ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމަންޓްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފުވައްމުލަކު އެމްޕީއެލް ޓީމުން ހޯދައިފިއެވެ. ރޭ ކުޅެވުނު ފައިނަލް މެޗް އެމްޕީއެލްގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-6 ލަޑުން ދޫޑިގަލޯނާ ޓީމު ބަލިކޮށްފައެވެ.
ރޭ ކުޅެވުނު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީއެފް ގާލްސްއެވެ.އެފްސީއެފް ގާލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ފުވައްމުލަކު ޕޮލިސް ޓީމާއި ވާދަކޮށް 4-0 ލަޑުންނެވެ.
+1
+1



ޚިޔާލުތައް