ރަޝިއާގައި ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގެ ފުރަމަތަ ބުރު ރޭ ނިމުނު އިރު އޭޝިއާއާއި އެފްރިކާބައްރުން މޮޅެއް ހޯދުނީ ހަމަ އެކަނި ޖަޕާނާއި، އީރާން އަދި ސެނެގާލް އަށެވެ. ފީފާ ވޯލްޑްކަޕުގައި ޓީމުތައް ބައިވެރިވަނީ 6 ކޮންފެޑެރޭޝަނެއްގެ ދަށުންނެވެ. އެއިގެ ތެރެއިން ދެކުނު އެމެރިކާ، އެފްރިކާ އަދި އޭޝިއާއިން މިފަހަރު 5 ޓީމު ވާދަކުރެއެވެ. މީގެ އިތުރުން އުތުރު އަދި މެދު އެމެރިކާ އިން 3 ޓީމު ވާދަކުރާ އިރު އަނެއް 14 ޓީމަކީ ޔޫރަޕުގެ ޓީމުތަކެވެ.
ގްރޫޕް އެޗް: ޖަޕާން 2 – 1 ކޮލަމްބިއާ، ސެނެގާލް 2 – 1 ކޮލަމްބިއާ
ގްރޫޕް ސްޓެޖުގެ ފުރަތަމަ ބުރުގެ ފަހު ދެމެޗު ރޭކުޅެވުނު އިރު އޭޝިއާއަށް ދެވަނަ މޮޅެއް ޖަޕާނުން ވަނީ ހޯދާދީފައެވެ. ދެކުނު އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ކޮލަމްބިއާ ގެ މައްޗަށް ޖަޕާނުން ވަނީ 2-1 ގެ ކުރިއެރުމެއް ހޯދާފައެވެ. ފާއިތުވި 2014ގެ ވޯލްޑް ކަޕުގައި މިދެޓީމު ބައްދަލު ކުރި މެޗު ނިމުނީ 4-1 ން ކޮލަމްބިއާ މޮޅުވެގެންނެވެ. މިއީ އޭޝިއާ ޓީމަކުން ފުޓުބޯޅަށް ދެވަނައަށް އެންމެ ވަރުގަދަ ދެކުނު އެމެރިކާ ޓީމެއް ވޯލްޑް ކަޕްގައި ބަލި ކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ 6 ވަނަ މިނިޓުގައި ޖަޕާނުން ދިން ހަމަލައެއްގައި ގަސްތުގައި ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި އަތްލައި ހުއްޓުވުމުން ރަތް ކާދަކާއެކު ކޮލަމްބިއާގެ ޑިފެންޑަރު ކާލޮސް ސަންޝެޒް ވަނީ ދަނޑުން ފޮނުވާލާފައއެވެ. އެއާއެކު ޖަޕާނަށް ލިބުނު ޕެނަލްޓީ އެޓީމުގެ ޖ.ނ. 10 ޝިޖީ ކަގަވާ ވަނީ ގޯލަށް ވައްދާލައި މެޗުގެ ލީޑު ނަގައި ދީފައެވެ.
ސެނެގާލުން ވަނީ 2002 ގެ ވޯލްޑްކަޕްގައި އެއިރުގެ ޗެމްޕިއަން ފްރަންސް ފުރަތަމަ މެޗުގައި ބަލިކޮށްފައެވެ.
ކުރީ ވޯލްޑް ކަޕުގެ މަޝްހޫރު ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް ބެންޗުންގައި ބަހައްޓައިގެން ފެށި މި މެޗުގައި 10 ކުޅުންތެރިންނާއެކު އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި ނަތީޖާ 1-1ށް ބަދަލުކޮށްފައެވެ.
ޖަޕާނުން މެޗުން މޮޅުވި ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޖަޕާނުގެ ފޯވަޑް އޮސާކޯއެވެ.
މިގްރޫޕުގެ އަނެއް ދެޓީމު ކަމަށްވާ ސެނެގާލް އާއި ޕޮލޭންޑް ބައްދަލު ކުރިމެޗުގައި ވަރަށް ހަމަހަމަ ކުޅުމެއް ކުޅެމުން ދިޔަ ނަމަވެސް ސެނެގާލުން ވަނީ ފުރަތަމަ ތަމަ ހާފާއި ދެވަނ ހާފުގައި ގޯލު ޖަހައި 2-0 ން ލީޑު ނަގައިފައެވެ. ނަމަވެސް ޕޮލޭންޑުން މެޗު ނިމެން ކައިރިވެފައި ހުއްޓައި ގޯލެއް ޖަހައި ނަތީޖާ 2-1ށް ބަދަލު ކުރިއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސެނެގާލްގެ ދެވަނަ ގޯލް ޖަހައި ދިން އެމްބާޔޭ ނިއަން އެވެ.



ޚިޔާލުތައް