A wide advertisement which will be shown on all devices. (700 x 100)

ގައުމީ ވޮލީ ލީގުގައި ފިސްޑާ އަދި މިސްކިތްމަގު ވާދަކުރަނީ

ފިސްޑާ ޓީމް މާލޭގައި ޕްރެކްޓިސް ކުރަނީ

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަ ކުރުމަށް ފުވައްމުލަކު ދެ ޓީމް ތައްޔާރުވެއްޖެއެވެ.

ގައުމީ ވޮލީ ލީގުގައި ވާދަކުރާ ފުވައްމުލަކު ޓީމްތަކަކީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިދެޓީމް މިހާރު މާލޭގައި ޕްރެކްޓިސް ކުރަމުން އެބަގެންދެއެވެ. އަންނަ ހުކުރު ދުވަހު ލީގްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި މޯލްޑިވިއަންގެ ރެކްރިއޭޝަން ކުލަބްއެވެ.

ފުވައްމުލަކު ޓީމްތައް މެޗްކުޅޭނެ ތާރީހްތަކާއި ގަޑިތައް

4 ނޮވެމްބަރ – 16:15 މިސްކިތްމަގު އގ – މޯލްޑިވިއަން ރސ
7 ނޮވެމްބަރ – 16:15 މިސްކިތްމަގު އގ – ކ.ޕޯލް ސްޓަރ
7 ނޮވެމްބަރ – 20:30 ފިސްޑާ– މޯލްޑިވިއަން ރސ
10 ނޮވެމްބަރ – 16:15 ފިސްޑާ – ކ.ޕޯލް ސްޓަރ
10 ނޮވެމްބަރ – 20:30 މިސްކިތްމަގު އގ – ޕޮލިސް ކުލަބް
13 ނޮވެމްބަރ – 16:15 ފިސްޑާ – ޕޮލިސް ކުލަބް
16 ނޮވެމްބަރ – 20:30 މިސްކިތްމަގު އގ – ފިސްޑާ

ފުވައްމުލަކުގެ ޓީމްތައް ކުޅޭ މެޗްތަކަށް އެޓީމްތަކަށް ސަޕޯޓް ދިނުމަށް ވީހާވެސް ގިނަ ބަޔަކު މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓަށް ދިޔުމަށް ދެޓީމުންވެސް އެދިލައްވައެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ފަސް ޓީމެވެ. ލީގުގެ އެންމެ ކުރި ހޯދާ ހަތަރު ޓީމެއް ގައުމީ ވޮލީ މުބާރާތަށް ހޮވޭނެއެވެ. އަދި އެމުބާރާތް ކުރިއަށްގެންދާނީ ތިން ސެމީ ފައިނަލް ކުޅޭ އުސޫލަށެވެ.

ފިސްޑާ އަދި މިސްކިތްމަގު އެންމެންގެ ގުޅުން ވޮލީ ލީގަށް ހޮވިފައިވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ވޮލީ ބޯލް އެސޯސިއޭޝަނުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމްގެ ގޮތުގައެވެ.

ވޮލީ ލީގް ފެއްޓުމުގެ ގޮތުން ހާއްސަ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އަންހެން އަދި ފިރިހެން ޑިވިޝަންގެ ގައުމީ ޓީމާއި މިލީގްގައި ވާދަކުރާ ޓީމްތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމަކާއި ދެކޮޅަށް މެޗް ކުޅޭނެއެވެ. މިލީގުގެ ފިރިހެން ޑިވިޝަންގެ ހަޓީމް ބައިވެރިވެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !