A wide advertisement which will be shown on all devices. (700 x 100)

ނަޑާލް އޮސްޓްރޭލިއަން އޯޕަން ސިންގަލްސްއާއިއެކު ރެކޯޑް މުގުރާލައިފި

އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގެ ސިންގަލް ކާމިޔާބުކޮށް އެންމެގިނަ ގްރޭންޑް ސްލޭމް ފިރިހެން ސިލްގަލް މުބާރާތް ކާމިޔާބުކުރި ކާމިޔާބުކުރުމުގެ ރެކޯޑް ޓެނިސް ތަރި ރަފޭލް ނަޑާލް ހޯދައިފިއެވެ. އަނިޔާތަކާއި ގުޅިގެން ގިނަ ދުވަހަށް ކުޅުމާއި ދުރުގައި ހުރުމަށްފަހު ކްލޭކޯޓްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި ނަޑާލް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވަނީ ދުނިޔޭގެ ދެވަނަ އަށް ސީޑުކުރެވިފައިވާ ރަޝިއާގެ މެޑްވެޑެވް އާއި ބަދަލުކޮށް ފަހަތުން އަރައި 3 ސެޓް ހޯދައިގެނެވެ.

ފަސްގަޑިއިރާއި 24 މިނިޓަށް ދިގުދެމިގެން ދިޔަ ފައިނަލް މެޗާގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ 25 އަހަރުގެ ޒުވާން މެޑްވެޑެވްއެވެ. ނަމަވެސް، ހިތްވަރާއިއެކު ފަހު ތިން ސެޓް ކާމިޔާބުކޮށް ޓެނިސް ރެކޯޑް މުގުރާލުމަށް ލިބުނު ފުރުސަތުގެ ބޭނުން ނަޑާލް ހިފިއެވެ. ނަޑާލް މިކާޟިޔާބާއިއެކު އެކު ޓެނިސް ގްރޭންޑް ސްލޭމް ފިރިހެން ސިންގަލް މުބާރާތް 21 ފަހަރު ކާމިޔާބުކޮށްގެން އެންމެ ގިނަ ގްރޭންޑް ސްލޭމް ފިރިހެން ސިންގަލް ކާމިޔާބުކުރުމުގެ ރެކޯޑް ނަޑާއި ހޯދާފައިވާ އިރު 20 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވަނީ ޖޮކޮވިޗާއި ފެޑެރާއެވެ. ދުނިޔޭގެ އެންވަނަ އަށް ސީޑް ކުރެވިފައިވާ ޖެކޮވިޗަށް މިރެކޯޑް މުގުރާލުމުގެ ފުރުސަތު އަދިވެސް ތަނަވަހެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !