A wide advertisement which will be shown on all devices. (700 x 100)

ފީީފާގެ މިއަހަރުގެ އިނާމުތަކަށް ކުޅުންތެރިން ޝޯރޓް ލިސްޓް ކޮށްފި

މިއަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 3 ކުޅުންތެރިން، ނެމާ، ރޮނަލްޑޯ އަދި މެސީ

ބައިނަލް އަގުވާމީ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ކޮންމެ އަހަރަކު ހޮވާ ވަނަތަކަށް ވާދަކުރާ އެންމެ މޮޅު 3 ކުޅުންތެރިންގެ ނަން އާއްމުކޮށްފިއެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިން

ފީފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާއަށް މިއަހަރު ވާދަކުރަނީ ކުރީ ދެ އަހަރުގެ މަގާމު ހާސިލުކުރި ރިއާލް މެޑްރިޑްގެ ކްރިސްޓިއާނާ ރޮނަލްޑޯ އާއި ވާދަވެރި ބާސެލޯނާގެ ލިއޮނެލް މެސީގެ އިތުރުން ކުރިން ބާސެލޯނާގައި ކުޅުނު (މިހާރު ފްރާންސްގެ ޕީއެސްޖީއއަށް ކުޅޭ) ނޭމާ އެވެ.

ކުރިން ފްރާންސްގެ ކުޅިވަރު މަޖައްލާއަކާއި ގުޅިގެން ހޮވަމުން އައި ބެލޮންޑިއޯ އެވޯޑާއި ފީފާއިން ވަކި ވުމަށް ފަހު މިމަގާމު އަލުން ހޮވަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

މިމަގާމަށް މީހުން ހޮވުމުގައި ފީފާއިން އަމަލުކޮށްފައި ވަނީ ބެލޮންޑިއޯ އެވޯޑާއި ތަފާތު ގޮތަކަށެވެ. އެގޮތުން ފުޓުބޯޅައިގެ މަޝްހޫރު ލެޖެންޑުންގެ ގްރުޕަކުން ޝޯރޓް ލިސްޓްކުރާ 24 ކުޅުންތެރިންނަށް ކަނޑައެޅޭ ގްރޫޕްތަކަކުން ވޯޓު ދީގެންނެވެ. މިފަހަރުގެ ލެޖެންޑުންގެ ގޮތުގައި އާރޖެންޓީނާގެ ޑިއެގޯ މަރަޑޯނާއާއި ބްރެޒިލްގެ ޕެލޭ، ކަފޫގެ އިތުރުން ސްޕެއިންގެ ކާލޯސް ޕުޔޯލް ހިމެނެއެވެ.

މި 24 ކުޅުންތެރިންނަށް ވޯޓު ދޭނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން އަދި ކަނޑައެޅޭ މީޑިއާގެ ފަރާތްތަކުގެ އިތުރުން ފީފާއިން ކަޑައެޅި ލެޖެންޑުންގެ ޓީމުންނެވެ. މިވޯޓު ދިނުން އޮތީ ފާއިތުވި އޮގަސްޓް 21 ން ސެޕްޓެމްބަރު 7 ގެ ނިޔަލަށެވެ. މާކްސް ދީފައި ވަނީ މި 4 ގްރޫޕުގެ ވޯޓުން ވެސް އެއްވަރަކަށް ހިއްސާވާ ގޮތަށެވެ.

ސްޕެއިންގެ ރެއަލް މެޑްރިޑްގެ 13 ކުޅުންތެރިއަކު މިފަހަރުގެ 24 ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ. މިއީ އެއް ޓީމަކުން މިހާ ގިނަ ކުޅުންތެރިން ޝޯރޓުލިސްޓް ވި ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު 3 ކޯޗުންގެ ގޮތުގައި ނޮމިނޭޓް ވެފައި ވަނީ ޒިދާން، ކޮންޓޭ އަދި އަލްގޭރީ އެވެ.

އެންމެމޮޅު 3 ގޯލް ކީޕަރުންނަކީ ބުފަން، ކާރލޯސް ނަވާސް އަދި މެނުއަލް ނޯޔާ އެވެ.

މީގެ އިތުރުން ފީފާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލް “ފީފާ ޕުސްކާސް އެވޯޑް”އަށް ވަނީ 10 ގޯލެއް ނޮމިނޭޓު ކުރެވި އާއްމުންގެ ވޯޓަށް ހުޅުވާލެވިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !