އެފްއޭއެފް ފެސްޓިވަލް 2020 ނަމުގައި ފުވައްމުލަކު އެސޯސިއޭޝަން އޮފް ފުޓްބޯލް އިން ކުރިޔަށްގެންދާ ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލް ބާއްވައިފިއެވެ. މިފަހަރު މިފެސްޓިވަލް ބާއްވާފައިވަނީ މާލެގަމު ފުޓްސަލް ދަނޑާއި ހޯދަޑު ފުޓްބޯޅަ ދަނޑުގައެވެ.
މިފެސްޓިވަލް ކުރިޔަށްގެންގޮސްފައި ވަނީ އިއްޔެ، 27 ނޮވެމްބަރު 2020 ވަނަ ދުވަހުގެ ހަވީރު އާއި މިއަދު އެވެ. ފެސްޓިވަލްގެ ކުޅުން ނިމުމުން ހުރިހާ ބައިވެރިންނަށް މެޑަލް ދިނުން އޮތެވެ. މިއީ ކޮންމެ އަހަރަކުވެސް ފުވައްމުލަކު އެސޯސިއޭޝަން އޮފް ފުޓްބޯލް (ފާފް) އިން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.
މިފަހަރުގެ ފެސްޓިވަލް ގައި ޖުމްލަ 6 ޓީމަކަށް ކުޅުންތެރިން ބަހާލާފައ ިވެއެވެ. އޭގެތެރެގައި 9 އަހަރުން ދަށުގެ 2 ޓީމު ވެސް ހިމެނެއެވެ.

ފާފް އެކަޑެމީގެ ފުޓްބޯޅަ ފެސްޓިވަލް 2020
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުންން “ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” އޮފިޝަލަކު ވިދާޅުވީ މި ފެސްޓިވަލަކީ އެ ޖަމްއިއްޔާގެ ފުޓްބޯޅަ އެކަޑަމީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަން ހަމަޖެހިފައިވާ ފެސްޓިވަލެއް ކަމަށާއި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ކުރިއަރުވާ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އެ ސިޓީއިން އުފެއްދުން ކަމަށެވެ. އޮފިޝަލް އިތުރަށް ވިދާޅުވީ މި މުބާރާތުގައި ކުޅޭ ކުދިންގެ ތެރެއިން 2 ކުދިން ނުވަތަ 5 ކުދިން ގައުމީ ޓީމުގައި ހިމެނޭ ލެވެލަށް ނުވަތަ ޔޫތް ޓީމް ތަކުގައި ހިމެނިގެދާ ފެންވަރަށް ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ތަމްރީނު ކުރެވިގެން ދާނެކަމަށެވެ.
މި ކުދިން ތަމްރީނު ކުރެވެނީ ގައުމީ ފެންވަރަށް ކަމަށާއި ކުދިންނަށް ކޯޗުކޮށް އެއެފްސީ ކޮށްދެނީ “ސީ ލައިސަންސް” އޮންނަ އެފްއޭމް ގަބޫލުކުރާ ކޯޗެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ކޯޗުންނާއި އެސިސްޓެންޓް ކޯޗުން އެކަޑަމީގައި ތިބޭ ކަމަށެވެ.

ފާފް އެކަޑެމީގެ ފުޓްބޯޅަ ފެސްޓިވަލް 2020
މީގެ ކުރިން “ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” އިން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވަނީ ކޯޗުންގެ އެހީ ފޯރުކޮށްދީ އެކި މުބާރާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެފަރާތުން ކުރިއަށް ގެންދާ ތަފާތު އެކި ކަންކަމުގައި ބެލެނިވެރިންގެ ހިއްސާ ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.
ޚިޔާލުތައް