މިހާރު ކުރިޔަށްދާ ހަވިއްތަ ހަވިއްތަ ފުޓްސަލް ޗެލެންޖް 2020ގައި ރޭ ކުޅެވުނުު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ދިގުވަޑު އެފްސީއިން ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ ގެ ސެމީ ފައިނަލުގެ ދެވަނަ މެޗު ކާމިޔާބުކޮށްގެން ހޯދަޑު ސްޕޯޓްސް ވެސް ވަނީ ފައިނަލުން ޖާގަހޯދާފައެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ދިގުވާޑު އެފްސީ ބައްދަލުކުރީ ނެެރަގަނޑޮ އެފްސީއާއެވެ. މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ ދިގުވާޑު ޓީމުންނެވެ. މެޗުގެ ކުރީ ކޮޅުު ދިގުވާޑު ޓީމުން ގޯލެއް ކާމިޔާބުކޮށް ލީޑު ނެގިއެވެ. މިގޯލު ކާމިޔާބުކޮށް ދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 23 އެވެ. ފުރަތަމަ ހާފު ނިމުނީ އިތުރު ގޯލެއް ނުޖެހިއެވެ.
ދެވަނަ ހާފު ފެށިގެން ނެރަގަނޑު އެފްސީގެ ކުޅުން ކުރިއަށްވުރެ ވަރުގަދަ ވިއެވެ. ދިގުވާޑު އެފްސީގެ ހާފުގެ މެދަށްވުރެ މެދުރޮނގާއި ކައިރިން އިރުދެކުނު ފަރާތުން ލިބުނު ހިލޭ ޖެހުމެއް ދަނޑުގެ އަނެއް ފާރާތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ ޖާޒީ ނަމްބަރު 4 އަށް ޕާސްކޮށްލުމާއެކު އޭނާ ކުރި ބާރު ޝޮޓް ގޮސް ވަނީ ދިގުވަޑު ޓީމުގެ ގޯލަށެވެ. އެއާއެކު ނަތީޖާ 1-1 އެއްވަރުވެ މެޗުގެ ފޯރި ގަދަ ވިއެވެ. ދިގުވާޑު ޓީމުގެ އެޓޭކް ވަރުގަދަކުރި ވަގުތު ނެރަގަނޑޮ އެފްސީގެ ގޯލް ކީޕަރު އެއްލި ބޯޅައެއް އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ޖާޒީ ނަމްބަރު 4 ހޯދައި ދިގުވާޑު ދިފާއީ ކުޅުންތެރިޔާ ގައިން ނައްޓާލާފައި ކުރި ޝޫޓުން ނެރަގަނޑޮ އެފްސީ އަށް މެޗުގެ ލީޑު 2-1 އިން ލިބުނެވެ.
މެޗުގެ ނަތީޖާ ނެރަގަނޑު ޓީމު ކޮޅަށް އެނބުރުމުން ދިގުވާޑު ޓީމުގެ ހަމަލާތައް ވަރުގަދަ ވިއެވެ. ބާރު ހަމަލާތަކެއް ނެރަގަނޑު އެފްސީގެ ގޯލަށް އަމާޒުވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފަހު ހާފު ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެޓީމަށް ލިބުނު ކޯނަރެއްގައި އުފެއްދި ހަމަލާއެއްގައި ޖާޒީ ނަމްބަރު 8 ކާމިޔާބުކޮށްދިން ގޯލުން މެޗު ނިމުނީ 2-2 އެއްވަރުވެގެނެވެ.
ނަތީޖާ ނެރެން ޖެހި ފުރަމަ 3 ޕެނަލްޓީ ދެޓީމުން ވޭސް ކާމިޔާބުކުރިއެވެ. ނަމަަވެސް އިތުރަށް ޖެހި 4 ވަނަ ޕެނަލްޓީ ދިގުވާޑު ޓީމުން ކާމިޔާބުކުރި އިރު ނެރަނގަޑު ޓީމުން ޖެހި ޕެނަލްޓީން ދިގުވާޑު ޓީމުގެ ގޯލްކީޕަރު ދިފާއުކުރިއެވެ. އެއާއެކު މެޗު ނިމުނީ 6-5 އިން ދިގުވާޑު އެފްސީ މޮޅުވެ، ފައިނަލުގެ ޖާގަ ހޯދައިގެންއެވެ.
މިމެޗުގެ މޮޅު ކުރުންތެރިޔާއަށް ދޭ ޓްރޮފީ އާއި އެވާފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ދިގުވާޑު އެފްސީގެ ގޯލްކީޕަރު ޖޯޒީ ނަމްބަރު 20 އަހުމަދު ޝަރަފު އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ މިސްކިތްމަގު އެންމެންގެ ގުޅުން (އެންމެން) ޓީމާއި ވާދަކުރީ ހޯދަޑު ސްޕޯޓްސްއެވެ. މިމެޗު ނިމުނީ 3-2 އިން ހޯދަޑު ސްޕޯޓްސްއިން މޮޅުވެ ފައިނަލުގެ ފަހު ޖާގަ ހޯދައިގެންނެވެ. މެޗުގައި ހޯދަޑް ސްޕޯޓްސްގެ ކުޅުން ވަރުގަދަވި ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ކަމިޔާބުކުރީ މިސްކިތްމަގު އެންމެން ޓީމެވެ. މި ގޯލު ކާމިޔާބުކުރީ ހޯދަޑު ސްޕޯޓްސް އަށް ލިބުނު ކޯނަރެއްގައި ޓީމު އޭޓޭކަށް އަރާއި ތިއްބަ ލިބުނު ބޯޅައެއްގައި ކައުންޓާ އެޓޭކްގައި އެންމެން ޓީމުގެ ޖާޒީ ނަމްބަރު 9 އެވެ. ފުރަތަމަ ހާފު ނިމުނީ އިތުރު ގޯލެއް ނުޖެހިއެވެ.
ދެވަނަ ހާފު ފެށިގެން ވެސް ފުރަތަމަ ގޯލެއް ކާމިޔާބުކުރީ މިސްކިތްމަގު ޓީމުންނެވެ. އެއީ އެޓީމުގެ ޖާޒީ ނަމްބަރު 12 ހިފައިގެން ގޮސް ގޯލު އޭރިއާ ތެރެއިން ފޮނުވަލި ބޯޅަށް ކީޕަރުގެ އަތްދަށުން ވަދެގެން ކާމިޔާބުކުރި ގޯލެކެވެ. މިސްކިތްމަގު އެންމެން ޓީމަށް 2-0ގެ ބޮޑުު ލީޑެއް ދެވަނަ ހާފުގައި ލިބުމުން ބެލެވުނީ މެޗުން ކާމިޔާބުކުރާނީ މިސްކިތްމަގު ޓީމުން ކަމަށެވެ. ނަމަވެސް ހޯދަޑު ސްޕޯޓްސް އިން ވަނީ ފަހަތުން އަރައި މެޗުކާމިޔާބު ކޮށްފައެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ދިނީ ޖާޒީ ނަމްބަރު 6 އެވެ.
ފަހު ހާފުގެ ފަހު ވަގުތުކޮޅު އެޓީމުގެ ޖާޒީ ނަމްބަރު 8 ކާމިޔާބުކޮށްދިން ގޯލަކާއި އެކު މެޗު 2-2 އެއްވަރުވުމުން މެޗުގެ ފޯރި ގަދަވިއެވެ. އެއާއެކު ހޯމް ޓީމުގެ ސަޕޯޓަރުންގެ އަޑުފަށްގަޑު ގަދަވާން ފެށިއެވެ. ހޯދަޑު ޓީމުނެ އުއްމީދު އާވުމާއެކު ކުޅުންވެސް އިތުރަށް ވަރުގަދަ ކުރިއެވެ. މެޗުގެ ފަހު ގޯލަކީ މިސްކިތްމަގު ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުމެއް ގޯލަށް ފޮނުވާލުމުން ދިފާއީ ވޯލްގައި ޖެހިފައި މެދުރޮނގާއި ހަމަޔަށް ދިޔަ ބޯޅަ ހޯދަޑު ޓީމުގެ ޖާޒީ ނަމްބަރު 8 މެދުރޮނގު މަތީހުރެފައި ފޮނުވަލި ބާރު ބޯޅައެއް އެއްމެންގެ ތެރެއިން ގޮސް ގޯލަށް ވަދެގެން ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ ސެމީ ފައިނަލް ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ހޯދަޑު ސްޕޯޓްސްގެ ޖ.8 ހުސޭން ޝަރީފް އެވެ.
މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ މިރޭ މޮޅުވި ވި ދެޓީމު ކަމަށްވާ ދިގުވާޑު އެފްސީ އާއި ހޯދަޑު ސްޕޯޓްސް އެވެ. މިދެޓީމަކީ މުބާރާތުގެ ފުރަތަމަ ބުރުގައި އެއް ގުރޫޕެއްގައި މީގެކުރިން ކުޅެފައިވާ ދެޓީމެވެ. ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗުން 1-0 އިން މޮޅުވެފައި ވަނީ ހޯދަޑު ސްޕޯޓްސް އެވެ.
ހޯދަޑު ސްޕޯޓްސް ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް ދިގުވާޑު އެފްސީ ބަލިވެފައިވަނީ ހަމައެކަނި ހޯދަޑު ސްޕޯޓްސް އަތުންނެވެ.
ބާރަ ޓީމުން ވާދަކުރި މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 29 ޖޫން ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.
ޚިޔާލުތައް