A wide advertisement which will be shown on all devices. (700 x 100)

ޒިކުރާ އިންސްޓިޓިއުޓްގެ ދަރިވަރުންގެ ފުޓްސަލް މުބާރާތް އަންނަ ހަފުތާ ބަންދުގައި ބާއްވަނީ

ޒިކުރާ އިންސްޓިޓިއުޓް ގެ ދަރިވަރުންގެ މެދުގައި ފުޓްސަލް މުބާރާތް އަންނަ ހަފުތާގެ ހުކުުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އިންސްޓިޓިއުޓްގެ ދަރިވަރުންގެ ކައުންސިލުން ހާމަކޮށްފިއެވެ. މިމުބާރާތަކީ ޒިކުރާ އިންސްޓިޓިއުޓް ގެ ދަރިވަރުންގެ ކައުންސިލް އިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތެެކެވެ.

މި މުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކޮށް، ފުޓްބޯޅަ ކުޅޭ ޒުވާނުން އިތުރު ކުރުމާއި ފުޓުބޯޅައިގެ ފޯރި ވަރުގަދަ ކުރުމަށާއި އަދި ރަށުފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަ ކުރެވޭ ފަދަ ކުޅުންތެރިން ތަކެއް އުފައްދައި އެފަދަ މުބާރާތް ތަކުގައި ޒިކުރާ އިންސްޓިއުޓް ގެ ފަރާތުން ބައިވެރިވެ ރަށާއި، ޤައުމަށް ރީތި ނަން ހޯދައިދިނުން ކަމަށް ޒިކުރާ ސުޓޫޑެންޓް ކައުންސިލް ގެ މިޑިއާ ކޯރޑިނޭޓާރ އައިޝަތު ސުހާ އަލީ މިކަލް މައުލޫމާތު ދެމެން ވިދާޅުވިއެވެ.

މި މުބާރާތުގައި ޖުމްލަ 4 އަންހެން ޓީމާއި 6 ފިރިހެން ޓީމް ބައިވެރިވެފައި ވެއެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމައް ހަމަޖެހިފައި ވަނީ މިސްކިއްމަގު ފުޓްސަލް ދަނޑު ގައެވެ، މި މުބާރާތަކީ ޒިކުރާ އިންސްޓިޓިއުޓްގެ ކުލާސް ތަކުގެ މެދުގައި ކުޅެވޭ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރ 4 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ. މި ރަސްމިޔާތު ގައި ކުރިން ފުވައްމުލަކު ގެ ކުޅިވަރަށް ޚިދުމަތް ކުރެއްވި ބޭފުޅުން ބައިވެރިވާނެ ކަމުގައި ސުހާ ވިދާޅުވިއެވެ. މި މުބާރާތުގެ މެޗް ތައް ކުރިޔައް ދާނީ ހުކުރު ދުވަހާއި ހޮނިހިރު ހަވީރު 16:00 އިން 18:00 އަދި 20:00 އިން 23:00 އަށެވެ. ވީހާވެސް ގިނައަދަދެއްގެ ބަޔަކު މިސްކިއްމަގު ސްޓޭޑިއަމުގެ ފުޓްސަލް ކޯޓަށް ވަޑައިގެން ދެއްވުމަކީ ޒިކުރާ އިންސްޓިޓިއުޓްގެ ދަރިވަރުންގެ ވަރަށް ބޮޑު އެދުމެކެވެ.

ޒިކުރާ އިންސިޓިއުޓަކީ ފުވައްމުލަކުގައި އެންމެ ފުޅާދާއިރާއެއްގާ މަތީ ތައުލީމު ދެމެންދާ މަރުކަޒެވެ. މި މުބާރާތަކީ މި އިންސިޓިޓިއުޓް ގެ މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ، މުބާރާތުގެ އިތުރުން ޒިކުރާގެ ދަރިވަރުން ވަނީ ސްޕޯރޓުސް ފޯ އޯލް ގެ ހަރަކާތް ތަކުގަ ވެސް ބައިވެރިވެފައި އެވެ. ސުހާ ވިދާޅުވިގޮތުގައި މުބާރާތުގެ ކަންތައްތައް ހަމަޖައްސައި ދިނުމުގައި ފުވަމުލަކު ޕޮލިސް ސްޓޭޝަން އަދި މޯލްޑިވްސް ރެޑް ކުރެސެންޓް ގެ އެހީތެރިކަން ވަނީ ލިބިފައެވެ. މީގެ އިތުރުން މިމުބާރާތުގެ ޓައިޓަލް ސްޕޮންސާރ ދި ސިގްނޭޗާ އަދި މެއިން ސްޕޮންސާރ ލިޓަސް އިން ވެދެއްވަމުންދާ އެހީތެރިކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މީގެ އިތުރން ޒިކުރާއިން ވެސް ވަނީ މި މުބާރާތުގައި ވަރަށް ބޮޑު އެހީއެއް ވެދެއްވާފައެވެ. މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ މިކަލް ނޫހެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !