އަލްމުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު ދަތުރުކޮށްފިއެވެ. މިއަދު ހަވީރު މިސްކިތްމަގު އގ. ސީދާ ތިން ސެޓުން މޮޅުވެ ފައިނަލަށް ދިޔައީ މޯލްޑިވިއަން ރެކްރިއޭޝަން ޓީމު ބަލިކޮށްގެންނެވެ. މި މޮޅާ ފައިންލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު ޓީމަށް ކަށަވަރުވީއެވެ. މިއަދު ހަވީރު ބަލިވި މޯލްޑިވިއަން ރކ. އަށް އަދި ފައިނަލަށް ދިއުމުގެ ފުރުސަތު ނުގެއްލެއެވެ.
މިއަދުގެ މެޗުގެ ސެޓްތައް މިސްކިތްމަގު އގ. ޓީމުން ކާމިޔާބުކުރީ 25،-20، 25-15، 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގު އގ. ގެ ޖ. 10 ޖެރޯންސްރީ އެވެ.
ގައުމީ އަންހެން ވޮލީ މުބާރާތަށް މިފަހަރު ކޮލިފައިވެފައި ވަނީ މިއަހަރުގެ ގައުމީ ވޮލީ ލީގުގެ އެންމެ މޮޅު 4 ޓީމެވެ. ވޮލީ ލީގުން މިސްކިތްމަގު ޓީމަށް 2 ވަނަ ލިބނު އިރު ފުވައްމުލަކަށް ނިސްބަތްވާ ފިސްޑާ ވެސް ވަނީ ވޮލީ ލީގުގެ 4 ވަނައާއެކު ގައުމީ މުބާރާތަށް ކޮލިފައިވެފައިވެއެވެ.
ނަމަވެސް ގައުމީ މުބާރާތުގެ ފުރަތަމަ ސެމީގައި ޕޮލިސް ޓީމު އަތުން 3-0 ސެޓުން ބަލިވެ ފިސްޑާއާ ވަނީ މުބާރާތުން ކަޓާފައެވެ. ޕޮލިސް ޓީމުގެ މޮޅާއެކު އެޓީމަށް ވަނީ ތިން ވަނަ ސެމީން ޖާގަ ލިބިފަ އެވެ. އަދި ތިންވަނަ ސެމީގައި ޕޮލިސް ޓީމު ވާދަކުރާނީ މިއަދު ހަވީރު މިސްކިތްމަގު ޓީމު އަތުން ބަލިވި މޯލްޑިވިއަން އާއިއެވެ.
މިސްކިތްމަގު ޓީމު ވަނީ ނިމުނު ވޮލީ ލީގުގައި ކުޅިބަލަން ތިބެ ހިތްދަތި ގޮތަކަށް ގައުމީ ވޮލީ ލީގު ގެއްލިފައެވެ. އެއީ ވޮލީ ލީގު ކާމިޔާބުކުރި މޯލްޑިވިއަން އަދި ޕޮލިސް ކްލަބާއި ޕޮއިންޓާއި ސެޓުގެ ގޮތުން ވެސް އެއްވަރުވެ، މަދު ޕޮއިންޓް ކޮޅެއްގެ ތަފާތުން އެޓީމު ދިޔައީ ދެވަނައަށެވެ.
މިއީ ފުވައްމުލަކުގެ އަންހެނުންގެ ވޮލީގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުކަމުގައި ވެސް ބެލިދާނެއެވެ.
ޚިޔާލުތައް