A wide advertisement which will be shown on all devices. (700 x 100)

ޔޫރަޕުގެ ދެޓީމަށް މޮޅެއް

ރޭގަި މޮޅު ކުޅުމެއް ދެއްކި ޗެކަރސް ޓީމުގެ ކުޅުންތރިން. ފޮޓޯ: ފީފާ

ރޭ ކުޅެވުނު ފީފާ ވޯލްޑް ކަޕް ގެ ގުރޫޕް ސީ އަދި ޑީގެ ދެ މެޗުން ވެސް ޔޫރަޕުގެ ދެ ޓީމު ކަމަށްވާ ޑެންމާކް އާއި ކްރޮއޭޝިޔާ މޮޅެއް ހޯދައިފިއެވެ.

ގްރޫޕް ސީ: ޑެންމާކް 1 – 0 ޕެރޫ

ކުރިން ލަފާ ކުރެވިފައިވާ ގޮތާއި ޚިލާފަށް ދެކުނު އެމެރިކާގެ ޕެރޫ އާއި ޑެންމާކް ބައްދަލު ކުރިމެޗުގައި ނިމުނީ މޮޅު ކުޅުމެއް ދެއްކި ޕެރޫ 1-0 ން ބަލިވެގެންނެވެ. މުޅިމެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ 36 އަހަރަށްފަހު ވޯލްޑް ކަޕުގައި ކުޅުނު ޕެރޫއެވެ. 

މެޗުގެ ހަމައެކަނި ގޯލު ޖެހީ ދެވަނަ ހާފުގައި ޑެންމާކްގެ ޔޫސުފު ޕޮލްސެން އެވެ. ޑެންމާކުގެ މި މޮޅާއެކު އެޓީމުން ވަނީ ފްރާންސާއި އެއްވަރަކަށް ގްރޫޕް ސީން ޕޮައިންޓް ހޯދާފައެވެ. ޕެރޫއަށް މެޗުގެ ނަތީޖާ ހަމަކުރަން ލިބުނު ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މިޕެނަލްޓީ އަކީ އެފްރިކާގެ ރެފްރީ ކުޅުން މެދު ކަނޑާލުމަށްފަހު ވީއަައި އާރު އެހީގައިނެގި ޑިސިޝަނެއްގައެވެ.

މިގްރޫޕުން 2 ވަނަ ބުރަށް ކޮލިފައިވާނެ ކަމަށް ބެލެވޭ ދެޓީމަކީ ފްރާންސް އާއި ދެންމާކު ނުވަތަ ޕެރޫ އެވެ.

ގްރޫޕް ޑީ: ކްރޮއޭޝިއާ 2- 0 ނައިޖީރިއާ

އާޖެންޓީނާ ހިމެނޭ މި ގްރޫޕްގައި ކްރޮއޭޝިއާއާއި ނައިޖީރިއާ ބައްދލު ކުރި މޗު ނިމުނީ 2-0ން ކްރޮއޭޝިއާ މޮޅު ވެގެންނެވެ. ފުރަތަމަ ހާފުގައި އިދި ކޮޅު ގޯލަށް ގިނަ ހަމަލާތައް ފޮނުވާލީ ބޮލްކަން ޓީމުގެ ޑިފެންޑަރުންނެވެ. މުޅި މެޗުގައި ވެސް ލޫކަރ މޮޑަރިޗް (ޖ.10)ގެ ކުޅުން ފާހަގަ ވެގެން ދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްކެޕްޓަން މޮޑަރިޗެވެ.

މިމެޗުގެ ފުރަތަމަ ގޯލަކީ ނައިޖީރިއާ ކުޅުންތެރިއެއްގެ އަތުން  ފުރަތަމަ ހާފުގައި ބައިކޮޅަށް ވަން ގޯލެކެވެ.  ދެވަނަ ގޯލަކީ ފަހު ހާފުގައި ޕެނަލްޓީ އަކުން މޮޑަރިޗް ކާމިޔާބުކޮށް ދިން ގޯލެކެވެ. ވިކްޓަރ މޫސަސްގެ ޓީމަށް މިމެޗުން ނާކާމިޔާބީއާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި ގްރޫޕުން 2 ވަނަ ބުރަށް ހޮވޭނެ ކަމަށް ބެލެވެނީ އާޖެންޓީނާއާއި ކްރޮއެޝިއާއެވެ.

ކްރޮއޭޝިއާ ދެން ކުޅެނީ އާޖެންތީއނާއާއި އެކު މިމަހު 21 ވަނަ ދުވަހު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !