A wide advertisement which will be shown on all devices. (700 x 100)

ހަވިއްތަ ފުޓްސަލް ޗެލެންޖު 2020: މިރޭ ކުޅެވޭނީ ގްރޫޕް ސްޓޭޖުގެ ފަހުމެޗުތައް

ރޭ މިސްކިތްމަގު އެންމެން ޓީމާއި އެފްސި ފުނާޑު ބައްދަލުކުރިމެޗު ނިމުނީ 3-3 އެއްވަރުވެގެން. މެޗުގެ އެދްވާންޓޭޖު ފުނާދު ޓީމަށް. ފޮޓޯ؛ ޝަހީދު

ހަވިއްތަ ފުޓްސަލް ޗެލެންޖު 2020 ގައި މިރޭ ކުޅެވޭނީ ގްރޫޕް ސްޓޭޖުފަހު މެޗުތަކެވެ. ބާރަ ޓީމު ވާދަކުރި މި މުބާރާތުގައި ގްރޫޕް ސްޓޭޖުުގައި 18 މެޗު ކުޅޭ އިރު މިރޭ ކުޅެނީ ފަހު 3 މެޗެވެ.

މިރޭ ކުޅެވޭ މެޗުތަކަށް ބަލައިރު އެންމެ ފޯރި ގަދަ ވާނީ އޭ ގްރޫޕުގެ މާލެގަން އެފްސީ އާއި ދިގުވާދު އެފްސީ ބައްދަލުކުރާ މިރޭގެ ފުރަތަމަ މެޗެވެ. ދިގުވާޑު ޓީމު މޮޅުވެގެން ގްރޫޕްގެ 1 ވައަސް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއްވަރުވެއްޖެ ނަމަ ފުރުސަތު ބޮޑީ ދިގުވާޑު ޓީމަށެވެ. އެއި 4 ޕޮއިންޓާއެކު ފައިދާ 3 ގޯލުން ގްރޫޕުގެ 2 ވަނަ ލިބޭނެތީއެވެ.

މިރޭ ގްރުޕް އޭގެ މެޗު އެއްވަރުވެ އަދި ގްރޫޕް ސީ ގެ ދަޑިމަގު ފަންނޮ އާއި ހޯދަޑް ސްޕޯޓްސް ޖޫނިއަސްގެ މެޗު އެއްވަރުވެއްޖެ ނަމަ 3 ވަނަ ޖާގައި ގެ ފުރުސަތު މާލެގަމު ޓީމަށް ގެއްލި އުފުރުސަތު ލިބޭނީ ދަޑިމަގޮ ފަންނު ޓީމާއަށާއި މިސްކިތްމަގު ޓީމަށެވެ.

ގްރޫޕް އޭ ގައި ރޭ ހޯދަދް ސްޕޯޓސް އާއި ދަޑިމަގު ޓީނޭޖަސް ގެ މެޗު. 1-1 އެއްވަރު.

މިހާތަނަށް ކުއާޓާ ފައިނަލުން( 2 ވަނަ ބުރުން) ޖާގަ ޔަަގީން ވެފައި ވަނީ އޭ ގްރޫޕުން 7 ޕޮއިންޓާއެކު ހޯދަޑު ސްޕޯޓްސް އާއި ގްރޫޕުން ބީއިން އެފްސީ ފުނާޑު އައި ގްރޫޕް ސީ އިން 6 ޕޮއިންޓް ހޯދާފައިވާ ހޯދަޑު ސްޕޯޓްސް ޖޫނިއާގެ އާއި ނެރަގަނޑޮ އެފްސީއެވެ.  އަދި ބީ ގްރޫޕުގެ 2 ވަނާގައި އޮތް އެފްސީ ދަޑިމަގު ޓީމެވެ.

4 ޓީމަކުން ބާކީ އޮތް 3 ޖާގައަށް ވާދަކުރެއެވެ. އެއީ ގްރޫޕް އ ޭގެ ދިގުވާޑު އެފްސީ، މާލެގަމު އެފްސީ އާއި ބީ ގްރޫޕްގެ މިސްކިތްމަގު އެންމެން ޓީމާއި ސީގްރޫޕުގެ ދަދިމަގޮ ފަންނޮ ޓީމެވެ. މީގެ އތުރުން މިވާރު 0 ޕޮއިނތްގައި އޮތް ދަޑިަމގު ޞީޓީ ވެސް މިރޭ މެޗުން އެފްސީ ދަޑިމަގު ބަލިކޯސްގެްނ 3 ވަނަ ޖާގައަކަސް ޥާދަކުރެވިދާނެއެވެ ހަނި ފުރުސަތެއް އެބައޮތެވެ.

ރޭގެ މެޗުތައް ބެލުމަށް ވެސް ގިނަ ސަޕޯޓަރުންތަކެއް ހާޒިރުވެ ވާރޭގެ ތެރޭގައި ވެސް ޓީމުތަކަށް ފޯރީގައި ސާބަސް ދީފައި ވެއެވެ.

ގްރޫޕް ސްޓޭޖް: ޕޮއިންޓް ޓޭބަލް. ކޮންމެ ގްރޫޕަކުންވެސް 2 ވަނަ ބުރަށް ދާނީ 1 ވަނަ އަދި 2 ވަނައިގެ އިތުރުން 3 ވަނައަށް ދާ އެންމެ މޮޅު ދެ ޓީމެއް.

ގުރޫޕް އޭ

ގްރޫޕު އޭ ގައި ރޭ ކުޅެވުނު މެޗު ދަޑިމަގު ޓީނޭޖަސް އިން ވަނީ މުބާރާތުގައި އެންމެ ވަރުގަދަކޯސް ފެނުނު ހޯދަދުް ސްޕޯރޓސް އާއި 1-1 އިން އެއްވަރުކޮށްފައެވެ. ރޭގެމެޗުގެ ފުރަތަމަ ގޯލު ޖެހީވެސް  ދަޑިމަގު ޓީނޭޖަސް އިންނެވެ. ހޯދަޑް ސްޕޯޓަސްއަށް އެއްވަރު ކުރެވުނީ ލިބުނު ޕެނަލްޓީއަކުން ގޯލެއް ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް ދަޑިމަގު ޓީނޭޖަސް އެމީހުންގެ ފަހު މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަމުގައި ވިޔަސް މުބާރާތުގައި އެންމެ ޕޮއިންޓެ ލިބި ވަނީ ކަޓާފައެވެ. މެޗަސް ނުކުތް އިރުވެސް ހޯދަޑު ސްޕޯޓްސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީން ވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ހޯދަޑް ސްޕޯޓަސްގެ ޖާޒީ ނަމްބަރު 6 އާރިފު އަހުމަދު އެވެ.

ދަޑިމަގު ޓީނޭޖަސް ޓީމު

މި ގްރޫޕުގެ 2 ވަނަ އަދި 3 ވަނާގައި އޮތް ދިގުވާޑު އެފްސީ އާއި މާލެގަން އެފްސީ އަށް ވެސް 3 ޕޮއިންޓް ލިބި ދެވަނަ ބުރުގެ އުއްމީދު ވަނީ އިތުރުވެފައެވެ. މިގްރޫޕުގައިމިރޭ ކޫލޭ ފަހު މެޗުގައި މިދެޓީމު ވާދަކުރާއިރު ފޯރިގަދަ ވަނެކަމަށެ ބެލެވެއެވެ. އެއީ މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދެވޭނެއެވެ. އެއްވަރުވެއްޖެ ނަމަ ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ބޮޑެވެ. މިރޭގެ މެޗުން ބަލީވާ ޓީމަކަށް ވެސް ދެވަނަ ބުރުން ލިބުމުގެ 3 ވަނަ ޓީމުގެ ފުރުސަތު ލިބިދާނެއެވެ. ނަމަވެސް އެކަން އެނގޭނީ އެހެން ގުރޫޕްގެ ނަތީޖާތަކުންވެ.

ގްރޫޕް ބީ

މުބާރާތުގެ 14 ވަނަ މެޗުގައި، ބީ ގްރޫޕުން މިސްކިތްމަގު އެންމެން ޓީމާއި ވާދަކޮށް އެފްސީ ފުނާޑުގެ މެޗު ނިމުނީ ވަރަށް ފޯރީގައި ވާރޭގެ ތެރެގައި ކުޅެމުންގޮސް 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލެއް ޖަހައި ކުރި ހޯދީ މިސްކިތްމަގު އެންމެގެ ޓީމުންނެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުނާޑު ޓީމުން ނަތީޖާ 1-1ން އެއްވަރު ކުރިއެވެ. ނަމަވެސް މިސްކިތްމަގުން ވަނީ ފުރަތަމަހާފާއި ދެނަ ހާފުގެ ބޮޑުބައެއްގައި 2-3 ގެ ލީޑެއްގައި ހިފަހައްޓާފައެވެ.

ރޭ ބޯވާރޭގެތެރޭގައި ކުލެވުނު މިސްކިްތމަގު އެންމެން ޓީމާއި އެފްސީ ފުނާޑު ބައްދަލު ކުރިމެޗު. 3-3 އެއްވަރު

ނަމަވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް މިސްކިތްމަގު ޓީމަށް އިދިކޮޅު ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުމަކަށް ގޯލްކީޕަރު ނޫން އެންމެ ކުރިއަށް ޖެހިލާފައި ފޮނުވާލި ބޯޅަ ވޯލްގައި ޖެހިފައި ލިބުނީ ފުނާޑުގެ ކުޅުންތެރިއަކަށެވެ. އެނާ ވަގުތުގެ ފައިދާ ނަގާ ބޯޅަ ހިފައިގެން ކުރިއަށް ޖެހިލާފައި ނެގި ބަރު ޝޮޓަކުން ނަތީޖާ 3-3 ން އެއްވަރު ކުރިއެވެ. މިނަތީޖާއާއެކު މެޗުގެ އެޑްވާންޓޭޖު ލިބުނީ ފުނާޑުު ޓީމަށެވެ.  އޮވެ މެޗު ނިމެން ކައިރިވެފައި ވަނިކޮށް މިސްކިތްމަގު ޓީމުން ހެދި ގޯހެއްގެ ފައިދާ ނަގައި ފުނާޑު ޓީމުން ނަތީޖާ އެއްވަރުކުރީއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހުށަހަޅާފައިވާ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހާސިލު ކުރީ މިސްކިތްމަގު އެންމެން ޓީމުގެ ޖާޒީ ނަމްބަރު 8 ޝާދު މުހައްމަދު އެވެ.

