A wide advertisement which will be shown on all devices. (700 x 100)

ޑިމަރިއާ، މެސީ، ރޮނަލްޑޯއަދި މޮރީނިއޯ ވެސް ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަ ކުރިމަތިވެފައި ވޭ

ސްޕެއިނުގައި ޓެެކްސް ގެ މައްސަލަތައް ދިމާވެފައިވާ މަޝްހުރު ފުޓުބޯޅަ ތަރިން.

މަޝްހޫރު ފުޓުބޯޅަ ތަރިންތަކަކަށް މިވަނީ ސްޕެއިނުގައި ޓެކްސް އަށް މަކަރުހެދުމުގެ ދައުވާކުރެވި ހުކުން އިއްވެމުންނެވެ. އެގޮތުން ލިއޮނެލް މެސީ، ކްރިސްޓިއަނާ ރޮނަލްޑޯ، އެންޖެލް ޑިމަރިއާ އަދި ކޯޗު މޮރީނިއޯއަށް ވެސް ވަނީ ޓެކްސް އަށް މަކަރު ހެދިކަމުގެ މައްސަލަތައް ދިމާވެފައެވެ.

މިއަދު އާއްމުވެގެން އުޅޭ ޚަބަރުގ ބުނާ ގޮތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާރމެން (ޕިއެސްީ) އަށް ކުޅޭމުން އަންނަ އާޖެންޓީނާގެ ވިންގަރ އެންޖެލް ޑި މަރިއާ ސްޕޭނުގައި ޓެކްސް އަށް މަކަރު ހެދުމުން 1.76 މިލިއަން ޕައުންޑުން ޖޫރިމައިނާ ކޮށް 1 އަހަރުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ޑި މަރިއާ ރިއަލް މެޑްރިޑްގައި 2010 ވަނަ އަހަރުން 2014 އަށް ހޭދަކުރި ދުވަސް ވަރު ސްޕެއިންގެ ޓެކްސް އިދާރާތަކަށް ދައްކަންޖެހޭ ފައިސާއަށް މަކަރު ހަދާ އޮޅުވާލާފައި ވާތީ ކުރި މިހުކުމުން، ޖަލު ހުކުމް ތަންފީޒު ކުރާކަށް އޭނާއަށް ނުޖެހޭނެއެވެ. އެހެނީ ސްޕޭނުގެ ގާނޫނުތައް ބުނާ ގޮތުން ކުރީގައި ކުށުގެ ރެކޯޑެއް ނެތް ފަރާތްތައް 2 އަހަރަށް ވުރެ ކުރު މުއްދަތެއްގެ މިފަދަ ޖަލު ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓެއެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ވިންގަރ އަށް މި ހުކުމް އައީ ޓެކްސް އަށް މަކަރު ހެދުމުގެ ދެ މައްސަލައެއްގައެވެ.

މިދިޔަ އަހަރު ބާސެލޯނާގެ މަޝްހޫރު ފޯވަރޑް ލިއޮނެލް މެސީއަށް ވެސް ވަނީ ޓެކްސް އަށް މަކަރު ހެދުމުގެ ހުކުމެއް ސްޕެއިނުގެ ކޯޓުން ކޮށްފައެވެ. އެފަހަރު މެސީއާއި އޭނާގެ ބައްޕަ އަށް ވަނީ 21 މަހުގެ ޖަލުހުކުމެއް އައިސްފައެވެ. ނަމަވެސް އެފަހަރު ވެސް ހުކުމް ތަންފީޒު ކުރާކަށް ނުޖެހުނެއެވެ.

އަދި މަޝްހޫރު ފުޓުބޯޅަ ކޯޗު ޖޯސޭ މޮރީނިއޯ އަށް ވެސް ވަނީ ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުތަކެއްގައި 23 މިލިއަން ޕައުންޑުގެ ޖޫރިމައިނާގެ މައްސަލައަކާއި ކުރިމަތިވެފައެވެ.

ހަމައެއާއެކު މަޝްހޫރު ފުޓުބޯޅަ ތަރި ރިއަލް މެޑްރިޑްގެ ކްރިސްޓިއާނާ ރޮނަލްޑޯ ވެސް ވަނީ 12.9 މިލިއަން ޕައުންޑުގެ އިންކަމް ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލައެއްގެ ތެރޭގައެވެ. އަންނަ ޖުލައިމަހު 31 ގައި ރޮނަލްޑޯގެ މައްސަލަ ސްޕެއިންގެ ކޯޓުން ނިންމާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !