މިފަހަރުވެސް ދަޑިމަގު އަވަށުން ބޮޑުޢީދުގެ ކުޅިވަރުތައް ފޯރިއާއެކު މިއަދު ހެނދުނު ފަށައިގެން ކުރިޔަށް އެބަގެންދެއެވެ. ދަޑިމަގު އަވަށުގެ ޢީދު ކުޅިވަރުތައް ކުރިޔަށް ގެންދަނީ ދަޑިމަގު ފަންނުގައެވެ.
މިއަދު ހެނދުނު ފުރަތަމަ ފެށީ ފިރިހެނުންގެ ވެޓަރަންސް ފުޓުބޯޅަ މެޗަކުންނެވެ. ވާރޭގެ ތެރޭގައި ވެސް މެޗު ކުޅުނީ ވަރަށް ފޯރީގައި ކަމަށް މިކަލް ނޫހަށް މަޢުލޫމާތު ލިބެއެވެ.
ދަޑިމަގު ބޮޑު ޢީދު ކުޅިވަރު ކެލެންޑަރަށް ބަލާލާއިރު މާދަމާ ހެނދުނު 8:30ގައި އަންހެން ފުޓްބޯޅައާއި ފިރިހެނުންގެ ހޭންޑް ބޯލް، މެންދުރުފަހު 2:00 ން އެކި ކުޅިވަރުތަކުގެ ޓީމް އިވެންޓްތައް އަދި ހަވީރު 4:00ގައި އާއްމު ކުޅިވަރުތަކުގެ އިތުރުން ޚާއްސަ އިވެޓެއް ބޭއްވުމަށް ތާވަލް ކުރެވިފައި ވެއެވެ.
ޢީދުގެ 3 ވަނަ ދުވަހު ހެނދުނު ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މެންދުރުފަހު 2:00 ން އެކި ކުޅިވަރުތަކުގެ ޓީމް އިވެންޓްތައް އަދި ހަވީރު 4:00ގައި އާއްމު ކުޅިވަރުތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޢީދުގެ 4 ވަނަ ދުވަހު ހެނދުނު ޓްރަޔަލް ޜޭހެއް ބާއްވާއިރު ހަވީރަށް ރާވާފައި ވަނީ ޢައްމު ކުޅިވަރުތަކެވެ.
ދަޑިމަގު އަވަށަކީ ޒަމާނުއްސުރެ މެދުނކެނޑުމެއްނެތި ކުލަގަދަކޮށް ޢީދު ދުވަސް ފާހަގަކުރަމުން އަންނަ އަވަށެކެވެ.
ޚިޔާލުތައް