A wide advertisement which will be shown on all devices. (700 x 100)

ނާސިރު ސިލޯނަށް ވަޑައިގަތީ ޑެންޓިސްޓަކަށް ދައްކަން – ޓައިމް މެގަޒިން

ނޯޓް: ތިރީގައި މިވާ ލިޔުމަކީ ރާއްޖެ މިނިވަންވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުން ޓައިމް މެގަޒިންގައި ރާއްޖެ މިނިވަންވުމާ ބެހޭގޮތުން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ތަރުޖަމާކުރި އިރު ބަލާފައިވަނީ ލިޔުމުގެ އަޞްލާއި ވީހާވެސް އެއްގޮތަކަށް ގެނެސްދެވޭތޯއެވެ. މި ލިޔުން ޓައިމް މެގަޒިންގައި ޝާއިޢުކޮށްފައިވާ ތާރީޚަކީ 06 އޯގަސްޓް 1965 އެވެ.

ދިވެހިރާއްޖެ މިނިވަންވި ޚަބަރު އަހާ މީހަކު، އެ މިނިވަންކަން ހޯދުމަށް ކިހާވަރެއްގެ އަގެއް ދައްކަން ޖެހުނުތޯ ސުވާލު ކޮށްފިނަމަ އެ ސުވާލު ނުކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. އެހެން ނަމަވެސް، މިދިޔަ ހަފްތާ ތެރޭގައި ( 26 ޖުލައި 1965) ދިވެހިރާއްޖެ ވަނީ މިނިވަންވެފައެވެ. ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައިވާ 2000 ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމެކެވެ.

ރާއްޖެއަށް މިނިވަންކަން ލިބުމުން އެކަން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެއް ނުވެއެވެ. މިނިވަންކަން ދިނުމުގެ އެއްބަސްވުން މާކުރިން ތައްޔާރު ކޮށްގެން ތިބި އިނގިރޭސީން ތިބީ މި ކަމަށް (ސޮއިކުރުމުގެ ރަސްމިއްޔާތަށް) އެއްވެސް ވަރަކަށް ތައްޔާރު ވެގެނެއް ނޫނެވެ. މި ރަސްމިއްޔާތުގައި ރާނީގެ ތިމާގެ ބޭފުޅެއްވެސް ބައިވެރި ވެފައެއް ނެތެވެ. އަދި ކިއެއްތަ، މި ރަސްމިއްޔާތު ބޭއްވުނީވެސް ރާއްޖެއަކު ނޫނެވެ. އެކަން ހިނގައި ދިޔައީ ވަރަށް ހީނުކުރާ ކަހަލަ ގޮތަކަށެވެ. އެއީ ސިލޯނުގައި ހުންނެވި އިނގިރޭސި ހައި ކޮމިޝަނަރުގެ ގެއަށް ސުލްޠާން އިބްރާހީމް ނާޞިރު ކުއްލި ގޮތަކަށް (ކުރިން އެންގުމަކާ ނުލާ) ވަޑައިގެން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވަން ތައްޔާރަށް ހުންނެވި ވާހަކަ ވިދާޅުވި ހިސާބުންނެވެ. އެމަނިކުފާނު 3 ދުވަހުގެ ބޯޓް ދަތުރެއް ކުރައްވާފައި ސިލޯނަށް ވަޑައިގަތް ހަމައެކަނި ސަބަބަކީ ދަތުގެ ޑޮކްޓަރަކަށް ދެއްކެވުމެވެ.

95,000 މީހުން ގެ އާބާދީއެއް އޮތް މަސްވެރި ދިވެހިރާއްޖޭގައި މިނިވަންކަމަކީ އެހާ ބޮޑު ސަމާލުކަމެއް ދޭ އެއްޗެއް ނޫނެވެ. 1887 ން ފެށިގެން ރާއްޖެ އޮތީ އިނގިރޭސީންގެ ޙިމާޔަތުގައި ކަމުގައި ވިޔަސް، ގައުމު ހިންގަމުން ދިޔައީ ދިވެހިންނެވެ. އިނގިރޭސީންގެ ފަރާތުން ދުވަހަކުވެސް އެމީހުންގެ މަންދޫބަކު ވެރިރަށް މާލެ އަށް ފޮނުވާފައެއްވެސް ނެތެވެ. އިނގިރޭސީންގެ ހަމައެކަނި މަސްއޫލިއްޔަތަކަށް ވެފައިއޮތީ ރާއްޖޭގެ ޚާރިޖީ ކަންތައްތައް ބެލެހެއްޓުމާއި (ޚާރިޖީ ގުޅުންތަކެއް ނޯވޭ)، އަދި ރާއްޖޭގެ ދިފާޢީ ކަންތައްތައް (ބޭނުންވާ ކަމެއްނޫން) ބެލެހެއްޓުމެވެ. އިނގިރޭސީންގެ ހަމަ އެކަނި ޝައުޤުވެރިކަން ހުރީ އައްޑު އަތޮޅު ގަމުގައި އޮތް އާރުއޭއެފް ރަންވޭއެވެ. މިތަން ބޭނުން ކުރެވެމުން ދިޔައީ ހުޅަނގުގެ ގައުމުތަކާއި އިރުމަތީ ގައުމުތަކާއި ގުޅުވައިދޭ ޕޮއިންޓްގެ ގޮތުގައެވެ.

އެޑިޓަރ ނޯޓް: މިލިއުން ޝާއިއުކުރުގެ މަގްސަދަކީ އިގިރޭސި މީޑިއާތަކުގައި ރާއްޖެ މިނިވަންވި ގޮތާއި ގުޅޭ ގޮތުން އޭރު ގެނެސްދީފައިވާ ޚަބަރު ދިވެހިންނަށް އަންގައިދިނުމެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !