ސިންގަޕޫރާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ގައުމީ ޓީމު އެކުލަވާލާ އިއުލާނުކޮށްފައިވާއިރު، މިފަހަރުގެ ޓީމަށް ވަނީ ތިން ބަދަލެއް ގެނެސްފައެވެ.
އެގޮތުން މިފަހަރު ސްކޮޑުގައި އާ ތިން ކުޅުންތެރިން ހިމަނާފައިވެއެވެ. އެ ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒް އާއި، އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމް އަދި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ.
3 ކުޅުންތެރިޔަކު ވަނީ އުނިވެސް ކޮށްފައެވެ. އެއީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.
އަލަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެނީ:
- ސަމޫހު އަލީ – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަޙްމަދު ނޫމާން – އޮޑި ސްޕޯޓްސް ކުލަބު
- ހުސެއިން ސިފާއު ޔޫސުފް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަޙްމަދު ރިޒުވާން – ކުލަބު އީގަލްސް
- ހަސަން ނަޒީމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހަސަން ޝިފާޒް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ނާއިޒް ހަސަން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އިޔާން އަބްދުލް އަލީމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހުސެއިން ނިހާން – އޮޑި ސްޕޯޓްސް ކުލަބު
- ހަމްޒާ މުޙައްމަދު – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހައިޝަމް ހަސަން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަޙްމަދު އައިހަމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހުސެއިން ޝަރީފް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުޙައްމަދު ނާއިމް – ބުރު ސްޕޯޓްސް ކުލަބު
- އަލީ ފާސިރު – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުޒްދާން ހަސަން – އޮޑި ސްޕޯޓްސް ކުލަބު
- މުޙައްމަދު ޔާމީން – ވިކްޓަރީ ސްޕޯޓްސް ކުލަބު
- އައިސަމް އިބްރާހީމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުޙައްމަދު އިރުފާން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހަސަން އީނާޒް – ޓީސީ ސްޕޯޓްސް ކުލަބު
- އަޙްމަދު އައިހަމް – އޮޑި ސްޕޯޓްސް ކުލަބު
- ހައިސަމް ރަޝީދު – އޮޑި ސްޕޯޓްސް ކުލަބު
- އިބްރާހީމް އުސާމާ ހަސަން މަޖީދު – ބުރު ސްޕޯޓްސް ކުލަބު
ގައުމީ ޓީމުން އެންމެ ފުރަތަމަ ޖޫން މަހުގެ ފަސްވަނަ ދުވަހު ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗުގައި ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. އަދި އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން 10 ގައި އޮސްޓްރޭލިއާގައެވެ.
ގައުމީ ޓީމު ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ގައުމީ ޓީމުގެ ކޯޗަކަށް މިފަހަރުވެސް ހުރީ ކުރީގެވެސް ކޯޗު އަލީ ސުޒެއިންއެވެ.
ޚިޔާލުތައް