A wide advertisement which will be shown on all devices. (700 x 100)

ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދައިފި

ވޯލްޑްކަޕް 2022 ޗެމްޕއިން އާގެންޓިނާ - 3 ވަނަ ވޯލ

ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ކަން އާޖެންޓީނާއިން ހޯދައިފިއެވެ. އާޖެންޓީނާ މުބާރާތުގެ ޗެމްޕިއަންކަން 3 ވަނަ ފަހަރަށް ހޯދީ ރޭ ގަތަރުގެ ލުސެއިލްގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވެ އަދި އިތުރު ވަގުތުގެ 30 މިނިޓްގެ ދެ ހާފުގައި ކޮންމެ ޓީމަކުން ވެސް 1 ލަނޑު ޖެހުމުން 3-3 އިން އެއްވަރެވެ ޕެނަލްޓީ ޖަހައި އެންމެ ފަހުގެ ޗެމްޕިއަން ފްރާސް 4-2 އިން ބަލި ކޮށްގެންނެވެ.

ރޭގެ ފައިނަލް މެޗުގައި މޮޅަށް ކުޅެ މެޗް ކޮންޓްރޯލް ކުރަމުން ފުރަތަމަ ދެ ގޯލުޖަހައި ލީޑު ނެގީވެސް އާޖެންޓީނާގެ ޓީމުންނެވެ. ފުރަތަމަ ގޯލަކީ ޑިމަރިއާ ބޯޅަ ހިފައިގެން ފްރާންސްގެ ޕެނަލްޓީ އޭރިއާތެރެއަށް ވަދެގެން އުޅެނިކޮށް ދިފާއުކުރަން މަސައްކަތް ކުރި ފްރާންސްގެ ޑެމްބެލޭގެ ފައިން ޖެހި ވެއްޓުމުން ލިބުނު ޕެނަލްޓީއަކުން މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފައިނަލް މެޗުގައި ޕެނަލްޓީ ޖަހަނީ. ފޮޓޯ: ބްލެޗާ

ފުރަތަމަ ލަނޑަށް ފަހުވެސް މެޗުގައި ފްރާންސްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައީ އާޖެންޓީނާ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 2 ވަނަ ގޯލުވެސް ކާމިޔާބުކުރީ އާޖެންޓީނާއިން ނެވެ. މިގޯލު ކާމިޔާބުކޮށްދިނީ މެކަލިސްޓާ ހުސްކޮށް ނަގައިދިން ހުރަހަކުން ޑިމަރިއާއެވެ. ވޯލްޑްކަޕް ފައިނަލް މެޗުގެ ދެވަނަ ހާފު ގައިވެސް ފްރާސަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުގައި މެޗުގެ ފަހު 10 ވަރަކަށް މިނިޓާއި ހަމަޔަށް ދިއުމުން ބެލުންތެރިން ނިންމައިގެން ތިބި ފަސޭހަކަމާއެކު އާޖެންޓީނާއިން މެޗު ކާމިޔާބުކުރާނެ ކަމަށެވެ.

ނަމަވެސް ފްރާންސްގެ ކޯޗް ޑިޝޮޕްގެ ޓެކްނިކަލް ބަދަލާއެކު އަލަށް އެރުވި ޒުވާން ކުޅުންތެރިން ހިފަހައްޓަން އާޖެންޓީނާގެ ވަރުބަލިވެފައިވާ ކުޅުންތެރިންނަށް އުނދަގޫ ވިއެވެ. އެގޮތުން ފްރާންސްގެ ބަދަލުކުޅުންތެރިއާ ކޮލޮމް މުވާނީ ބޯޅައާއެކު އާޖެންޓީނާ ޕެންލަޓީ އޭރިއާތެރެއަށް ވަނުންމުން ދިފާއުކުރަން އުޅުނު އޮޓަމެންޑީ ފައިންޖެހި އޭނާ ވެއްޓުމުން ލިބުނު ޕެނަލްޓީއިން ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިގޯލާއެކު މެޗުގެ އޮއިވަރު ކުޑަހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެ ފްރާންސްން ދެވަނަ ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. ފުރަތަމަ ގޯލަށް މިނިޓެއް ވީތަނާ ދެވަނަ ގޯލަކަށް ފުރުސަތު ހޯދައިދިނީ އަލަށް ކުޅެން ނުކުން ފްރާންސްގެ ކުރީގެ ތަރި ލިލިއަމް ތުރާމްގެ ދަރިފުޅު ތުރާމް ދިން ޕާހަކުންނެވެ. އެމްބާޕޭއަށް އެނާ ދިން ޕާސް ނުހަނު ރީތިކޮށް އެމްބާޕޭ އާޖެންޓީނާގެ ގޯލުގެ ދުރުކަނަށް ވައްދާލައި ނަތީޖާ އެއްވަރުކުރިއެވެ.

މުބާރާތުަގއި މެސީއާއެކު މޮޅުކުޅުމެއް ދެއްކި ޑިޕޯލް 7

އެމްބާޕޭގެ ދެވަނަ ގޯލާއެކު އޭނާއަށް މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއާގެ މަގާމު ލިބުނު ހެން ވެސް ހީވިއެވެ. އެއީ މުބާރާތުގައި 7 ގޯލުޖަހައި މެސީއަށް ވުރެ އެއް ގޯލު އިތުރަށް ޖަހައި ގެންނެވެ. މެސީއާއި އެއްވަރުވުމުން އެއިނާމު ލިބޭނީ މެސީއަށެވެ. އެއީ ގޯލުޖަހަން މެސީ ގިނަިއން އެހީވެފައިވާތީއެވެ.

މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވެގެން ނިމުމުން ކުޅުނު އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުރީ ކޮޅު މެސީ މި މެޗުގައި 2 ވަނަ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 3-2 އިން ކުރިހޯދިއެވެ. އެއާއެކު އޭނާއަށް ވެސް މުބާރާތުގައި ޖެހި ގޯލުގެ އަދަދު 7 އަށް އަރައި ހީވީ ހަލުއި ފޯވާޑު އެމްބާޕޭއަށް މިވޯލްޑްކަޕްގައި އެއްވެސް އިނާމެއް ނުދީ މެސީ ހިފައިގެން ދިޔައީ ހެންނެވެ.

ނަމަވެސް އިތުރު ވަގުތުގެ ފަހު 3 ވަނަ މިިޓުގައި ފްރާންސަށް ލިބުނު ކޯނަރެއް ދިފާއުކުރުމުން ޕެނަލްޓީ އޭރިއާ ބޭރަށް ނުކުން ބޯޅަ އެމްބާޕޭ ގޯލަށް ގޮނުވާލުމުން އާޖެންޓީނާގެ ކުޅުންތެރިއެއްގެ އުޅަނބޮށީގައި (އަތުގައި) ޖެހުމުން ލިބުނު ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކޮށް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު މެސީއަތުން އަނބުރާ އަތުލީ ހޯދީ މެޗުގެ ނަތީޖާ 3-3 އިން އެއްވަރުކޮށް ގެންނެވެ.

އެއާއެކު ފައިނަލް މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ. އާޖެންޓީނާއިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު ފްރާސުގެ ކޮމަން ޖެހި ދެވަނަ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އީ-މާޓިނޭޒް ދިފާއުކުރިއެވެ. އަދި ފްރާންސްގެ 3 ވަނަ ޕެނަލްޓީ 8 ނަމްބަރު ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ވުމާއެކު ޕެންލަޓީގައި އާޖެންޓީނާއިން ކުރި ހޯދީ 4-2 އިންނެވެ.

ރޭގެ ފައިނަލް މެޗުގައި މޮޅުކުޅުމެއް ދެއްކީ އާޖެންޓިނާ ޓީމުންނެވެ. މެޗު އެއްވަރުވީ ވެސް ފްރާންސަށް ލިބުނު މަދު ފުރުސަތެއްގެ ބޭނުން ހިމުފުންނެވެ.

އާޖެންޓިނާގެ މަރަޑޯނާއާއި މެސީ އަދި ފައިނަލް މެޗުގައި ގޯލުޖެހުމަށްފަހު އުފާފާޅުކުރުން

މިއީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ފުޓުބޯޅައިގެ ރަންހަޔާތުގައި އުފުލާލެވުނު އެންމެ ޝަރަފުވެރި ތައްޓެވެ. އޭޏާ ވަނީ މިމުބާރާތުގެ އެެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މިއި އޭނާ މި މަގާމު ހާސިލުކުރި ދެވަނަ ފަހަރެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި މިވަނީ “އެވާ-ގްރޭޓެސްޓް އޮފް އޯލް ޕްލެޔާސް” – އީ-ގޯޓް އަށެވެ.

މުބާރާތުގެ ވަނަތައް:

ޗެމްޕިއަން ޓީމު: އާޖެންޓީނާ

ރަނަރަޕް ޓީމު: ފްރާންސް

3 ވަނަ ޓީމު: ކްރޮއެޝިއާ

މުބާރާތުގެ ފެއާޕްލޭ ޓީމު: އިނގިރޭސި ވިލާތް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ލިއޮނެލް މެސީ – އާޖެންޓީނާ

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕާރު: އެމިލިއާނޯ މާޓިނޭޒް – އާޖެންޓީނާ

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ: އެންޒޯ ފާނެންޑޭޒް- އާޖެންޓީނާ

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުލުންތެރިޔާ؛ ކީލިއަން އެމްބާޕޭ- ފްރާންސް

ފަހުގެ ވޯލްޑްކަޕްގައި އާޖެންޓީނާއާއި ޖަރުމަން މިވަނީ 3 ތަށި ހޯދައިގެން އެނެމް ކުރީގައި!

މިހާތަނަށް ވާދަވެރި ބޮޑެތި މުބާރާތްތ ތަކުގައި އެންމެ ކާމިޔާބު ގައުމީ ޓިމަކީ އާޖެންޓީނާއެވެ. އެއީ އެމީހުން ވަނީ އެކި މުބާރާތްތަކުން ޖުމުލަ 21 ޗެމްޕިއަން ތަށި ހާސިލުކޮށްފައެވެ. ބްރެޒިލަށް ހޯދިފައިވަނީ 18 ތައްޓެވެ. އަދި ޖަރުމަނާއި ފްރާންސަށް ވެސް 8، އިޓާލީއަށް ހޯދިފައިވަނީ 6 ތައްޓެވެ.

މެސީގެ އަމިއްލަ ކާމިޔާބީއަށް ބަލާއިރު ހާސިލކުރެވިފައި ވަނީ:

ވޯލްޑުކަޕް – ގައުމީ ޓީމު

ކޮޕާ އެމެރިކާ – ގައުމުގެ ސަރަހައްދީ މުބާރާތް – ގައުމީ ޓީމު

އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތް – ގައުމީ ޓީމު

ފީފާ ޔޫތު 20އަހަރުން ދަށް – ގައުމީ ޓީމު

ބެލެންޑިއޯ 7 ފަހަރު – ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ

ލަލީގާ – 10 ފަހަރު – ކްލަބު – ބާސެލޯނާ

ފުރެންޗް ލީގު 1 ފަހަރު – ކްލަބު – ޕީއެސްޖީ

މެސީގެ ބައެއް ތަށިތައް

 

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !