A wide advertisement which will be shown on all devices. (700 x 100)

ކޮކާކޯލާ ރަން އިން އައްޑޫ ހާފް މެރަތަން ބައިން އެއްވަނަ ހަސަން އާމިރަށް

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން 312 ބައިވެރިންނާއިއެކު ކުރިއަށްގެންދިޔަ “ކޮކާކޯލާ ރަން އިން އައްޑޫ” ގެ ހާފްމެރަތަން ބައިން އެއްވަނަ ފުވައްމުލަކު ބީޗްވޭ، ހަސަން އާމިރު ހޯދައިފިއެވެ. ހަސަން އާމިރު މިރޭސް ނިންމާފައި ވަނީ 1:50:16 އިންނެވެ. މިރޭހުގެ 2ވަނަ ލިބިފައި ވަނީ މުހައްމަދު އިސްމާއިލަށެވެ. އިސްމާއީލް ރޭސް ނިންމާފައިވަނީ 1:56:23 އިންނެވެ.  

މި އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރު ސަރަހައްދުން ފަށާފައިވާއިރު އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ. އަދި ހާފް މެރެތަން (21 ކިލޯމީޓަރު) ފަށާފައިވަނީ އެއާޕޯޓުގެ ޓާމިނަލް ކުރިމަތިންނެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމާލާފައިވަނީ ކޮންވެންޝަން ސެންޓަރަށެވެ.

މި އިވެންޓަށް އައްޑޫއިން ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މާލެއިން ވެސް ރޭހުގަައި ބައިވެރިވުމަށް ދުވުމުގެ ބައިވެރިން ވަނީ އައްޑޫއަށް ގޮސްފައިވައެވެ.

ހަސަން އާމިރު ވަނީ އައްޑޫގައި މީގެ ދުވަސްކޮޅެއް ކުރިން ބޭއްވި “އައްޑޫ މެރެތަން “އިން 10 ކިލޯމީޓަރު ދުވުމުން ދެވަނަވެސް ހޯދައިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !