ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ކުރިޔަށްގެންދިޔަ ކްރިކެޓް މުބާރާތް އިއްޔެ ނިންމާލައިފިއެވެ. މިމުބާރާތުގެ ކުޅުން ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައެވެ. ފުވައްމުލަކުގެ ސްކޫލްތަކުގެ ޖުމްލަ 11 ޓީމަކުން މިމުބާރާތުގައި ދެބަޔަކަށް ވާދަކޮށްފައި ވެއެވެ. އެއީ އަންހެން ކުދިންގެ ބައިގައި 3 ޓީމު އަދި ފިރިހެންކުދިންގެ ބައިގައި 8 ޓީމެވެ.
މިމުބާރާތުގެ ފައިނަލް މެޗު އިއްޔެ ވަނީ ކުޅެފައެވެ. ފިރިހެން ކުދިންގެ ޗެމްޕިއަން ޓީމަކީ އެމްޖޭއެސް ގެ އޭ ޓީމެވެ. މިބައިގެ ރަނަރަޕް ޓީމަކީ ހޭޒް ގެ އޭ ޓީމެވެ. އަންހެންކުދިންގެ ޗެމްޕިަންކަން ހޯދީ ހޭޒްގެ އަންހެން ޓީމެވެ. އަހެންހެން ކުދިންގެ ބައިގެ ރަނަރަޕްކީ އެމްޖޭއެސްގެ ޓީމެވެ.
މީގެ އިތުރުން މުބާރާތުގެ އެކިވަނަތަކަށް ތައްޓާއި ހަނދާނީ ލިޔުން ދިނުން އިއްޔެ ވަނީ ބާއްވާފައެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: ހާފިޒް އަޙުމަދު ސްކޫލުގެ މުޙައްމަދު އާލިމް.
މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ހާފިޒު އަޙުމަދު ސްކޫލުގެ އާއިޝަތު މައިހާ.
ކޮންމެ ޓީމަކުން ވެސް އެންމެ މިޅު އުކުންތެރިޔާއއި އެންމެ މޮޅު ބެޓްސްމަން ވަނީ ހޮވާފައެވެ.
ހޭޒް އަންހެން ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): އާއިޝަތު މާހީ. އެންމެ މޮޅު ބެޓްސްމަން: އާއިޝަތު މައިހާ
އެމްޖެއެސް އަންހެން ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): ފާތިމަތު އަނާލް. އެންމެ މޮޅު ބެޓްސްމަން: ޙާއްވާ ރަފާ
އެފްއެސް އަންހެން ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): މަރިޔަމް ސުހާ. އެންމެ މޮޅު ބެޓްސްމަން: އާއިޝަތު ނާހޫ
އެފްއެސް ފިރިހެން ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): އަލީ އަމީން އަޙުމަދު. އެންމެ މޮޅު ބެޓްސްމަން: މުޙާއްމަދު ރިއާން
އެމްޖޭއެސް ފިރިހެން އޭ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): ހުސައިން ރާއިޝް. އެންމެ މޮޅު ބެޓްސްމަން: އަޙުމަދު އަނަސް.
އެމްޖޭއެސް ފިރިހެން ބީ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): އަޙުމަދު އާއިން. އެންމެ މޮޅު ބެޓްސްމަން: ޖޫދު އަޙުމަދު.
އެމްޖެއެސް ފިރިހެން ސީ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): މުޙައްމަދު ހައިޝަމް. އެންމެ މޮޅު ބެޓްސްމަން: އައިހަމް އަފީފު
ހޭޒް ފިރިހެން އޭ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): މުޙައްމަދު ޢާލިމް. އެންމެ މޮޅު ބެޓްސްމަން: އަޙުމަދު ޒާދު.
ހޭޒް ފިރިހެން ބީ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): އަޙުމަދު މާޒިން. އެންމެ މޮޅު ބެޓްސްމަން: ހަށަން އައިހަމް
ހޭޒް ފިރިހެން ސީ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): ޢަހުމަދު ޝާރިން. އެންމެ މޮޅު ބެޓްސްމަން: ޝަޖަން އިބްރާހިމް.
ހޭޒް ފިރިހެން ޑީ ޓީމު: އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ): މުޙައްމަދު ޢާއިލް. އެންމެ މޮޅު ބެޓްސްމަން: މުޙައްމަދު މާއިލް.
މުބާރާތުގެ ވަނަތަކަށް އިނާމު ބައްސަވާދެއްވީ މުހާއްމަދު ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލު އާރިފާ އަބްދުލް މަޖީދާއި ހާފިޒް އަޙުމަދު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު އާއި ސިއެރާ ފުވައްމުލަކު ބްރާންޗުގެ މެނޭޖަރު މިސްޓަރ ބަންޑާރަ އާއި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުއެވެ.



ޚިޔާލުތައް