މި ނަތީޖާ އާއިއެ އެފްސީ ފުނާޑުު ވަނީ 5 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނާގައެވެ. ދަޑިމަގު އެފްސީ 2 ވަނާގައި އޮތްއިިރު އަދި މިރޭ ކުޅޭ ގުރޫޕުގެ ފަހު މެޗު އެބައޮތެވެ. މިސްކިތްމަގު އެންމެން ޓީމަށް ޖެހޭނީ 4 ޕޮއިންޓާއެކު 3 ވަނައިގެ ފުރުސަތަކަށް އުއްމީދުކުރާށެވެ.

މިޕްރޫޕްގައި މިރޭ ކުޅޭނީ އެފްސީ ދަޑިމަގު އާއި ދަޑިމަގު ބީޓީއެވެ.

ރޭ ބޯވާރޭގެތެރޭގައި ކުލެވުނު މިސްކިްތމަގު އެންމެން ޓީމާއި އެފްސީ ފުނާޑު ބައްދަލު ކުރިމެޗު. 3-3 އެއްވަރު، މެޗުގެ އެޑްވާންޓޭޖު ފުނާޑު ޓީމަށް

ގްރޫޕް ސީ

ރޭ ކުޅެވުނު މުބާރާތުގެ 15 ވަނަ މެޗުގައި ނެރަގަނޑޮ އެފްސީ އާއި އެފްސީ ހޭޅިފަށޮ ބައްދަލުކުރި މެޗު ނިމުނީ 3-4 އިން ނެރަގަނޑޮ އެފްސީ ޓީމުު މޮޅުވެގެންނެވެ. މި މޮޅާއެކު ނެރަގަނޑޮ އެފްސީ ޓީމަށް ވެސް ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު މިވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީންކުރެވިފައެވެ. މި މެޗުން ބަލިވި އެފްސީ ހޭޅިފަށޮ މިވަނީ ޕޮއިންޓެއް ނުލިބި ބައިކޮލަށް 11 ގޯލު ވަދެ، މައިނަސް 4 ގޯލާއެކު މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިބޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހާސިލުކުރީ އެފްސީ ނެރަގަނޑޮ ޓީމުގެ ޖާޒީ ނަމްބަރު 4 ހުސޭން ޝާރިޙު އެވެ. އެންމެ ފަހުން ނެރަނަގޑޮ އެފްސީ ކުޅުނު މެޗުގެ ވެސް މޮޅު ކުޅުންތެރިއަކި ޝާރިޙު އެވެ.

އެފްސީ ނެރަގަނޑޮ ޓީމު: 4-3 ން މޮޅެއް ހޯދި.

މިރޭ ކުޅެވޭ މެޗުން ހޯދަޑު ސްޕޯޓްސް ޖޫނިއަސް ގެ މެޗުނ އެޓީމު ބަލިވެއްޖެ ނަމަ ގްރޫޕުގެ 1 ވަނަ ނެރަގަނޑޮ އެފްސީއަށް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

މި ގްރޫޕުން ހޯދަޑު ސްޕޯޓްސް ޖޫނިއާސް ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު ވަނީ ދެވަނަ ބުރުގެ ޖާގައެއް ޖަގީންކޮށްފައެވެ. މި ގްރޫޕުގެ ފަހު މެޗުގައި މެރޭ ކުޅޭނީ  ހޯދަޑު ސްޕޯޓްސް ޖޫނިއާސް އާއި ދަޑިމަގު ފަންނޮ ޓީމެވެ. މިރޭގެ މެޗުން ދަޑިމަގޮ ފަންނު ޓީމު މޮޅުވެއްޖެ ނަަމަ މިގްރޫޕުގެ 3 ޓީމު 6 ޕޮއިންޓުން އެއްވަރުވެ ގުރުޕުގެ ފޯރި ގަދަ ވާނެއެވެ. އަދި އެހާލަތުގައި މި 3 ޓީމަށް ވެސް 2 ވަނަ ބުރުގެ ޖާގަ ޔަގީން ވާނެއެވެ.

ރޭގެ މެޗުތަކުގެ (13-15) މޮޅު ކުޅުންތެރިން

މިރޭ ކުޅެވޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. ކޮންމެ ރެއަކުވެސް މުބާރާތުގެ 3 މެޗު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ މަޗު ފަށާނީ 20:15 ގައި ދެވަނަ މެޗު 21:15 ގައި އަދި ފަހު މެޗު 22:15ގައެވެ.

މިމުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށް ބެލުންތެރިން ފާހަގަ ކުރެއެވެ.

މެޗް ޑޭ 5: މުބާރާތުގެ ސްކޯ، އަދި މެޗް ޝެޑިއުލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !