ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައި މިހާރު ކުޅެވެމުންދާ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު މެޗު ކާމިޔާބުކޮށްގެން ދަޑިމަގު ރަނިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ފައިނަލުގައި އެޓީމުން ވާދަކުރާނީ ދޫނޑިގަލޯނާ ޓީމު އާއެވެ.
މިއަދު ހަވީރު ފުވައްމުލައް ސިޓީ ވެލިދަނޑުގައި ކުޅުނު ސެމީ ފައިނަލު 2 ވަނަ މެޗުގައި ހޯދަޑު ހަވިއްތަ ސްޕޯޓްސް އާއި ވާދަކޮށް ދަޑިމަގު ރަނިން މެޗު ކާމިޔާބުކުރީ 2-9 ގެ ބޮޑު ތަފާތަކުންނެވެ.

މިއަދު ދަޑިމަގު ރަނިން އާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް ބައްދަލުކުރި ސެމީ ފައިނަލް މެޗު 9-2. ފޮޓޯ: ޖޯބޯ ރަޝީދު
މިމުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗު މާލެގަމު ކަނބަލުންގެ މައްޗަށް ކާމިޔާބު ހޯދައިގެން ދޫނޑިގަލޯނާ ޓީމު ވަނީ ފައިނަލުގެ ޖާގަ ހޯދާފައެވެ.

ދަޑިމަގު ރަނިން ހެންޑްބޯޅަ ޓީމު ފޮޓޯ: ދަޑިމަގު ރެކްރިއޭޝަން އެންޑް ސްޕޯޓްސް
މުބާރާތުގެ ފައިނަލަށް ދިޔަ ދެ ޓީމަކީ ވެސް ގްރޫޕް ސްޓޭގުގައި އެއް ގުރޫޕެއްގައި ވާދަކުރި ދެޓީމެވެ. ގްރޫޕް ސްޓޭޖުގަިއ މިދެޓީމު ވާދަކުރި މެޗު 4-0 އަިން ކާމިޔާބުކޮށްފައި ވަނީ ދަޑިމަގު ރަނިން ޓީމުންނެވެ.

ދޫނޑިގަލޯނާ ހޭންޑްބޯލް ޓީމު 2020
މިމުބާރާތުގެ ފައިނަލުގެ މެޗު ކުޅޭނީ މާދަމާ، 7 ސެޕްތެމްބަރު ވާ ހޯމަ ދުވަހު ހަވީރު 4:00 ގައެވެ. މިއަދުގެ މެޗު ބަލަން ވެސް ވަރަށް ގިނަ ސަޕޯޓަރުން ދަނޑަށް ހާޒިރުވެފައި ވެއެވެ.

މިއަދު ދަޑިމަގު ރަނިން އާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް ބައްދަލުކުރި ސެމީ ފައިނަލް މެޗު (9-2) ބަލަން ހާޒިރުވި ބައެއް ސަޕޯޓަރުން
ޚިޔާލުތައް