވަސީލަތްތަށް ކުޑަކުދިން ބޭނުންކުރުމުން، އެކުދިންނަށް ކުރާނެ ބައެއް ނެދެވޭ އަސަރުތަކަށް ކުރުގޮތަކަށް ބަލައިލާނަމަވެ.
ކުދިން މުޖްތަމައު އިން އެކަހެރިވުމަށް މަގުފަހިވޭ
ސްމާރޓް ފޯނުތަކުގައި ހުންނަ ގޭމްތަކާއި އެޕްލިކޭޝަންތަކަކީ ހަމައެކަނި އެ ކުއްޖާއަށް ބޭނުންކުރެވޭ ގޭމްތަކެކެވެ. އެހެންކަމުން އެއްކުޖާއާއި މުޖްތަމައުގައި އުޅޭ އެހެނިހެން ކުދިންނާއި އެކު ކުޅެ ސަކަރާ ޖެހުމުގެ ބަދަލުގައި އަބަދުވެސް ހުންނާނީ ގޭމު ކުޅުމަށް ގޮސް ހުސްވެފައެވެ.އަދި މިކަމުގެ ސަބުބުން އެ ކުއްޖާ ހުންނާނީ ފާޑަކަށް މުޖްތަމައު އިން އެކަހެރިވެފައެވެ.
ލޮލުގެ ފެނުން ބަލިކަށި ކޮއްދޭ
އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންބަފައިންނަކީ ގެތެރޭގައި އަވަދިނެތި މަސައްކަތުގައި އުޅޭ މައިންބަފައިންނެވެ . ގޭގައި އުޅޭއިރު މައިންބަފައިން ކުރާ މިފަދަ މަސައްކަތަށް ކުދިންގެ ފަރާތުން ބައެއް ފަހަރާ އުދަގޫތަކާއި ކުރިމަތިލާންޖެހޭއެވެ. މިފަދަ ކަންތަކުން ކުދިން ދުރުކޮއް، ކުދީން ކޮންމެވެސް އެހެންކަމަކަށް މަޝްއޫލު ކޮއްފައި ބެހެއްޓުމުގެ މަޤްސަދުގައި މައިންބައފައިން ދަރިންނަށް މިދެނީ ސްމާރޓް ފޯނެއް ނުވަތަ އައިޕެޑް އެކެވެ . އެހެން ކަމުން ކުދިން ސްމާރްޓް ވަސީލަތްތަށް ބޭނުންކުރުމުގައި މުޅި ދުވަސް ހޭދަކުރެއެވެ. ނަތީޖާއަކަށް ވެގެންދަނީ ކުއްޖާގެ ލޮލަށް ބާރުކުރުމުގެ ސަބަބުން ލޮލުގެ ފެނުން ބަލިކަށިވުމުވެ. އަދު މީގެ އިތުރުން ޅައުމުރުގައި މައިގްރޭން އާއި ބޮލުގައި ރިއްސުމާއި ކުރިމަތިލާންޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ސިކުނޑި ތަރައްޤީވުމަށްވެސް އަސަރުކުރޭ :
މިފަދަ ވަސީލަތްތަށް ތުއްތުކުދިން ބޭނުންކުރަން ފެށުމުގެ އެކުދިންގެ ސިކުޑި ތަރައްޤީ ވުމަށް ހުރަސްއެޅޭނެއެވެ. އަމިއްލަ ސިކުނޑިން ވިސްނުމުގެ ބަދަލުގައި އަބަދުވެސް އަބަދުވެސް މިފަދަ ވަސީލަތެއް މެދުވެރިކޮއް މައުލޫމާތާއި އެއްޗެހި ހޯދާނެއެވެ. އަދި ހޯދާ މައުލޫމާތު ގިނަފަހަރަށް ވެފައި ހުންނަނީ ކޮންމެ މައުލޫއަކުން ތަންކޮޅުއް ހާދަފައިވާ، މުޅިން ފުރިހަމަ ނުވާ މައުލޫމާތުތަކަށެވެ. ކަމުގެ ފަންނީ ބޭފުޅުން ބުނާގޮތުގައި މިފަދަ އާދަތަކަކީ ކުއްޖާގެ ސިކުނޑި ހެދި ބޮޑުވުމަށް ކުރިމަތިވެދާނެ މައްސަލައެކެވެ.
ހަށިގަނޑު ހެދިބޮޑުވުމަށްވެސް އަސަރުކުރޭ:
ސްމާރޓް ވަސީލަތްތަށް ބޭނުންކޮއްގެން ކުޅޭ އޮންލައިން އަދި ވީޑިއޯ ގޭމްތަކަކީ ކުދިންން އެފަދަ ގޭމްތަށް ނުކުޅެ ނުހުރެވޭވަރަށް ދެވިހިފާ ގޭމްތަކެކެވެ. އަދި މިފަދަ ގޭމްތަށް ކުޅުމުގައި ކުދިން އެތަށް ގަޑިއިރެއް ހޭދަކުރަން ބޭނުންވާނެއެވެ.އަދި ގޭމް ކުޅެން އިންނަ ގޮޑިން ތެދުވެގެން ގޮސް އެކުގައި އުޅޭ ރައްޓެހިންނާއި އެކު ތަންކޮޅެ ހަރަކާތެރިވެ ހެލިފެލިވެ އުޅޭ ކަހަލަ ކުޅިވަރުތަށް ކުޅެން ބޭނުންނުވާނެއެވެ. ނަތިޖާއަކަށް ވެގެންދާނީ ހަށިގަޑަށް ބޭނުންވާވަރަށް ކަޝްރަތު ނުލިބުމުގެ ސަބަބުން ބަރުދަން ހުންނަންޖެހޭވަރަށް ވުރެ ބޮޑަށް ހަށިގަނޑުގެ ބަރުދަން ބަރުވުމެވެ.
މިދެންނެވި ކަންތައްތަކަށް ރިއާޔަތްކޮއް އަޅުގަނޑުމެންގެ ތުއްތުކުދިންގެ ސިއްހަތަށާއި އިޖްތިމާއީ ދުޅަހެޔޮަކަމަށް ސަމާރޓް ވަސީލަތްތަކުން ކުރާނެ ނޭދެވޭ އަސަރުތައް އެގިލައްވައިފި ކަމަށް އުއްމީދު ކުރަމެވެ. އަދި މިފަދަ ސްމާރޓް ވަސިލާތްތަށް އަޅުގަނޑުމެންގެ ދަރިންނަށް ދިނުމުގެ ކުރިން މިކަމުގެ ސަބަބުން އެ ދަރިންނަށް ކުރާނެ ނެދެވޭ އަސަރާއި މެދު ފުންކޮއް ވިސްނާލައްވާ!
ޚިޔާލުތައް