A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގައި 12 ޓީމު

ފުވައްމުލައް ސިޓީގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ޕޯސްޓަރެއް

ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި މި ފަހަރު 12 ޓީމުން ބައިވެރިވެއްޖެއެވެ. ފާއިތުވި އަހަރުގެ ޗެމްޕއިން އެމްޕީއެލް ގެ ޓީމާއެކު ޓީމުތައް ވަނީ 4 ގުރޫޕަކަށް ބަހާލަފައެވެ.

އަންނަ އާދީއްތަ ދުވަހު ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތުލުން ރޭ ވަނީ ބާއްވާފައެވެ.

މިމުބާރާޓުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް ސްޓޭޖުގައި ޕޮއިންޓް އުސޫލުން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމެއް ކުއާރޓަރ ފައިނަލަށް ދާގޮތަށެވެ. އަދި ކްއާރޓާރ ފައިނަލުގައި ކްރޮސްކޮށް ބައްދަލު ކުރުމަށްފަހު މޮޅުވާ 4 ޓީމު ސެމީގައި ނޮކް އައުޓު އުސޫލުން ދެ ޓީމު ދެޓީމު ކުޅުމަށްފަހު ފައިނަލަށް ދާ ގޮތަށެވެ.

މިމުބާރާތުގައި ކޮންމެ ދުވަހަކު 4 މެޗު ކުޅޭ އިރު ހަވީރު ދެމެޗު އަދި ރޭގަނޑު ދެމެޗު ކުލޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަވީރުގެ ފުރަތަމަ މެޗު 4:00 ޖަހާއިރު ފަށާއިއރު ދެވަނަ މެޗު ފަށާނީ 5:00 ޖަހާއިރެވެ. ރޭގަނޑުގެ ފުރަތަމަ މެޗު 8:30 ގައި ފަށާއިރު ދެވަނަ މެޗު ފަށާނީ 9:30 ގައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކޮންމެ ގްރޫޕަކުން ވެސް 1 މެޗު ކުޅޭނެއެވެ.

މުޅި މުބާރާތުގައި 19 މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ 30 ޖޫން ވާ ހޮނިހިރު ދުވަހު ގެ ރޭގަނޑު 8:30 ގައެވެ.

މުބާރާތަގއި ބައިވެރިވި  ޓީމުތަކާއި ގުރޫޕް އެކުލެވިގެން ވަނީ:

ގްރޫޕް 1: 

A ފުވައްުމުލަައް ސިޓީ ޕޮލިސް

B އެމްއެންޑީއެފް ފުވައްމުލައް

C ފްރައިންޑް ކްލަބު ފުނާޑް ބޯއިސް

ގްރޫޕް 2:

D އެފްސީ ދޫނޑިގަލޯނާ

E ހޯދަޑު ސްޕޯރޓްސް

F އެފްސީ ދޫނޑިގަލޯނާ ޖޫނިއަރ (ޖރ)

ގްރޫޕް 3:

G އެމްޕީއެލް (އެންމެ ފަހުގެ ޗެމްޕިއަން)

H ޓީމު ހައުސިން

I ކްލަބް ވެމްކޯ

ގްރޫޕް 4:

J މިސްކިތްމަގު

K މާލެގަން ޔޫތު ފައުންޑޭޝަން 

L ފުވައްމުލައް ސިޓީ ފަޔަރ ސްޓޭޝަން 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !