A wide advertisement which will be shown on all devices. (700 x 100)

އެތުލެޓިކްސް މުބާރާތުގައި އެމްޖޭއެމާއި ޏ.އޭއީސީ ކުރީގައި

ޏ.އޭއީސީގެ ދަރިވަރުން އެތުލެޓިކްސް އިވެންޓްތަކަށް ވޯމައަޕް ކުރަނީ

މިހާރު މާލޭ ޓްރެކް ދަނޑުގައި ކުރިޔަށްދާ 20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި މަދަރުސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އާއި ޏ.އޭއީސީ ކުރައަށް ޖެހިލައިފިއެވެ. ސައުރަ ތިރީސް ސްކޫލަކުން ވާދަކުރާ މިމުބާރާތުގައި އެމްޖޭއެމް ވަނީ 11 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ އެންމެ ކުރީގައެވެ. އަދި ޏ. އޭއީސީ އޮތީ އެސުކޫލް ވާދަކުރާ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންވެސް ވަނީ ކުރި ހޯދާފައެވެ.

އެމްޖެއެމް 11 އަހަރުން ދަށުގެ ފިރިހިހެން ކުދިންގެ ބައިން 10 ޕޮއިންޓައެކު 1 ވަނާގައި އޮތް އިރު ޙޭޒް އޮތީ އެބައިގެ 5 ވަނާގައި 3 ޕޮއިންޓާއެކުއެވެ. އަދި މިއުމުރުފުރައިގެ އަންހެން ކުދިންގެ ބައިގެ 1 ވަނާގައި އެމްޖޭއެމް އޮތީ 17 ޕޮއިންޓާއެކު އެވެ. އަދި 4 ވަނާގައި ހޭޒް 5 ޕޮއިންޓާއެކު އޮތް އިރު 5 ވަނާގައި ފުވައްމުލަކު ސްކޫލް އޮތީ 3 ޕޮއިންޓާއެކު އެވެ.

ޏ.އޭއީސީން ބައިވެރިވި 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ އެއްވަ އެޓީމަށް ލިބެނީ 34 ޕޮއިންޓުންނެވެ. 2 ވަނަ ހދ. ކުޅުދުއްފުށި އަފީފުއްދީ ސްކޫލަށް 19 ޕޮއިންޓުން ލިބޭ އިރު 3 ވަނާގައި ގދ.އޭއީސީ އޮތީ 16 ޕޮއިންޓާއެކު އެވެ.

މިއުމުރުފުރައިގެ އަންހެން ކުދިންގެ ބައިން ގދ. އޭއީސީ އާއި ތާޖުއްދީން ސްކޫލް 1 ވަނާގައި އޮތީ 20 ޕޮންއިންޓާއެކުއެވެ. ޏ.އެއީސީ އަށް 5 ވަނަ ލިބެނީ 8 ޕޮއިންޓުނެނެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ 1 ވަނަ ޏ. އޭއީސީއަށް ލިބެނީ 26 ޕޮއިންޓުންނެވެ. ދެވަނަ ގދ.އޭއީސީއަށް 18 ޕޮއިންޓ އަ އަދި 3 ވަނަ ކަލާފާނު ސްކޫލަށް ލިބެނީ 10 ޕޮއިންޓުންނެވެ. މި އުމުރުފުރައިގެ އަންހެން ކުދިންގެ ބައިން ޏ.އޭއީސީއަށް 1ވަނަ ލިބެނީ 28 ޕޮއިންޓުނެވެ. ދެވަނަ މަދަރުސަތުލް އަހުމަދިއްޔާއަށް 21 ޕޮއިންޓން ލިބޭއިރު 3 ވަނަ ސީއެޗްއެސްސީއަށް ލިބެނީ 18 ޕޮއިންޓުނެނެވެ.

މީގެ އިތުރުން އެކިއުމުރު ފުރާތަކުން ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ ރަންމެޑެލާއި ރިހިމެޑެލް އަދި ބްރޯންޒް މެޑެލް ހޯދާފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !