ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު ދެމެޗުން އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް މޮޅުވެއްޖެއެވެ.
މިއަދު ހެނދުނު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި އިމާދު ހައުސްގެ ޓީމު ވާދަކުރީ އަމީހުން ހައުސް އާއެވެ. އިމާދު ހައުސް އިން ވަނީ ފާއިތުވި އަހަރުގެ ރަނަރަޕް އަމީނު ހައުސްގެ ޓީމު 3-0 ބަލިކޮށްފައެވެ. މިމެޗުގައި އިމާދު ހައުސް އިން ކާމިޔާބުކުރި އަމީނު ހައުސްގެ ވިލްހަން އަތުން ބައިކޮޅަށް ވަން ގޯލަކާއި އާއި ޝައިހަން އަދި ރިއާން ޖެހި ދެ ގޯލުންނެވެ.

ޏ.އޭއީސީ ފުޓްބޯލަ މުބާރާތް 2021 ދުވަސް 1
މުބާރާތުގެ 2 ވަނަ މެޗުގައި މިއަދު ހަވީރު ޝަނިވިރާޒާ ހައުސް އިން ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން މުޠައްފަރު ަހއުސް އާއެވެ. މިމެޗު 2-0 އިން ކާމިޔާބުކުރީ ޝަނިވިރާޒާ ހައުސްގެ ޓީމުންނވެ. އެޓީމުގެ 2 ގޯލު ކާމިޔާބުކޮށްދިނީ އައްިން ރަޝީދު އާއި އިއާޝް އެވެ.
މާދަމާ މިމުބާރާތުގެ ކުޅުމެއ ްނޮންނާނެއެވެ. ދެން ކުޅެނީ މާދަމާ ނުން އަނެއްދުވަހު، 3 ނޮވެމްބަރުގައެވެ.

ޏ.އޭއީސީ ފުޓްބޯލަ މުބާރާތް 2021 ދުވަސް 1
އެދުވަހުގެ ފުރަތަމަ މެޗުގައި ހެނދުނު 6:30ގައި ވާދަކުރާނީ އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް އެވެ. އަދި ހަވީރު 4:00 ގައި ވާދަކުރާނީ އަމީނު ހައުސް އާއި މުޡައްފަރު ހައުސް އެވެ. މިމެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ.
މިމުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސެގެ ޓީމުތަކެވެ. މުބާރާތް ކުރިޔަށްދާނީ ނޮވެންބަރު 1-6 އަށް ރަސްމީ ބޯޅަދަނޑުގައެވެ. މިމުބާރާތިގެ ފައިނަލަށް ހޮވޭނީ 4 ޓީމުގެ މެދުގައި އެއްޓީމު އަނެއްޓީމާއި ވާދަކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމެކެވެ. ފައިނަލު މެޗު ކުޅޭނީ 6 ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ
މުބަރަތުގެ މެޗުތައް
1 ނޮވެމްބަރު ހެނދުނު އިމާދު ހައުސް 3 – 0 އަމީނުހައުސް
1 ނޮވެމްބަރު ހަވީރު ޝަނިވިރާޒާ ހައުސް 2 – 0 މުޡައްފަރު ހައުސް

ޏ.އޭއީސީ ފުޓްބޯލަ މުބާރާތް 2021 ދުވަސް 1
3 ނޮވެމްބަރު ހެނދުނު އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް
3 ނޮވެމްބަރު ހަވީރު އަމީނުހައުސް އާއި މުޡައްފަރު ހައުސް
5 ނޮވެމްބަރު ހެނދުނު އިމާދު ހައުސް އާއި މުޡައްފަރު ހައުސް
5 ނޮވެމްބަރު ހަވީރު އަމީނުހައުސް އާއި ޝަނިވިރާޒާ ހައުސް
6 ނޮވެމްބަރު ހަވީރު ފައިނަލް މެޗު (އެންމެ މަތިން ޕޮއިންޓް ހޯދާ ދެޓީމެއް)



ޚިޔާލުތައް