A wide advertisement which will be shown on all devices. (700 x 100)

ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމަށް

ކަނބުލޮމެންގެ ހޭންދްބޯލަ މުބާރާތް 2020 ޗެމްޕއިން ޙޮދަޑު ސްޕޯރޓްސް ޔަންގް ސްޓާރސް. ފޮޓޯ: އައިޝާ

ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމު ހޯދައިފިއެވެ. އިއްޔެ ހަވީރު ކުރެޅުނު މުބާރާތުގެ ފައިނަލް މެޗު ހޯދަޑު ސްޕޯރޓްސް ޔަންގް ސްޓާސް ޓީމުން ކާމިޔާބުކުރީ ދިގުވާޑު އަފުން ޓީމާއި ވާދަކޮށް 5-4 އިން މޮޅުވެގެންނެވެ.

ފައިނަލް މެޗަށް ނިކުތް އިރު މުބާރާތުގެ ފޭވަރިޓުންނަކީ ދިގުވާޑު އަފުން ޓީމެވެ. މުބާރާތުގެ ފައިނަލަށް އެޓީމު ދިޔައީ ކުޅުނު އެއްވެސް މެޗަކުން އަދި ބަލި ނުވެއެވެ. މިދެޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 9-3 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައި ވަނީ ދިގުވާޑު އަފުން ޓީމެވެ. ވުމާއެކު ފައިނަލް މެޗަށް ނުކުތްއިރު ގިނަބަޔަކު ހީކުރީ ފަސޭހަކަމާއެކު ދިގުވާޑު އަފުން ޓީމުން މުބާރާތުގެ ތަށި ގެންދާނެ ކަަމަށެވެ. ނަމަވެސް ހޯދަޑު ޓީމުގެ ކުޅުން ބޮޑުތަން ރަނގަޅުކޮށް ފައިނަލް މެޗުން ކުރިހޯދިއެވެ.

ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އުފާ ފާޅުކުރަނީ

އިއްޔެ ހަވީރު ހަވީރު 4:30 ގައި ކުޅެވުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ގެ އައިމިނަތު ނައިހާ އުސާމަތު އެވެ.

މުބާރާތުގެ ވަނަތަކަށް ހަނދާނީ ލިޔުމާއި މެޑެލް އަދި ޓްރޮފީ ދިނުން އިއްޔެގެ މެޗަށްފަހު އޮތެވެ. މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހޯދަޑު ސްޕޯރޓްސް ޔަންގް ސްޓާސްގެ ޓީމުގެ 2 ކުޅުންތެރިންނާއި މުބާރާތުގެ ރަނަރަޕް ޓީމުގެ ގޮތުގައި ހޮވުނު ދިގުވާޑު އަފުން ޓީމުގެ 2 ކުޅުންތެރިން އަދި މާދަޑު ފިސްޑާ ޖޫނިއަސްގެ 2 ކުޅުންތެރެިން ހިމެނުނެވެ.

16ދ. ހޭންޑްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިން. ފޮޓޯ؛ އައިޝާ

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން:

  1. އައިޝަތު އަލީޝާ އަލީ (ގޯލް ކީޕަރު) – ހޯދަޑުސ. ޔަންގް ސްޓާރސް
  2. ފާތިމަތު އަފްޝާ އަލީ (ޖ.2) – ހޯދަޑުސ. ޔަންގް ސްޓާރސް
  3. އަނުމް ޝާފީ(ޖ.10) – އަފުން ޓީމު (ދިގުވާޑު)
  4. ޝުހާ ޝިހާބު (ޖ.11) – އަފުން ޓީމު (ދިގުވާޑު)
  5. އައިޝަތު ޔަނާލް އަބްދުﷲ ފިސްޑާ ޖޫނިއަރސް (މާދަޑު)
  6. ނާޝީ ނަޝީދު އަބްދުﷲ ފިސްޑާ ޖޫނިއަރސް (މާދަޑު)
  7. ފާތިމަތު އަލްޔާ (ޖ.12) މިސްކިތްމަގު ޖޫނިއަރސް

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އަފުން ޓީމު (ދިގުވާޑު)ގެ ޖ.10 އަނުމް ޝާފީ އެވެ. އޭނާ ވަނީ ކުޅުނު 5 މެޗުން 9 ގޯލު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ހޯދަޑު ސްޕޯރޓްސް ޔަންގް ސްޓާސްގެ ޓީމުގެ ކޯޗު ޚަދީޖާ އިބްރާހިމް އެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ މިސްކިތްމަގު ޖޫނިއަސް ޓީމެވެ.

މުބާރާތުން ހޯދަޑު ސްޕޯރޓްސް ޔަންގް ސްޓާސް އިން ހޯދި ކާމިޔާބީ…

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ހޯދަޑު ސްޕޯރޓްސް ޔަންގް ސްޓާސްގެ މެނޭޖަރު އާއިޝަތު ރަޝީދާ ހާމަކުރެއްވި ގޮތުގައި ޓީމަށް ހޯދަޑުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ޚާއްސަކޮށް ކޯޗު ޚަދީޖާ އިބްރާހިމްއަށް ޓީމުގެ އެންމެންގެ ފަރާތުން ޚާއްސަ ޝުކުރެއް ދައްނަވާކަމަށެވެ.

ޖުމްލަ 6 ޓީމަކުން ވާދަކުރި މިމުބާރާތަކީ މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ 16 އަހަރުން ދަށުގެ އަންހެންކުދިންގެ ހޭންޑްބޯޅަ މުބާރާތެކެވެ. މުބާރާތް ކުޅެފައިވަނީ ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައެެވެ.

ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދި. ފޮޓޯ އައިޝާ

މިއީ ކުޑަކުދިންގެ މެދުގައި ހޭންޑްބޯޅަ ކުޅުމަށް ޝައުގުވެރިކުރުވުމަށާއި ކޮވިޑް-19ގެ ސަބަބުން ސްކޫލް ޗުއްޓީ ދުވަސްވަރު ރަށުން ބޭރަށް ދަތުރުކުރުމަށް ހުރަސްތަކެއް ހުރުމާއެކު ރަށުގައި ތިބެގެން އުފާވެރި ދުޅަހެޔޮ ޗުއްޓީއެއް ހެދަކުރުމަށް މަގުފަހުކުރުމަށް ފުވައްމުލަކުގެ 8 އަވަށަށް އަމާޒުކޮށްގެން ބޭއްވި މުބާރާތެއް ކަމަށް މިމުބާރާތް އިންތިޒާމުކުރި މިސްކިތްމަގު އެންމެންގެ ގުޅުމުން ހާމަކުރެއެވެ.

މުބާރާތުގެ ރަނަރަޕް ޓީމް. ދިގުވާޑު އަފުން ޓީމު

ފުވައްމުލަކުގައި މީގެ ކުރިން ހޭންޑްބޯޅަ ދެ މުބާރާތެއް ބާއްވާފައި ވެއެވެ. އެގޮތުން މިއަހަރު ސެޕްޓެމްބަރު މަހު ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި މުބާރާތް ކާމިޔާބުކުރީ ދަޑިމަގު ރަނިން ޓީމެވެ. ފާއިތުވި 2019 ވަނަ އަހަރު ބޭއްވި ޕޮލިސްކަޕް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީ އެމްޖޭއެސް ޓީމެވެ.

ފައިނަލް މެޗު ޙޮދަޑު ސ.ޔސ 5-4 ދިގުވާޑު އަފުން ޓީމު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !