ފުވައްމުލަކުގެ ޒުވާން ކުދިންނަށް (ޔޫތް ޑިވެލެޕްމެންޓް ޕްރޮގްރާމް- ވައިޑީޕީ) ވޮލީބޯޅަ ޕްރޮގްރާމެއް ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ. ޒުވާނުންގެ މަރުކަޒުގެ ވޮލީބޯޅަ ކޯޓުގައި ކުރިޔަށްދާ މިތަމްރީނުތަކުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައި ވެއެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ވޮލީބޯޅަ އެސޯސިއޭޝަން އަދި ޔޫތު ސެންޓަރު ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގުރާމް ކުރިޔަށް ގެންދަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކޯޗު، ވޮލީގެ ނަމުން މަޝްހޫރު ޗިޗޫ ގެ ބެލުމުގެ ދަށުންނެވެ. ޗިޗޫ އާއެކު މިޕްރޮގްރާމުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވަނީ ދާދި ފަހުން ފުވައްމުލަކުގައި ބޭއްވުނު ވޮލީބޯޅަ ކޯޗުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފުވައްމުލަކުގެ ކޯޗުންނެވެ.
މިހާތަނަށް މިޕްރޮގްރާމުގައި 110 އަށް ވުރެ ގިނަ ކުދިން ބައިވެރިވެގެން ޓްރެއިން ހަދަމުން ދެއެވެ. ބައިވެރިވުމަށް ޝައުގުވެރިވާ އިތުރު ކުދިންނަށް ވެސް ފުރުސަތު އޮތް ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން ހާމަކުރެއެވެ.
ދެޖިންސުގެ ކުދިންނަށް ކުރިޔަށް ގެންދެވޭ މިޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ރޭވެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިއީ ދިގު މުއްދަތަކަށް ފުވައްމުލަކުގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.



ޚިޔާލުތައް