A wide advertisement which will be shown on all devices. (700 x 100)

ފީފާ ޒުވާނުންގެ ވޯލަޑްކަޕް އިނގިރޭސިން ކާމިޔާބުކޮށްފި

ފީފީ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކުރި އިނގިރޭސި ޓީމު އުފާ ފާޅުކުރަނީ.

 ފާއިތުވި މޭ މަހު 20 ޖޫން މަހު 11 އަށް ދެކުނު ކޮރެއާގައި ކުރިޔަށްދިޔަ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިނގިރޭސި ވިލާތުން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. އިއްޔެ ރޭ ކުޅެވުނު ފައިނަލް މެޗުގައި އިނގިރޭސިން ކާމިޔާބު ހޯދީ 1 ލަނޑު 0 ލަޑުން ވެނެޒުއެލާ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ 3 ވަނަ އިޓަލީން ހޯދީ ޕެނަލްޓީ ޖަހައިގެން 4-1 ން އުރުގުއޭ ބަލިކޮށްގެންނެވެ. ދުނިޔޭގެ 6 ބައްރުން 24 ޓީމު ބައިވެރިވި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އިނގިރޭސި ވިލާތުގެ ޑޮމެނިކް ސޮލާންކޭ އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކީ ވެސް އިނގިރޭސި ޓީމުގެ ފްރެޑީ ވުޑްމެން އެވެ. އެންމެ ގިނަ ގޯލް ޖަހައި ރަން ބޫޓު ހޯދީ އިޓާލީގެ ރިކާޑޯ އޮސޮލިނީ، 5 ގޯލު ޖަހަައި ގެންނެވެ. ފެއަރ ޕްލޭ ޓީމަކީ މެކްސިކޯގެ ޓީމެވެ.

މިފަހަރުގެ މުބާރާތުން އޭޝިއާ ޓީމުތަކަށް ދެވުނީ ކިރިޔާ ދެވަނަ ބުރާއި ހަމައަށެވެ. އެއީ ޖަޕާނާއި ސައުތު ކޮރެއާ އަދި ސައުދި އަރަބިއާއެވެ. މިމުބާރާތުގެ ވެސް ކްއާރޓަރ ފައިނަލަށް ފަހު ފެނިގެންދިޔައީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެބައްރު ކަމުގައިވާ ޔޫރަޕާއި ސައުތު އެމެރިކާގެ ޓީމުތަކެވެ. ކުރިއަރަމުން އަންނަ އެފަރިކާއިން ވެސް ފެނުނީ ކްއާރޓަރ ފައިނަލުން ޒެމްބިއާގެ ޓީމު އެކަންޏެވެ.

ޔޫތު ފުޓުބާާގައި އެންމެ ކާމިޔާބު ޓީމަކީ އާޖެންޓީނާއެވެ. އެމީހުން ވަނީ 6 ފަހަރު މިތަށި ހޯދާފައެވެ. ދެން ބްރެޒިލެވެ. އެމީހުން 5 ފަހަރު ތަށި ހޯދި އިރު ޔުރަޕުން މިތަށި ކިރިޔާ ދެފަހަރު ވެސް ހޯދިފައި ވަނީ ޕޯރޗުގަލާއި ސާބިއާއަށެވެ. 

ދެން ކުރިޔަށް އޮތީ ރަޝިއާގައި ބޭއްވެ ފީފާ ކޮންފެޑެރޭޝަން ކަޕެވެ. އަންނަ ހޮނިހިރު ދުވަހު މިމުބާރާތް ފެށޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !