ގިނަ ރެކޯޑު ތަކާއެކު ޕްރިމިއަރ ލީގު ހޯދި މެންޗެސްޓަރ ސިޓީގެ ޓީމުން ކާމިޔާބީގެ ޕެރޭޑެއް މެންޗެސްޓަރގައި މިހާ ކުރިޔަށް އެބަ ގެންދެއެވެ. މެންޗެސްޓަރ ސިޓީން 2017/2018ގެ ސީޒަން ކާމިޔާބުކުރީ ޕްރިމިއަރ ލީގުގެ ގިނަ އައު ރެކޯޑުތަކަކާ އެކުގައެވެ. އެޓީމުން ވަނީ މިހާތަނަށް އެންމެ ކުރިން ލީގު ކާމިޔާބު ކުރުމުގެ ޔަގީންކަން ހޯދި ޓީމުގެ ޝަރަފު ވެސް ހޯދާފައެވެ.
މެންޗެސްޓަރ ސިޓީއިން، މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ އިރުޝާދުގެ ދަށުން ކާމީޔާބީއަކީ މިހާތަނަށް އިނގިރޭސި އެއްވެސް ކްލަބަކަށް ޕްރިމިއަރ ލީގުގެ ދިގު ތާރީޚުގައި ވެސް ހޯދިފައިވާ ކާމިޔާބީ ތަކެއް ނޫނެވެ.
ޕްރިމައަރ ލީގުގެ މިފަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލިވަރޕޫލްގެ މުހައްމަދު ސަލާހް އެވެ. އެނާ ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައި އެއްސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު 32 ގޯލުން ހަދައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައެވެ.
މެންޗެސްޓަރ ސިޓީން މިފަހަރު ގާއިމުކުރި ރެކޯޑުތައް
1. އެންމެ ކުރިން ލީގު ކާމިބު ކުރިކަމުގެ ޔަގީންކަން ހޯދުން (4 މެޗު ކުރިޔަށް އޮތްވައި ޗެމްޕިއަންސް ކަން ޔަގީން ކުރެވުން)
2. އެސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދުން. (38 މެޗުން 100 ޕޮއިންޓް ހޯދައިގެން)
3. އެންމެ ގިނަ މެޗުން މޮޅުވެ ލީގު ހޯދުން (ޖުމްލަ 32 މެޗުން މޮޅު ވެގެން)
4. ވިދިވިދިގެން އެންމެ ގިނަ މެޗުން މޮލުވުމުގެ ރެކޯޑު (18 މެޗުން މޮޅުވެގެން)
5. އެންމެ ގިނަ އަވޭ މެޗުން މޮޅުވުން މޮޅުވުން (އަވޭ 16 މެޗުން މޮޅު ވެގެން)
6. އެންމެ ގިނަ ގޯލު ޖަހައިގެން ސީޒން ކާމިޔާބު ކުރުން (105 ގޯލު ޖަހައިގެން)
7. އެންމެ ބޮޑު ފައިދާ ގޯލު ތަފާތަކުން ސީޒަން ކާމިޔާބު ކުރުން (79+ ގޯލު)
8. އެންމެ ކައިރިން ވާދަކުރާ ޓީމަކާއި އެންމެ ބޮޑު ތަފާތެއް ހޯދައިގެން ލިގު ކާމިޔާބުކުރުން (19 ޕޮއިންޓްގެ ތަފާތަކުން)
9. އެންމެ ގިނަ ޕާސް ފުރިހަމަކުރި ޓީމުގެ ރެކޯޑު (904 ޕާސް ފުރިހަމަ ކޮށްގެން)
މި ސީޒަންގައި ސިޓީން ބޭނުންވި އެއް ރިކޯޑު ކަމަށްވާ އެއްވެސް މެޗަކުން ބަލިނުވެ އާސެނަލް އިން ހަދާފައިވާ ރެކޯޑު މުގުރާލެވޭ ގޮތް ނުވީ މުބާރާތުގެ ފަހުކޮޅު ލިވަރ ޕޫލްއިން އެޓީމުގެ މައްޗަށް ކުރި ހޯދައިގެން މޮޅުވުމުން ނެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ލަލީގާ ބާސެލޯނާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ބުނަޑަސް ލީގު ބެޔާން މިޔުނިކާއެކު 3 ސީޒަން ކާމިޔާބު ކޮށްފައެވެ. އއެއިގެ ފަހުން އޭނާ މެންޗެސްޓަރ ސިޓީއާއި ގުޅިފަިއވަނީ މިގެ ކުރީ ސިޒަންގެ މެދުތެރެއިންނެވެ. ގާޑިއޮލާގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ސިޓީ އިން ގިނަ ރެކޯޑުތަކަކާއެކު މިސިޒަން ނިންމާލިޔަސް ކުރިޔަށް އޮތް ސީޒަން ވަރަށް އުނދަގޫ ވެގެންދާނެ ކަމަށް ބެލެވެއެވެ.
އަންނަ ސީޒަންގައި އާސެން ވެންގާރ (އެންމެ ގިނަ ދުވަހު ޕްރިމިއަރ ލީގުގެ މެނޭޖަރެއްގެ ގޮތުން ހޭދަކުރި މީހާގެ ރެކޯޑާއެކު) ވަކިވެގެން ދިއުމާއި އެކު އާސެނަލް ވެސް އާކޯޗަކާއި އެކު މޮޅު ކުޅުންތެިރން ހޯދައި ތައްތަށް ވާދަކުރާނެ ކަމަށް ބެލެވެއެވެ. ދެން އޮތީ ކުރީގެ ޗެމްޕިއަން ޗެލްސީއެވެ. އެޓީމުން ވެސް އާ ކޯޗަކާއެކު މޮޅު ކުޅުންތެރިން ހޯދައި ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ.



ޚިޔާލުތައް