ތުރުކެމެނިސްތާންގެ އަޝްޣަބަތުގައި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 17ން 27އަށް ކުރިޔަށްދާ 5 ވަނަ އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ އުއްމީދީ ދެދުވުންތެރިންކަމަށްވާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި އަލީ ޝާމް ހިމެނެއެވެ. މިމުބާރާތަށް އެކުލަވާލި ޓީމްގައި ހިމެނެނީ 4 އެތުލީޓުންނެވެ. އަޝްފާނާއި، ޝާމްގެ އިތުރުން މިޓީމުގައި ހިމެނެނީ މުޙައްމަދު ނާޢިލް، އަދި އަޙްމަދު އަނޫފް މުޙައްމަދު އެވެ. މިޓީމުގެ ކޯޗަކީ ނޭޝަނަލް މިޑްލް ޑިސްޓެންސް ކޯޗް ޢަބްދުﷲ އިބްރާހީމް އެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އިންޑޯ އެތުލެޓިކްސްގެ ފިރިހެނުންގެ ބައިގައެވެ.
މުބާރާތުގައި އިބްރާޙީމް އަޝްފާން ޢަލީ އާއި އަޙްމަދު އަނޫފް މުޙައްމަދު ވާދަކުރާނީ ފިރިހެނުންގެ 60މ ދުވުމުގައެވެ. މުޙައްމަދު ނާއިލްއާއި ޢަލީ ޝާމް ވާދަކުރާނީ ފިރިހެނުންގެ 400މ ދުވުމުގައެވެ.



ޚިޔާލުތައް