މިހާރު ކުރިއަށްދާ ބުޗާ ކަޕް 2017ގެ ގުރޫޕް އޭގެ ފަހުމެޗުގައި މިއަދު ހަވީރު ފުވައްމުލަކު ޒުވާނުންގެ ރޫހޫ (ދިގުވާނޑު) ޓީމާއި ޕީސް ރިކްރިއޭޝަން އޮފް ސޮސައިޓީ (ހޯދަޑު) ޓީމު ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުން ބަލިވި ކަމުގައި ވިޔަސް، ހޯދަޑު ޓީމަށް ވަނީ ހަނި ގޮތަކަށް ސެމީ ފައިނަލުގެ 2 ވަނަ ޖާގަ ލިބިފައެވެ. ދިގުވާނޑު ޓީމު މި މެޗުން މޮޅުވި ނަމަވެސް އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައްމުލަކު ޒުވާނުންގެ ރޫޙުގެ ޖާޒީ ނަމްބަރު 11 މުޙައްމަދު ސައީދެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުން މޮޅުވެގެން ދިގުވާނޑު ޓީމު ސެމީ ފައިނަލަށް ދިއުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް މިއަދުގެ މޮޅާއެކު ދިގުވާޑު ޓީމަށް 4 ޕޮއިންޓް ލިބުނު އިރު ހޯދަޑު ޓީމަށް ވަނީ 4 ޕޮއިންޓެ ލިބިފައެވެ. ފައިދާ ގޯލެއް ހޯދަޑު ޓީމަށާއި ދިގުވާނޑު ޓީމަށް ވެސް ނެތް އިރު 1 ގޯލު އިތުރަށް ޖަހައިގެން ހޯދަޑު ޓީމަށް ކުރި ލިބެއެވެ.
| BUCHA CUP 2017 | ||||||||
| Grp: A | P | W | D | L | GF | GA | GD | Pt |
| FSC | 3 | 2 | 1 | 0 | 4 | 2 | 2 | 7 |
| PRS | 3 | 1 | 1 | 1 | 4 | 4 | 0 | 4 |
| FZR | 3 | 1 | 1 | 1 | 3 | 3 | 0 | 4 |
| MEG | 3 | 0 | 1 | 4 | 2 | 4 | -2 | 1 |
| Grp B | P | W | D | L | GF | GA | GD | Pt |
| DZJ | 1 | 1 | 0 | 0 | 7 | 0 | 7 | 3 |
| MYF | 1 | 1 | 0 | 0 | 3 | 0 | 3 | 3 |
| VNJ | 2 | 0 | 0 | 2 | 0 | 10 | -10 | 0 |
ސެމީ ފައިނަލުގައި ބައްދަލު ކުރާނީ ކްރޮސްކޮށް ގްރޫޕް އޭ ގެ 1 ވަނަ ޓީމާއި ގްރޫޕް ބީ ގެ ދެވަނަ ޓީމެވެ. އަދި ގްރޫޕް ބީ ގެ 1 ވަނަ ޓީމާއި ގްރޫޕް އޭ ގެ 2 ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރުއެވެ. މިމެޗު ވިލާ ޓީވީން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަންނަ އަހަރު މިމުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށް މުބާރާތުގެ ފައުންޑަރ ބުޗާ ވަނީ ރޭ ވިލާ ޓީވީގައި ހާމަކޮށްފައެވެ.



ޚިޔާލުތައް