މި ޖޫން މަހު 19 ވަނަ ދުވަގުގެ ރޭ ފެށި ހަވިއްތަ ފުޓްސަލް ޗެލެނެޖް 2020ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އިން ހޯދައިފިއެވެ. އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދިގުވާޑު އެފްސީ އާއި ބައްދަލުކޮށް 1-0 މޮޅުވެގެންނެވެ.
ފައިނަލް މެޗު ކުޅުން ފެށިގެން ދެ ހާފުގައި ވެސް މޮޅަށް ކުޅެމުން ގޮސްފައި ވަނީ ހޯދަޑު ސްޕޯޓްސްގެ ޓީމުންނެވެ. އިދިކޮޅު ގޯލަށް ބާރު ހަމަލާތަކެއް ފޮނުވި ނަމަވެސް ފުރަމަ ހާފު ނިމުނީ ގޯލެއް ކާމިޔާބު ނުކުރެވި 0-0 އިން ނެވެ.
ދެވަނަ ހާފުގެ ކުޅުން ދެބައިވީ ހިސާބުން ދިގުނޑުު ޓީމުގެ ހާފުގެ އިރުދެކުނު ފަރާތުން މެދުން ހޯދަޑު ސްޕޯޓްސް އަށް ލިބުނު ހިލޭ ޖެހުމެއް ފަހަތަށް ޕާސްކޮށް ލުމުން ފަހަތުގައި ހުރި ކުޅުންތެރިޔާ ގޯލަށް ފޮނުވާލި ބޯޅަގޯލް އޭރިއާ ތެރެއިން ހުރަސް ވެގެން ދިޔަ ވަގުތު ހޯދަޑު ސްޕޯޓްސްގެ ޖޯޒީ ނަމަބރު 16 އެއްފަރުން ފައިންޖަހައި ބޯޅަ ގޯލަށް ވައްދާލައިގެން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ފައިނަލް މެޗުން މޮޅުވެ އެޓީމް މުބާރާތުގެ ޗެމްޕިއަންކަން ހާސިލުކުރިއެވެ.
ހާފުގެ ބާކީއޮތް ވަގުތު ކޮޅުގައި ދިގުވާޑު އެފްސީގެ ކުޅުން ވަރުގަދަކޮށް އެޓޭކަށް ޖެހިލިއެވެ. ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެ މެޗު ނިމުނީ 1-0 ން ހޯދަޑު ސްޕޯޓްސް މޮޅުވެގެންނެވެ.
މިބާރާތުގެ ޗެމްޕއިންކަން ހޯދަޑު ސްޕޯޓްސް އިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއްމެޗު އެއްވަރު ވެގެންނެވެ. ދިގުވާޑު އެފްސީ ފައިނަލާއި ހަމަޔަށް އައީ ގްރޫޕް ސްޓޭޖުގައި 3 ވަނަ ޓީމެއްގެ ފުރުސަތުންނެވެ. އަދި ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ވެސް ކުޅުނު ދެމެޗު އެއްވަރުވުމުން ފައިނަލަށް އާދެވުނީ ޕެނަލްޓީ ޖަހަިއގެން ކުރި ލިބިގެންނެވެ.
މުބާރާތް ނިމުމުން މުބާރާތުގެ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ދިނުން ބާއްވާފައި ވެއެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރއިކީ ނެރަގަނޑު އެފްސީގެ ޖޯޒީ ނަމްބަރު 4 ހުސޭން ޝާރިޙު (8 ގޯލު) އެވެ.

މުބާރާތުގެ ޑްރީމް ޓީމު
މުބާރާތުގެ ޑްރީމް ޓީމުގެ ގޮތުގައި ކުޅުންތެރިންގޮތުގައި ހޮވިފައިވަނީ:
- ގޯލްކީޕަރު އަޝްރަފު އަބްދްﷲ، ޖޯޒީ ނަމްބަރު 1 ހޯދަޑު ސްޕޯޓްސް
- ކުޅުންތެރިޔާ، ހުސޭން ޝާރީހު، ޖޯޒީ ނަމްބަރު 4 ނެރަގަނޑު އެފްސީ
- ކުޅުންތެރިޔާ، އިނާން އަޙުމަދު، ޖޯޒީ ނަމްބަރު 11 ހޯދަޑު ސްޕޯޓްސް
- ކުޅުންތެރިޔާ، ސާދު މުޙައްމަދު ޖޯޒީ ނަމްބަރު 8 މިސްކިތްމަގު އެންމެގެ ގުޅުން
- ކުޅުންތެރިޔާ، މުހައްމަދު ނިޝާޙު، ޖޯޒީ ނަމްބަރު 10 ދިގުވާނޑު އެފްސީ
މުބާރާތުގެ އެންމެ މޮޅު ކޯޗު، ހޯދަޑު ސްޕޯޓްސްގެ އަލީ އަންޝާދު
މުބާރާތުގެ ފެއާ ޕްލޭ ޓީމު ނެރަގަނޑޮ އެފްސީ

މުބާރާތުގެ ފެއާޕްލޭ ޓީމު؛ ނެރަގަނޑޮ އެފްސީ
މުބާރާތުގެ ރަނަރަޕް ޓީމު؛ ދިގުވާޑު އެފްސީ

މުބާރާތުގެ ރަނަރަޕް ޓީމު: ދިގުވާޑު އެފްސީ
މުބާރާތުގެ ޗެމްޕިއަން ޓީމު ހޯދަޑު ސްޕޯޓްސް
މިކަލް ނިއުސް ޓީމުު ރޭންކިން

މިކަލް ނިއުސް ޓީމު ރޭންކިން.
ޚިޔާލުތައް